Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްވިޑްން އަށް ނޭޓޯގެ މެންބަރު ގައުމުކަން ދިނުން

ސްވިޑްން ނޭޓޯގެ މެންބަރު ގައުމަކަށްވުމަށް ތާއީދުކުރައްވާ ބައިޑަން ވާހަކަފުޅުދައްކަވައިފި

ސްވިޑްން އަށް ނޭޓޯގެ މެންބަރުކަން ދިނުމަށް ތުރުކީން އަންނަނީ ދެކޮޅު ހަދަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 7 ޖުލައި 2023 | ހުކުރު 02:28
އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ސްވިޑްންގެ ބޮޑުވަޒީރު އުލްފް ކްރިސްޓެރްސޯން

އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ސްވިޑްންގެ ބޮޑުވަޒީރު އުލްފް ކްރިސްޓެރްސޯން

ނޭޓޯގެ މެންބަރު ގައުމަކަށް ސްވިޑްން ވުމަށް ތާއީދުކުރައްވާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ސްވިޑްންގެ ބޮޑުވަޒީރު އުލްފް ކްރިސްޓެރްސޯން އާ ބައްދަލުކުރައްވާ ބައިޑަން މިމޭރުމުން ވާހަކަފުޅުދައްކަވާފައިވާއިރު ސްވިޑްން އަށް ނޭޓޯގެ މެންބަރުކަން ދިނުމަށް ތުރުކީން އަންނަނީ ދެކޮޅު ހަދަމުންނެވެ. އަންނަ ހަފްތާގައި ނޭޓޯގެ މެންބަރު ގައުމުތަކުގެ ސަމިޓް އޮންނައިރު އެއިރަށްވާއިރަށް ތުރުކީން ސްވިޑްން އަށް ނޭޓޯގެ މެންބަރުކަން ދިނުމަށް އެއްބަސްވާނެކަމާމެދު ވަނީ ޝައްކުއުފެދިފައެވެ.

ނޭޓޯގެ ސަމިޓް ކުރިމަތީގައި އޮތްއިރު ބައިޑަން އާދިއްތަ ދުވަހު ތިން ގައުމަކަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވާނެއެވެ. ކްރިސްޓެރްސޯން އާއި ކައިރީގައި އިންނަވާ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ބައިޑަން ވިދާޅުވީ ނޭޓޯގެ މެންބަރު ގައުމަކަށް ސްވިޑްން ވާތަން ވަރަށް ދެކެން ބޭނުންފުޅުވާކަމަށެވެ. ކްރިސްޓެރްސޯން ވިދާޅުވީ ބައްދަލުވުމަށްފަހު ދެ ގައުމުގެ ލީޑަރުންނަށް އެއްބަސްވެވުނީ މިއީ ސްވިޑްން ނޭޓޯގެ މެންބަރު ގައުމަކަށްވާންވީ ވަގުތުކަމުގައެވެ.

ނަމަވެސް ސްވިޑްން އަށް ނޭޓޯގެ މެންބަރު ގައުމަކަށް ވެވެން އޮތީ ތުރުކީގެ އަތްމަތީގައިކަމަށް ކްރިސްޓެރްސޯން ވިދާޅުވިއެވެ. ބައިޑަން ވަނީ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސްވިޑްން އިން އަދާކުރަމުން އަންނަ ދައުރަށް ތައުރީފްކުރައްވާ ވީއެންމެ އަވަހަކަށް ސްވިޑްން އަށް ނޭޓޯގެ މެންބަރު ގައުމުކަން ދިނުމަށް ބާރުއަޅުއްވާފައެވެ.

ސްވިޑްން އާއި ފިންލެންޑުން ވަނީ މިދިޔަ އަހަރު ނޭޓޯގެ މެންބަރު ގައުމަކަށްވުމަށް އެދި ހުށަހަޅާފައެވެ. ނޭޓޯގެ މެންބަރުކަން އެއްވެސް ގައުމަކަށް ދެވޭނީ ނޭޓޯގައި ހިމެނޭ ހުރިހާ ގައުމަކުން އެކަމަށް އެއްބަސްވެގެންނެވެ. ސްވިޑްން އަށް ނޭޓޯގެ މެންބަރުކަން ދިނުމާމެދު ތުރުކީ އާއި ހަންގޭރީން އަދި ގޮތެއް ނުނިންމައެވެ. ފިންލެންޑަށް ނޭޓޯގެ މެންބަރުކަން ދިނުމަށް އޭޕްރީލް މަހު ވަނީ ނިންމާފައެވެ.

ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާން ގެންދަވަނީ ސްވިޑްންގައި ހަރަކާތްތެރިވަމުން އަންނަކުރުދިސްތާން ވޯރކާސް ޕާޓީ(ޕީކޭކޭ) އަށް ސްވިޑްންގައި މިނިވަންކަމާއެކު ހަރަކާތްތެރިވެވޭތީ އެކަމަށް ފާޑުވިދާޅުވަމުންނެވެ. އުރުދުޣާން ވިދާޅުވާ ގޮތުގައި އެއީ ޓެރަރިސްޓުންނަށް ވާގިވެރިވާ ޖަމާއަތެކެވެ.

އެމެރިކާ އާއި އެހެނިހެން ގައުމުތަކުން އަންނަނީ ތުރުކީން ފާހަގަކުރަމުން މިއަންނަ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންނެވެ. ސްވިޑްން އިން ވަނީ ތުރުކީގެ ޑިމާންޑްތައް ފުރިހަމަކުރުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާ ނުރުހުނަސް ނޭޓޯގެ މެމްބަރު ގައުމަކަށްވާން ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން: ޔޫކްރެއިންގެ ރައީސް

ރަޝިޔާ ނުރުހުނަސް ނޭޓޯގެ މެމްބަރު ގައުމަކަށްވާން ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން: ޔޫކްރެއިންގެ ރައީސް

14 ފެބުރުއަރީ 2022
ފަލަސްތީނުގެ އެއް އާއިލާއެއްގެ 10 މެންބަރުން ޝަހީދުކޮށްލައިފި

ފަލަސްތީނުގެ އެއް އާއިލާއެއްގެ 10 މެންބަރުން ޝަހީދުކޮށްލައިފި

16 މެއި 2021
އިޓަލީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަން ވޯޓް ދީފި

އިޓަލީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަން ވޯޓް ދީފި

24 ސެޕްޓެމްބަރު 2020
އދ ގެ މައި ކައުންސިލެއްގެ ދެކޮމިޓީއެއްގެ މެންބަރުކަން ސައުދީއަށް ލިބިއްޖެ

އދ ގެ މައި ކައުންސިލެއްގެ ދެކޮމިޓީއެއްގެ މެންބަރުކަން ސައުދީއަށް ލިބިއްޖެ

23 އެޕްރީލު 2020
އދ ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުކަން އިންޑިއާއަަށް ދޭން ޕާކިސްތާނުން ދެކޮޅު

އދ ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުކަން އިންޑިއާއަަށް ދޭން ޕާކިސްތާނުން ދެކޮޅު

27 ނޮވެމްބަރު 2019

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު