Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުން

"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ހުއްދަ ނުދީ ލަސްކޮށްފައެއް ނުވާނެ - އީސީ

ޑިމޮކްރަޓްސްއަށް ހުއްދަ ދިނުމާމެދު ކޮމިޝަންގެ ބައްދަލުވުން ބާއްވާފައިވަނީ 2023 ޖޫން 18 ވީ އާދިއްތަ ދުވަހުގެ ވަގުތެއްގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 ޖުލައި 2023 | ބުރާސްފަތި 11:15
ދަ ޑިމޮކްރެޓްސް ޕާޓީއަށް ހުއްދަ ދިނުން

ދަ ޑިމޮކްރެޓްސް ޕާޓީއަށް ހުއްދަ ދިނުން

"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބޭނުންވާ ހުއްދަ ނުދީ އިލެކްޝަންސް ކޮމިޝަނުން ލަސްކުރި ކަމަށް ބައެއް ފަރާތްތަކުން ކުރަމުންދާ ތުހުމަތުތައް އެ ކޮމިޝަނުން ދޮގުކޮށްފިއެވެ.

"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދީފައިވަނީ 24 މެއި 2023ގައެވެ.

Advertisement - newsAdvertisement

އަދި އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމާއެކު އެ ފަރާތުން ހުށަހަޅާފައިވާ 3560 ފޯމުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ޕާޓީ އުފައްދަން ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދިނުމަށް ކޮމިޝަނުން ލަސްކުރި ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

އެކަމާގުޅިގެން އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި އީސީން ވަނީ، އީސީގެ ހުރުމަތް ކެނޑޭ ގޮތަށް އެފަދަ ހަގީގަތާ ޚިލާފު ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކޮށްފައެވެ.

އެ ކޮމިޝަނުން ބުނެފައިވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީ އެއް އުފެއްދުމަށް ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން ބޭއްވި ކޮމިޝަންގެ ބައްދަލުވުން ބާއްވާފައިވަނީ 2023 ޖޫން 18 ވީ އާދިއްތަ ދުވަހުގެ ވަގުތެއްގައި ކަަމަށެވެ. އެ ބައްދަލުވުމުގައި އެ ފޯމުތައް 2 މަސް ދުވަހަށް ދަންމާލުމަށް އެކޮމިޝަނުގެ އެއްވެސް މެމްބަރަކު ހުށަހަޅާފައި ނުވާ ކަމަށާއި، އެކަމާ ގުޅޭގޮތުން މަޝްވަރާވެސް ކޮށްފައި ނުވާކަމަށް ވަނީ ބުނެފައެވެ.

އަދި އެރޭގެ ޖަލްސާއާ ހަމައަށް ދަ ޑިމޮކްރެޓްސްއިން ހުށަހަޅާފައިވާ ފޯމުތަކުގެ ހެކިންގެ މައުލޫމާތާއި، ފޯމުގައިވާ މަންމަގެ މައުލޫމާތާއި، ސިޔާސީ ޕާޓީގައި ރަޖިސްޓްރީ ނުވެވޭ ފަރާތްތަކުގެ ބްލެކް ލިސްޓު، ސިޔާސީ ޕާޓީގެ މެމްބަރ ޝިޕް ފޯރމް ޕްރޮސެސްކުރާ ސިސްޓަމް (ސިމެދަ ޕޯޓަލް)އަށް އަޅައި، ވެރިފައިކޮށްފައި ނުވާނެކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.

އެހެންކަމުން އެ ރެއިން އެ ރެއަށް ޕާޓީ އުފައްދަން ބާއްވަން ޖެހޭ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދިނުމަށް ކޮމިޝަނުގެ އަޣުލަބިއްޔަތު ލިބިފައި ނުވާކަމަށް ކޮމިޝަންގެ ބަޔާނުގައިވެއެވެ. މީގެ އިތުރުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދީފައިވަނީ 2 ޖޫން 2023ވާ އާދިއްތަ ދުވަހު، ހ. ސީވީޑް، ހަސަން ލަތީފަށް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އީސީން އިތުރަށް ބުނީ ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތައް އޭގެ އެންމެ ފުރިހަމަގޮތުގައި ކުރުމަށް އަބަދުވެސް އެ ކޮމިޝަނުން ބާރު އަޅަމުންދާކަމަށެވެ. އަދި ކޮމިޝަނުން އަބަދުވެސް މަސައްކަތްކުރަމުންދާނީ ކޮމިޝަނާ މަތިކޮށްފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރުމަށް ކަމަށް އީސީން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

ހުއްދަ ނުހޯދައި އޮފީހަށް ވަދެ، ގެއްލުންދިން މީހުން މައްޗަށް ދައުވާ ކުރާނަން: ރައީސް މައުމޫން

31 މާރިޗު 2017
ހުއްދަ ނުހޯދައި އޮފީހަށް ވަދެ، ގެއްލުންދިން މީހުން މައްޗަށް ދައުވާ ކުރާނަން: ރައީސް މައުމޫން
23 މާރިޗު 2017

އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި

23 މާރިޗު 2017
އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި
21 މާރިޗު 2017

ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި

21 މާރިޗު 2017
ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި
19 މާރިޗު 2017

އިތުރު ޓެކްސީތަކަށް ހުއްދަ ދޭން ނިންމައިފި

19 މާރިޗު 2017
އިތުރު ޓެކްސީތަކަށް ހުއްދަ ދޭން ނިންމައިފި
18 މާރިޗު 2017

ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!

18 މާރިޗު 2017
ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު