Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަތުރުވެރިކަމަށް އިންވެސްޓަރުން ޝައުގުވެރިކުރުވުން

ކުރިއަށް އޮތްތަނުގައި ރިއަލް އެސްޓޭޓް ޓުއަރިޒަމް އަށް އިންވެސްޓަރުން ލިބިގެން ދާނެ - ރާއިދު

5 ވަނަ މާސްޓަރޕްލޭންގައި ވެސް އިންވެސްޓަރުންނަށް ރާއްޖެ ފަހި ތަނަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 5 ޖުލައި 2023 | ބުދަ 02:20
(އެމްއައިޓީޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރާއިދު

(އެމްއައިޓީޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރާއިދު

ކުރިއަށް އޮތްތަނުގައި ރިއަލް އެސްޓޭޓް ޓުއަރިޒަމް އަށް އިންވެސްޓަރުން ލިބިގެން ދާނެ ކަމަށް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރާއްޖޭގެ 5 ވަނަ މާސްޓަރޕްލޭންގައި ވެސް އިންވެސްޓަރުންނަށް ރާއްޖެ ފަހި ތަނަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމަށް ރާއިދު ވިދާޅުވިއެވެ. އަދި އެކަމަށް މަގުފަހިކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީންވެސް ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެ އަށް އިންވެސްޓަރުން މައިގަނޑު ގޮތެއްގައި އަންނަނީ ފަތުރުވެރިކަމަށް އިންވެސްޓްކުރުމަށް ކަމަށް ރާއިދު ވިދާޅުވިއެވެ.

ރިއަލް އެސްޓޭޓް ޓުއަރިޒަމް އަކީ އިންވެސްޓަރުންގެ މެދުގައި މިހާރު މަޤްބޫލު ކަމެއް ކަމަށްވުމާއި އެކު ކުރިއަށް އޮތްތަނުގައި އެ ދާއިރާ އިން އިންވެސްޓަރުން ލިބޭނެ ކަމަށް ރާއިދު ވިދާޅުވިއެވެ. ދުބާއި ފަދަ ތަންތަނުގައި ރިއަލް އެސްޓޭޓް ޓުއަރިޒަމް އަކީ ވަރަށް މަޝްހޫރު ޓުއަރިޒަމް އެއް ކަމަށް ރާއިދު ވިދާޅުވިއެވެ. ޤާނޫނީ ގޮތުން ރިއަލް އެސްޓޭޓް ޓުއަރިޒަމް އަށް ބޭނުންވާ އޮނިގަނޑު ފުރިހަމަވެފައިވާ ކަން ފާހަގަކުރައްވާ ރާއިދު ވިދާޅުވި އެއީ އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެ އަށް އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.

އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެ އަށް އިތުރު ކުރުމަށް އެމްއައިޓީޑީސީން ވެސް ވަރަށް ބޮޑަށް ބާރު އަޅުއްވާކަން ރާއިދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފަތުރުވެރިކަން ޑައިވަރސިފައިކުރުމަށް ވަރަށް ޚާއްސަ އިސްކަމެއް ދޭ ކަަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ފަތުރުވެރިކަމުގެ ކުރިއަރާފައިވާ ޒަމާނީ މޮޑެލް ތަކަށް އަހުލުވެރިކުރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

24 ފެބުރުއަރީ 2017
އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި
20 ފެބުރުއަރީ 2017

ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ

20 ފެބުރުއަރީ 2017
ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ
12 ފެބުރުއަރީ 2017

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު