Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ޓުއަރިޒަމް ކުރިއެރުވުން

ދިވެހިރާއްޖެއަކީ ޑިޖިޓަލް ނޯމަޑްސްއަށް ފަހި ގައުމަކަށް ހެދިދާނެ - ރާއިދު

އެފަދަ ފަތުރުވެރިންގެ ތެރޭގައި ސޮފްޓްވެއަރ ލިޔާ މީހުންނާއި ތަފާތު އޭއައިގެ ދާއިރާގައި ހަރަކާތްތެރިވާ މީހުން ހިމެނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 5 ޖުލައި 2023 | ބުދަ 14:01
މުހައްމަދު ރާއިދު - އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ

މުހައްމަދު ރާއިދު - އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ

ދިވެހިރާއްޖެއަކީ ޑިޖިޓަލް ނޯމަޑްސްއަށް ފަހި ގައުމަކަށް ހެދިދާނެކަމަށް، މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރާއިދު ވަނީ ރާއްޖޭގައި ކުރިއެރުވިދާނެ މޮޑެލްތަކަކީ ކޮބާކަން ފާހަގަކުރައްވައި އެކަމަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އިންވެސްޓަރުންނަށް ފަހި ގައުމެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމުގެ އިތުރުން ތަފާތު އެކި ކަަހަލަ ޓުއަރިޒަމްތަކަށް ރާއްޖޭގައި ޖާގަ އޮތް ކަަމަށް ރާއިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރާއިދު ވިދާޅުވީ ފަތުރުވެރިކަން ސިންދަފާތުކުރުން ނުވަތަ ޑައިވަރސިފައިކުރުން އެއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ބަލާއިރު ކޮވިޑް-19ށްފަހު ދުނިޔޭގައި ސްމާޓް ޓުއަރިޒަމާއި ޑިޖިޓަލް ނޯމަޑްސްއަށް އޮތް ޑިމާންޑް ވަރަށް ބޮޑުވެފައިވާކަމަށް ރާއިދު ވިދާޅުވިއެވެ. ޑިޖިޓަލް ނޯމަޑް ޓުއަރިޒަމަކީ ދުނިޔޭގެ ޓެކް ޓެލެންޓް ހުރި މީހުން ދިގު މުއްދަތަކަށް ގައުމުތަކަށް ގޮސް، އެ ގައުމުތަކުގައި ތިބެގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭ ޓުއަރިޒަމް މޮޑެލެއް ކަަމަށް ރާއިދު ވިދާޅުވިއެވެ.

ރާއިދު ވަނީ މިހާރުވެސް އެމެރިކާގެ ޑިޖިޓަލް ނޯމަޑުންގެ ގޮތުގައި 16 މިލިއަނަށްވުރެ ގިނަ މީހުން ގައުމުތަކުގައި މަސައްކަތްކުރަމުން ދާކަމަށް ވިދާޅުވެފައެެވެ. އޭގެ ތެރެއިން ފަންސާހަކަށް މީހުން ރާއްޖެ އަޔަސް އެއީ ރާއްޖެއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެފަދަ ފަތުރުވެރިންގެ ތެރޭގައި ސޮފްޓްވެއަރ ލިޔާ މީހުންނާއި ތަފާތު އޭއައިގެ ދާއިރާގައި ހަރަކާތްތެރިވާ މީހުން ހިމެނޭ ކަމަށްވެސް ރާއިދު ވިދާޅުވިއެެވެ. އެ މީހުންނަކީ ޓެކް ދާއިރާގައި މަސައްކަތްކުރާ މީހުން ކަމަށާއި، ދުނިޔޭގެ ބައެއް ގައުމުތަކުގައި އެފަދަ ފަތުރުވެރިންނަށް އަމާޒުކޮށް ޓާގެޓްތަކެއް ކަނޑައަޅާފައިވާ ކަަމަށްވެސް ރާއިދު ވިދާޅުވިއެވެ. އޭގެ ތެރޭގައި އެސްޓޯނިއާ ފާހަގަކޮށްލެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ގައުމަކީ ޑިޖިޓަލް ނޯމަޑްސްއަށް އެންމެ ފަހި ގައުމު ކަމަށް ރާއިދު ވިދާޅުވިއެވެ. އެފަދަ މޮޑެލަކަށް އެނބުރޭއިރު، އަވަސް އިންޓަރނެޓާއި އެކަށީގެންވާ މުއްދަތަކަށް ރާއްޖޭގައި ތިބެވޭނެ ގޮތް ހެދުމާއި، ރަނގަޅު އެކޮމޮޑޭޝަން ހަމަޖައްސައިދިނުމަކީ މުހިންމު ކަމެއް ކަމަށް ރާއިދު ވިދާޅުވިއެވެ. އެއީ ރާއްޖެފަދަ ގައުމަކަށް ތަރައްގީ ކުރެވިދާނެ މޮޑެލެއް ކަމަށް ރާއިދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2017

ބިލެތްފަހި އަނެއްކާވެސް ކަނު އަދިރީގައި

04 އޮކްޓޯބަރު 2017
ބިލެތްފަހި އަނެއްކާވެސް ކަނު އަދިރީގައި
24 ސެޕްޓެމްބަރު 2017

ޖަނަރޭޓަރެއް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދަނީ : ބިލެތްފަހި ކައުންސިލް

24 ސެޕްޓެމްބަރު 2017
ޖަނަރޭޓަރެއް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދަނީ : ބިލެތްފަހި ކައުންސިލް
24 ސެޕްޓެމްބަރު 2017

އިންޖީނުގެ އަނދައި ހުލިވުމުން ބިލެތްފަހި ހުއްޓިފައި، ވަގުތީ ހައްލެއް މިއަދު ލިބޭނެ: ކައުންސިލް

24 ސެޕްޓެމްބަރު 2017
އިންޖީނުގެ އަނދައި ހުލިވުމުން ބިލެތްފަހި ހުއްޓިފައި، ވަގުތީ ހައްލެއް މިއަދު ލިބޭނެ: ކައުންސިލް
11 ޖުލައި 2017

ވެށިފަހިމާލޭ ޕްރޮގްރާމްގެ ދަށުން އެތައްސަތޭކަ ރައްޔިތުންނަށް އަދިވެސް ފްލެޓް ލިބިފައި ނުވާތީ ހިތާމަކުރަން: މޭޔަރ ޝިފާ

11 ޖުލައި 2017
ވެށިފަހިމާލޭ ޕްރޮގްރާމްގެ ދަށުން އެތައްސަތޭކަ ރައްޔިތުންނަށް އަދިވެސް ފްލެޓް ލިބިފައި ނުވާތީ ހިތާމަކުރަން: މޭޔަރ ޝިފާ
07 ޖޫން 2017

ސަރުކާރުގެ ރައްދު: މިއީ ބޮޑު ގައުމަކުން ކުޑަ ގައުމަކަށް ދިން ހަމަލާއެއް!

07 ޖޫން 2017
ސަރުކާރުގެ ރައްދު: މިއީ ބޮޑު ގައުމަކުން ކުޑަ ގައުމަކަށް ދިން ހަމަލާއެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު