Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލުގެ ހަމަލާތަކެއް ޖެނީންއަށް ދޭންފެށުން

އިސްރާއީލް ސިފައިން ފަލަސްތީނުގެ ޖެނީން ރެފިއުޖީ ކޭމްޕަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި

މިއީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައިވެސް އިސްރާއީލް ސިފައިން ހިންގާ މިފަދަ އެންމެ ވަރުގަދަ އޮޕަރޭޝަން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 3 ޖުލައި 2023 | ހޯމަ 10:09
ފަލަސްތީނުގެ މުޖާހިދުން

ފަލަސްތީނުގެ މުޖާހިދުން

ހުޅަނގު އައްސޭރީގެ ޖެނީން ރެފިއުޖީ ކޭމްޕަށް އަމާޒުކޮށް އިސްރާއީލް ސިފައިން ވަރުގަދަ މިލިޓަރީ އޮޕަރޭޝަނެއް ފަށައިފިއެވެ. ފަތިހު ފެށި މި އޮޕަރޭޝަނުގައި އެތައް ޑްރޯން ހަމަލާއެއް ދިނުމާއެކު އެއްގަމު މަގުންވެސް ވަނީ ސިފައިން ހަރަކާތްތެރިވާން ފަށާފައެވެ. ޚަބަރުތައް ބުނާގޮތުގައި މިއީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައިވެސް އިސްރާއީލް ސިފައިން ހިންގި މިފަދަ އެންމެ ވަރުގަދަ އޮޕަރޭޝަނެވެ. މި އޮޕަރޭޝަނުގައި މެންދުރެއްހާއިރު ވީއިރު ފަލަސްތީނުގެ ފަސް މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި ވިއްސަކަށް މީހުންނަށް ބޮޑެތި ޒަޚަމްތައް ލިބިފައި ވެއެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓްރީން ބުނަނީ މިފެށި އޮޕަރޭޝަނަކީ ޖެނީން ސަރަހައްދުގައިވާ ޓެރަރިސްޓް އޮނިގަނޑު ހަލާކުކޮށްލުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ. އަދި މުޅި ހުޅަނގު އައްސޭރިއަށް އޮޕަރޭޝަން ފުޅާކުރަން ގަސްތު ނުކުރާކަމަށްވެސް އިސްރާއީލުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.

މި އޮޕަރޭޝަނުގައި ފުރަތަމަ، ޖެނީންގެ މެދުތެރޭގައި ހުންނަ އެޕާޓްމަންޓަކަށް ފަތިހު ވަރުގަދަ ޑްރޯން ހަމަލާއެއް ދީފައިވެއެވެ. އެއީ ޖެނީން ބްރިގޭޑްސްގެ ނަމުން ހަރަކާތްތެރިވާ، ފަލަސްތީނުގެ ޖިހާދް ގްރޫޕްތަކުގެ ކޮމާންޑް ސެންޓަރުކަމަށް އިސްރާއީލުން ބުނެފައިވެއެވެ. އޭގެ ފަހުންވެސް އެހިސާބަށް އެތައް ޑްރޯން ހަމަލާއެއް ދީފައިވެއެވެ. އެއާއެކު އެއްގަމު މަގުން އެތައް ހާސް ސިފައިން ޖެނީންއަށް އަރައި ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މިލިޓަރީ ތަރުޖަމާނަކު ބުނެފައިވާގޮތުގައި ސިފައިން ހަރަކާތްތެރިވާނީ ފަލަސްތީނުގެ ފަރާތްތަކުން ގެންގުޅޭ ހަތިޔާރުތައް އަތުލުމަށާއި އަދި ޖެނީންއަކީ ފަލަސްތީނުގެ ހަނގުރާމަވެރިންނަށް ރައްކާތެރިކަން ލިބިދޭ ތަނެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރުމަށެވެ.

އޮޕަރޭޝަން ކުރިއަށްދިޔައިރު ދެފަރާތުން ބަޑީގެ ހަމަލާތައް ބަދަލުކުރަމުން ގެންގޮސްފައި ވެއެވެ. އަދި ޖެނީން ބްރިގޭޑްސްއިން ބުނެފައިވަނީ، އެންމެ ފަހު ވަޒަން އަދި އެންމެ ފަހު ނޭވާޔާ ހަމަޔަށް ދިފާއުގައި ރައްދު ހަމަލާ ދެމުން ގެންދާނެކަމުގައެވެ.

މި ހަމަލާތަކުގައި އާންމު ފަރުދުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރާނެކަމަށް އިސްރާއީލުގެ މިލިޓަރީން ބުނެފައި ވީނަމަވެސް، ކަމާނުބެހޭ އެތައް ބަޔަކަށް ޒަޚަމްތައް ލިބެމުންދާކަމުގެ ރިޕޯޓްތައް ދަނީ ލިބެމުންނެވެ.  

ހޯމަދުވަހު އިސްރާއީލް ސިފައިން ދޭންފެށި ވަރުގަދަ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ޕްރައިމް މިނިސްޓަރ ވިދާޅުވީ، މި ފެށުނު ކަމަކީ އެހެންވެސް ފަލަސްތީނުގެ އަވަށްތަކާ ކޭމްޕްތަކަށް ހަދާފައިވާގޮތަށް، ޖެނީން ރެފިއުޖީ ކޭމްޕްވެސް ސުންނާފަތިކޮށް އެތަނުން ފަލަސްތީނު ރައްޔިތުން ބޭރުކޮށް ވިއްސިވިހާލި ކޮށްލުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ. އޭނާ ވިދާޅުވީ މިހަމަލާތައް ބައިނަލްއަގުވާމީ މުޖްތަމައުގެ ލޯ ކުރިމަތީގައި ދެމުންދާއިރު، ހަމަލާތަކުން ދިފާއުވުމަށް ފަލަސްތީނުގެ ހިތްވަރުގަދަ މުޖާހިދުން ހިތްވަރު އެލުވާނުލައި މަސައްކަތް ކުރަމުން ގެންދާނެ ކަމުގައެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި

16 ފެބުރުއަރީ 2017
ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު