Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުތު އޭޝިއަން ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕް

ސައުތު އޭޝިއަން ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުގައި ރާއްޖެއަށް ހަތަރު ރަން މެޑަލް

8 ޖުލައި 2023 | ހޮނިހިރު 06:49

ރާއްޖެއިން ވަނީ ޖުމްލަ ނުވަ މެޑަލް ހޯދާފައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 8 ޖުލައި 2023 | ހޮނިހިރު 06:49
ރާއްޖެއަށް ރަން މެޑަލް ހޯދައިދިން މޯޑް

ރާއްޖެއަށް ރަން މެޑަލް ހޯދައިދިން މޯޑް

ހުކުރު ދުވަހު ރާއްޖޭގައި ކުރިޔަށްދިޔަ 13 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުގައި ރާއްޖެއިން ހަތަރު ރަން މެޑަލް ހިމެނޭހެން ނުވަ މެޑަލް ހޯދައިފިއެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖެއިން 18 ބޮޑީބިލްޑަރުން ވާދަކޮށްފައިވާއިރު، ރަން މެޑަލް ހޯދާފައިވަނީ އަޒްނީން ރަޝީދު، މުހައްމަދު ޔާމީން (ޔާންބެ)، މުހައްމަދު މޫސާ (މޯޑު) އަދި އަބްދުﷲ އަހުސަނެވެ.

އަޒްނީން ވަނީ ދެވަނަ ފަހަރަށް ސްޕޯޓްސް ފިޒީކް އަޕް 170 ސެންޓިމީޓަރުގެ ކެޓަގަރީން ރަން މެޑަލް ހޯދާފައެވެ. މީގެކުރިން އޭނާ މި ބައިން ރަން މެޑަލް ހޯދާފައިވަނީ 2019 ވަނަ އަހަރު ނޭޕާލުގައި ކުރިޔަށް ދިޔަ މުބާރާތުގައެވެ. ދާދި ފަހުން ރާއްޖޭގައި ކުރިޔަށްދިޔަ މިސްޓަރ މޯލްޑިވްސް މުބާރާތުގައިވެސް ސްޕޯޓްސް ފިޒީކް ބައިން ރަން މެޑަލް ހޯދީ އަޒްނީނެވެ. އެއީ މިސްޓަރ މޯލްޑިވްސް މުބާރާތުގައި އެ ބައިން އަޒްނީން ރަން މެޑަލް ހޯދި ހަތަރުވަނަ ފަހަރެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރު ބޭއްވި އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒިކް ޗެމްޕިއަންޝިޕާއި ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުގައި މި ކެޓަގަރީން ރަން މެޑަލް ހޯދާފައެވެ. މީގެ އިތުރުން މި އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑުގައި "އެތުލީޓް އޮފް ދަ އިއަރ" ގެ އެވޯޑް ލިބުނީވެސް އަޒްނީނަށެވެ.

ވިދިވިދިގެން ތިން ފަހަރު މިސްޓަ މޯލްޑިވްސްގެ ޓައިޓްލް ހޯދާފައިވާ ޔާންބެ ވަނީ މިއަހަރުގެ މުބާރާތުގައި 85 ކިލޯގެ ކެޓެގަރީން ރަން މެޑަލް ހޯދާފައެވެ. އޭނާ ވަނީ ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުގައިވެސް 90 ކިލޯގެ ކެޓަގަރީން ލޯ މެޑަލް ހޯދާފައެވެ.

55 ކިލޯގެ ކެޓަގަރީން ރަން މެޑަލް ހޯދާފައިވަނީ މުހައްމަދު މޫސާ (މޯޑު)އެވެ. އޭނާވަނީ ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުގައި ދެފަހަރު ރިހި މެޑަލް ހޯދާފައެވެ. އަދި ރާއްޖޭގައި މިދިޔަ އަހަރު ކުރިއަށްދިޔަ އޭޝިއާ ބޮޑީ ބިލްޑިންގ އަދި ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައިވެސް މޯޑު ވަނީ މި ބައިން ރަން މެޑަލް ހޯދާފައެވެ.

ރާއްޖޭގެ އަހުސަން ރަން މެޑަލް ހޯދީ އެތުލެޓިކް ފިޒީކް 175 ސެންޓިމީޓަރުގެ ކެޓަގަރީންނެވެ. މިދިޔަ ހޯމަ ދުވަހު ކުރިޔަށްދިޔަ މިސްޓަރ މޯލްޑިވްސް މުބާރާތުގައިވެސް މި ކެޓަގަރީން ރަން މެޑަލް ހޯދީ އަހުސަނެވެ. އަދި އޭނާ ވަނީ އެ މުބާރާތުގެ "އެތުލެޓިކް ފިޒީކް" އޯވަރޯލް ޗެމްޕިއަންކަންވެސް ހޯދާފައެވެ. މީގެއިތުރުން މިދިޔަ އަހަރުގެ ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުގައި އޭނާ ވަނީ އެތުލެޓިކް ޕިޒީކް 167 ސެންޓްމީޓަރުގެ ކެޓަގަރީން ލޯ މެޑަލް ހޯދާފައެވެ.

ހަތަރު ރަން މެޑަލްގެ އިތުރުން މިއަހަރުގެ މުބާރާތުގައި ރާއްޖެއިން ވަނީ ތިން ރިހި މެޑަލާއި ދެ ލޯ މެޑަލްވެސް ހޯދާފައެވެ. ރިހި މެޑަލް ހޯދާފައިވަނީ ޖޫނިއަރ 75 ކިލޯގެ ކެޓަގަރީން ޝާލު އިބްރާހިމާއި، އެތުލެޓިކް ޕިޒީކް 167 ސެންޓްމީޓަރުގެ ކެޓަގަރީން ފަތުހުﷲ މުހައްމަދާއި ސްޕޯޓްސް ފިޒިކް 180 ސެންޓްމީޓަރުގެ ބައިން މުހައްމަދު އިމްރާން އިބްރާހީމެވެ. ލޯ މެޑަލް ހޯދާފައިވަނީ ޖޫނިއާ 75 ކިލޯގެ ކެޓަގަރީން އަޝްޔަމް މުހައްމަދު ޝަފީގާއި ސްޕޯޓްސް ފިޒީކް އަޕް 175 ސެންޓިމީޓަރުގެ ކެޓަގަރީން އަލީ ސަލީމް އިބްރާހީމެވެ.

އިޖުތިމާއީ މަރުކަޒުގައި ކުރިޔަށްދިޔަ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކޮށްފައިވަނީ އަފްޣާނިސްތާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ލަންކާއެވެ. މިއީ ރާއްޖޭގައި މިއަހަރު ބޭއްވުނު ހަވަނަ ބައިނަލްއަގުވާމީ މުބާރާތެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

25 މާރިޗު 2017

އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ

25 މާރިޗު 2017
އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ
24 މާރިޗު 2017

ނޭޕާލް އަތުން ބަލިވެ ރާއްޖެއަށް ފުރުސަތު ހަނިވެއްޖެ

24 މާރިޗު 2017
ނޭޕާލް އަތުން ބަލިވެ ރާއްޖެއަށް ފުރުސަތު ހަނިވެއްޖެ
16 މާރިޗު 2017

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017
ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ
04 މާރިޗު 2017

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

04 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް
11 ފެބުރުއަރީ 2017

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017
ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް
06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް