Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕީޕީއެމްއާއި ޑިމޮކްރެޓްސް

މިއީ ޕީޕީއެމް ބައިބައިވުމުގެ ފެށުން؟

6 ޖުލައި 2023 | ބުރާސްފަތި 07:50

ނަޝީދު ވަނީ ޔާމީނު ވެސް ކުރިއަށް އޮތް އިންތިޚާބުގައި ކުރިމަތިނުލައްވައި މަޑުކުރެއްވުމަށް ގޮވާލައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ޖުލައި 2023 | ބުރާސްފަތި 07:50
ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން

ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން

ޕީޕީއެމް ޕީއެންސީއަކީ އިއްޔެ މެންދުރާއި ހަމައަށް އެކަތިގަނޑެއްގެ ގޮތުގައި އޮތް ޕާޓީއެކެވެ. އިދިކޮޅު އެންމެ ބޮޑު ކޯލިޝަނެވެ.

އެހެންނަމަވެސް މިހާރު ފެންނަމުން މިދަނީ އެ މަންޒަރު ބަދަލުވަމުންދާ ތަނެވެ. އެމްޑީޕީގެ ތެރެއިން ވަކިވެގަނެގެން އުފައްދާފައިވާ "ޑިމޮކްރެޓްސް" އިން މިވަނީ ޕީޕީއެމްގެ އޮފްދާރުކަން ފަނޑުކޮށްލަން ފަށާފައެވެ. 

ދަ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓަރކޮށް އެ މަރުޙަލާތައް ނިމުމާއެކު، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން އޭދަފުށީ ދާއިރާގެ ޕީޕީއެމް މެންބަރު ސަލީމަށް ގެއްލުނީއެވެ. އެހިސާބުން މަޖިލީހުގެ މައިނޯރިޓީ ޕާޓީކަން 9 މެންބަރުން ތިއްބެވި ޕީޕީއެމްއަށް ގެއްލި، އެ ބާރުވެސް ލިބިގެންދާނީ ޑިމޮކްރެޓްސްއަށެވެ.

ޑިމޮކްރެޓްސްގެ 14 ވަރަކަށް މެންބަރުން ތިއްބެވިއިރު، ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕެއް ހަދައިގެން ސަލީމަށް މައިނޯރިޓީ ލީޑަރުކަން ދީގެން ތިބުން މިއީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. ސަބަބަކީ އެބޭފުޅުންނަކީ ހުދު ޕާޓީގެ އެތެރޭގެ އިންތިޚާބެއްގެ ނަތީޖާ ޤަބޫލު ނުކުރެވުމުން ޕާޓީން ވަކިވެވަޑައިގަތް ބޭފުޅުންތަކަކަށްވާތީއެވެ. 

ސުވާލަކީ އެކަން ޕީޕީއެމް އަދި ޕީއެންސީއަށްޓަކައި ޤުރުބާންވާން ތައްޔާރަށް ތިބި އާންމު މެންބަރުންނަށް ބަލައިގަނެވޭނެތޯއެވެ؟

ބައެއް މީހުން ބުނަނީ ޕީޕީއެމްއަށް ނުވެސް އެނގި، އެ ޕާޓީ ވެއްޓެމުން މިދަނީ ބޮޑު އަނދަވަޅަކަށް ކަމަށެވެ. މި ފެންނަނީ ޕީޕީއެމް އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުމަށް ލާފައިވާ ތެރަހުގެ ތަތްކަން ކެނޑުމުގެ ފެށުންކަމަށް ގިނަ ބަޔަކު ސިފަ ކުރެއެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ޖުލައި މަހުގެ 5 ވަނަ ދުވަހުގެރޭ މިވަނީ ބާއްވާފައެވެ. އެ ޖަލްސާގެ ކުރީ ސަފުގައި ޕްރޮގްރެސިވް ކޯލިޝަންގެ އިސް ބޭފުޅުންވެސް ތިއްބަވަނިކޮށް ނަޝީދު ވަނީ ޔާމީނު ވެސް ކުރިއަށް އޮތް އިންތިޚާބުގައި ކުރިމަތިނުލައްވައި މަޑުކުރެއްވުމަށް ގޮވާލައްވާފައެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ތަކުރާރުކޮށް ބުނަމުންދާ ދެ ވާހަކައެއް އޮވެއެވެ. ވެރިކަމަށް ގެންނަން ބޭނުންވަނީ ޔާމީނު ކަމަށާއި، އިންޑިއާ އައުޓް ޙަރަކާތް ހުއްޓާނުލާނެ ކަމުގެ ވާހަކައެވެ. ވީއިރު، އޮޕޮޒިޝަން ޕާޓީގެ ގޮތުގައި މިހާރު އޮތް ޕީޕީއެމްއިން މިހާތަނަށް ދައްކަމުން އައި ވާހަކައިގެ މިސްރާބު ބަދަލުކޮށް، ޕާޓީއަށް ވާނެ ގޮތެއް ވާން ދޫކޮށްލާނެބާއެވެ؟

ޕީޕީއެމްއިން ފޮރުވަން މަސައްކަތް ކުރި ނަމަވެސް، ހިނގަމުން މިދާ ކަންކަމާއި ގުޅިގެން އެ ޕާޓީގެ އެތެރޭގައި އަޅާފައިވާ ރެނދުތައް ސެނެޓުގެ މެމްބަރުންގެ ހޫނު ބަހުސްތަކުން ދަނީ ތިލަވަމުންނެވެ. ދޭތެރެ ދޭތެރެއިން އެތެރެގޭގެ ޒުވާބުގެ އަޑު މަގުމައްޗަށްވެސް ދަނީ އިވެމުންނެވެ.

ނަޝީދުގެ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ޕީޕީއެމްއިން ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީން ވާދަކުރައްވާނެކަމަށް ބުނެފައެވެ. އެހެންނަމަވެސް، ޕީޕީއެމްގެ ކުލަ ފަނޑުވެ ޑިމޮކްރެޓްސްގެ ނިވަޔަށް އެ ޕާޓީ ގޮސް ގެއްލެމުންވެސް މިދަނީ، ހަމަ އެ ވާހަކަތައް ތަކުރާރު ކުރައްވަން ތިއްބަވަނިކޮށް ނޫންތޯއެވެ؟ މިއީ ޕީޕީއެމްގެ ބައިބައިވުމުގެ ފެށުންބާއެވެ؟

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

29 ޖޫން 2017

ޕީޕީއެމްގެ ޕީޖީ ބިރު ފަހަނައަޅައި އިންސާފާއި ދިމާލަށް!

29 ޖޫން 2017
ޕީޕީއެމްގެ ޕީޖީ ބިރު ފަހަނައަޅައި އިންސާފާއި ދިމާލަށް!
27 ޖޫން 2017

މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

27 ޖޫން 2017
މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!
18 ޖޫން 2017

މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟

18 ޖޫން 2017
މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟
13 މެއި 2017

"މިއީ ލޯތްބަކީ" ކާމިޔާބު ފިލްމެއްތަ؟

13 މެއި 2017
"މިއީ ލޯތްބަކީ" ކާމިޔާބު ފިލްމެއްތަ؟
10 އެޕްރީލު 2017

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017
ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ
05 އެޕްރީލު 2017

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!
18 މާރިޗު 2017

ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

18 މާރިޗު 2017
ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!
12 ފެބުރުއަރީ 2017

އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

12 ފެބުރުއަރީ 2017
އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!
26 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

26 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން
11 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!

11 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް