Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ފަތުރުވެރިކަން

ކާރިސާތަކާއި ގުޅިގެން ފަތުރުވެރިކަމަށް ލިބުނު ގެއްލުމަށްވުރެ، މިފަހަރު ސިނާއަތަށް ލިބޭ ގެއްލުން ބޮޑުވާނެ: ރާއިދު

ވޭތުވެދިޔަ 50 އަހަރު މި އިންޑަސްޓްރީ ކުރިއަރުވާ ތަރައްގީކޮށްފައިވަނީ ސިޔާސީ ކޮށްގެން ނޫން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2024 | ބުދަ 11:46
ކުރީގެ އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރާއިދު

ކުރީގެ އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރާއިދު

ކާރިސާތަކާއި ގުޅިގެން ފަތުރުވެރިކަމަށް ލިބުނު ގެއްލުމަށްވުރެ، މިފަހަރުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ކުރީގެ އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.

އިންޑިޔާ އާއި ދިވެހިރާއްޖެއާ ދެމެދު މިހާރު ހިނގަމުންދާ ނުތަނަވަސްކަމާއި ބެހޭ ގޮތުން އިންޑިޔާގެ މަޝްހޫރު ޓީވީ ޗެނަލްއެއްކަމުގައިވާ ސީއެންއެން-ނިއުސް18 އަށް ރާއިދު ދެއްވި އިންޓަވިޔުގައި ރާއިދު ވަނީ މިހާރުގެ ސަރުކާރުގެ އިސްބޭފުޅުންނާއި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ ބައެއް ބޭފުޅުން، އަވަށްޓެރި އިންޑިޔާ އާއި އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި ބެހޭ ގޮތުން ދައްކަވާފައިވާ ދަށު ދަރަޖައިގެ ވާހަކަތައް ކުށްވެރިކުރައްވާ މިއީ މުޅި ދިވެހި ގައުމަށް ކުރިމަތިވެފައިވާ ލަދުވެތި ދަނޑިވަޅެއްކަމަށް ސިފަކުރައްވާފައެވެ.

ރާއިދު ވިދާޅުވީ ރާއްޖެއަކީ "ދުނިޔޭގެ ފަތުރުވެރިކަމުގެ ކުރިބޯށީގައިވާ ޖަވާހިރު" ކަމާއި މިވޭތުވެދިޔަ 50 އަހަރު މި އިންޑަސްޓްރީ ކުރިއަރުވާ ތަރައްގީކޮށްފައިވަނީ ސިޔާސީ ކޮށްގެން ނޫން ކަމަށެވެ. މިފަދަ ނާޒުކު އިންޑަސްޓްރީއެއް މިވޭތުވެދިޔަ އެއްވެސް ސަރުކާރަކުން ސިޔާސީ ނުކުރާކަމަށް ރާއިދު ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ އިންޑިޔާ ފަތުރުވެރިން ހިއްސާ ކުރަނީ 11 އިންސައްތަ ކަމުގައިވިޔަސް، މިއީހަމައެކަނި އިންޑިޔާގެ އެރައިވަލް ނަންބަރަށް ބަލައިގެން ލިބޭ ގެއްލުމެއް ނޫން ކަަމަށެވެ. މި މައްސަލާގެ ސަބަބުން ރާއްޖޭގެ ބްރޭންޑަށް ލިބޭ ހުތުރުނަން އެތައް މިލިއަން ޑޮލަކަށް އަރައިގެންދާނެ ކަމަށް ރާއިދު ވިދާޅުވިއެވެ.

"ދިވެހިރާއްޖެ" މި ބްރޭންޑަކީ އެތައް އަހަރެއްގެ އަދި އެތައް ބައެއްގެ ބުރަ މަސައްކަތުން ތަރައްގީކޮށް ކުރިއަރުވާފައިވާ ބްރޭންޑެއްކަން ފާހަގަކުރައްވައި ރާއިދު ވިދާޅުވީ ވަކި ނަންބަރަކަށް ބަލައިގެން ގެއްލުން އަންދާޒާކުރުމުގެ ބަދަލުގައި މުޅި ބްރޭންޑަށް ލިބުނު ހުތުރުނަމުން އަރައިގަތުމަށް އުދަނގޫވާނެ ކަމަށެވެ. އަދި މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކުރިމަތިވި 2004 ގެ ސުނާމީ އާއި ސަލްޓަންޕާކް ބޮމުގެ ހަމަލާ އަދި ކޮވިޑް19 އިންވެސް ދިވެހިން އަރައިގަތީ މުޅި ދުނިޔެ ހައިރާންވާފަދަ ހަލުވިމިނެއްކަން ރާއިދު ފާހަގަކުރެއްވިއެވެ. ނަމަވެސް މިފަހަރު މި ކުރިމަތިވި މައްސަލަ މިހުރިހާކަމަކަށްވުރެ ބޮޑުވެގެންދާނެ ކަމަށް ރާއިދު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއިދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގެއްލުން ލިބޭނެ ކަމެއް ދިވެހިން ނުކުރާނެ ކަމުގެ ޔަގީންކަން އޮތް ނަމަވެސް މިއަދު އެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.

އިންޑިއާއާއި ރާއްޖޭގެ ގުޅުން ހީނަރުވެ، މިމައްސަލަ ބޮޑުވެފައިވަނީ އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ލަކްޝަދީޕުގެ ރަށްތަކަށް ވަޑައިގެން، އެރަށްތަކުގެ ރީތިކަން ޕްރޮމޯޓުކުރާ ވީޑީއޯއެއް އާއްމުކުރި ހިސާބުންނެވެ. އެވީޑިއޯގައި އެގައުމުގެ ރީތިކަން ބަލައިލަން މީހުން އައުމަށް އެދިފައިވެއެވެ. ރާއްޖޭގެ ނަން ވެސް އެވީޑީއޯގައި ގެނެސްފައެއްނުވެއެވެ. ނަމަވެސް އިންޑިއާގެ ބައެއް އާއްމު ރައްޔިތުން ވަނީ ބައިކޮޓް މޯލްޑިވްސްގެ ނަމުގައި ކެންޕޭނެއް ފަށާފައެވެ. މިއާއެކު މިސަރުކާރުގެ 3 ޑެޕިއުޓީ މިނިސްޓަރުން ވަނީ އިންޑިއާގެ ބޮޑުވަޒީރަށް ވަރަށް ބޭއަދަބީކޮށް ކޮމެންޓް ކުރައްވާފައެވެ. މިމައްސަލަ ހޫނުވެ، ސަރުކާރަށް ޕްރެޝަރ ބޮޑުވުމާއި ގުޅިގެން މުސާރަ ލިބޭ ގޮތަށް އެ ތިން ބޭފުޅުން ވަނީ ސަސްޕެންޑް ކޮށްފައެވެ.

މިމައްސަލައާ ގުޅިގެން އިންޑިއާގެ ފަތުރުވެރިން ދަނީ ބުކިންތައް ކެންސަލް ކުރަމުންނެވެ. ރާއްޖެއަށް މިފާއިތުވި އަހަރުތަކުގައި އެންމެ ގިނައިން ޒިޔާރަތް ކޮށްފައިވަނީ އިންޑިއާގެ ފަތުރުވެރިން ކަމަށްވާއިރު، މިކަމުގެ ސަބަބުން ސިނާއަތަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު