Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޅަފަތުގައި އުފަންވާ ކުދިން

ދުވަސް ނުފުރައި އިންތިހާއަށް ޅަފަތުގައި އުފަންވާ ކުދިންގެ ފުރާނަ ސަލާމަތްކުރުމަށް އާ އުއްމީދެއް!

1 ޖުލައި 2023 | ހޮނިހިރު 13:23

މި ޑިވައިސް ހުންނަނީ އެމްނިއޯޓިކް ފްލުއިޑް ނުވަތަ ފެންދުލި ތެރޭގައި ދައުރުވާ ޚާއްސަ ފެން ދައުރުވާފަދަ ނިޒާމަކާ ގުޅާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 1 ޖުލައި 2023 | ހޮނިހިރު 13:23
ސްޕެއިންގެ މެޑިކަލް ޓީމް

ސްޕެއިންގެ މެޑިކަލް ޓީމް

ދަރިއަކަށް ބަލިވެ އިންނަ ޚަބަރު ލިބޭ ހިސާބުން އެ ލިބޭ އުފާވެރިކަމާއެކު، ނުތަނަވަސްކަންވެސް ވެރިވާކަމީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ދަރިފުޅު އުފަންވާނެ ވަގުތަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރެވެއެވެ. ހަމަ އެފަދައިން، ދުވަސް ނުފުރާ ވިހަން ޖެހި، އެ ދަރިފުޅު އަތުން ބީވެ ހިނގައިދާނެ ކަމުގެ ފިކުރުތަކުން ނަފުސު ނުތަނަވަސް ކުރުވާ ގޮތްވެސްވެއެވެ.

ސައެންސްގެ އިލްމާއި ޓެކްނޮލޮޖީގެ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ އަދުގެ މި ދުނިޔޭގައި ބާރސެލޯނާގގެ ދިރާސާ ޓީމަކުން ދަނީ، ދުވަސް ނުފުރާ އުފަންވާ ކުދިންގެ ފުރާނަ ސަލާމަތްކުރުމަށް، މަސްނޫއީ ވަސީލަތެއްގެ އެހީގައި ކާމިޔާބުވޭތޯ މަސައްކަތް ކުރަމުންނެވެ. ދުވަސް ނުފުރައި އުފަންވާ ކުދިންނަށް ބޭނުންވާ ފަރުވާ ދިނުމަށް ދިރާސާ ޓީމުން އީޖާދުކުރީ "މަސްނޫއީ" ރަހިމެކެވެ. މައިމީހާގެ ބަނޑުގައި ގަރުބަގަންނަތާ ވަރަށް ކުރީކޮޅު އުފަންވާ ކުދިންގެ ފުރާނަ ސަލާމަތްކުރުމުގެ އަމާޒުގައި އީޖާދުކުރި މަސްނޫއީ ރަހިމުގެތެރޭގައި، ދުވަސް ނުފުރާ ވިހޭ ޖަނަވާރުތަކެއް ވަނީ ގެންގުޅެފައެވެ. އެގޮތުން 12 ދުވަސް ވަންދެން އެ ޖަނަވާރުތައް ގެންގުޅެވުނު ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

މަސްނޫއީ ރަހިމުގައި މަސްނޫއީ މަސް ނުވަތަ އާރޓިފިޝަލް ޕްލަސެންޓާ އުފައްދާފައިވަނީ އެތެރެ ފެންނަ ފަދަ ދުއްޔެއްގެ ގޮތުގައެވެ. މި ދުލި ތައްޔާރުކޮށްފައި ވަނީ އޭގެ ސަބަބުން، ދިރުން ހުރި ޓިޝޫތަކަށް ގެއްލުން ނުވާ، ބަޔޯކޮމްޕެޓިބަލް މާއްދާތަކުންނެވެ. ދުވަސް ނުފުރައި އުފަންވާ ދަރިފުޅުގެ ފުއްޕާމެއާއި ގޮހޮރުގެ އިތުރުން، ސިކުނޑި ހެދިބޮޑުވުމުގެ ފުރުސަތުވެސް، މި ރަހިމު ތެރޭގައި ލިބެއެވެ.

މި ޑިވައިސް ހުންނަނީ އެމްނިއޯޓިކް ފްލުއިޑް ނުވަތަ ފެންދުލި ތެރޭގައި ދައުރުވާ ޚާއްސަ ފެން ދައުރުވާފަދަ ނިޒާމަކާ ގުޅާފައެވެ. އަލްޓްރާ ސައުންޑް ސްކޭން ހެދުމަށާއި އެކި ކަހަލަ ކަންކަން މޮނިޓަރ ކުރުމަށްވެސް ފުރުސަތު ލިބެއެވެ.

އާދަޔާ ޚިލާފަށް ޅަފަތުގައި، ދުވަސް ނުފުރައި އުފަންވާ ކުއްޖެއް ކަމަށް ބަލަނީ މައިމީހާގެ ބަނޑުގައި ގަރުބަ ގަންނަތާ 6 މަސް ދުވަތަ އެއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި އުފަންވާ ކުދިންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، 2019 ވަނަ އަހަރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ 9 ލައްކައެއްހާ ކުދިން ވަނީ އުފަންވެފައެވެ.

މަސްނޫއީ ރަހިމާބެހޭ ދިރާސާ މަޝްރޫއުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ ޑރ. އެޑުއަރޑް ގްރަޓަކޯސްއެވެ. ޑރ. ގްރަޓަކޯސްގެ ޓީމުން ވަނީ ޅަ ކަންބަޅި ބޭނުންކޮށްގެން ދިރާސާތަކެއް ހަދާފައެވެ. ދުވަސް ނުފުރާ އުފަންވެފައިވާ ކަންބަޅިތަކެއް ބޭނުން ކޮށްގެން ކުރިއަށް ގެންދިޔަ ދިރާސާއިން، އެ ކަންބަޅިތަކަށް، މަސްނޫއީ ރަހިމުގައި ދިރި އޮވެވުނީ 12 ދުވަހުގެ މުއްދަތަކަށެވެ. ޑރ. ގްރަޓަކޯސްގެ ޓީމުން މިހާރު އަމާޒު ހިފާފައި ވަނީ އޫރު ބޭނުން ކޮށްގެން މި ދިރާސާ ކުރިއަށް ގެންދިއުމަށެވެ. އިންސާނުން ބައިވެރިކޮށްގެން މި ދިރާސާ ކުރިއަށް ގެންދާނީ އޭގެ ފަހުންނެވެ. އެކަމަށް އަދި އަހަރުތަކެއް ހޭދަވާނެ ކަމަށް ބެލެވެއެވެ.

ހަމަ މިފަދަ އިތުރު މަޝްރޫއެއް، ޗިލްޑްރަންސް ހޮސްޕިޓަލް އޮފް ފިލަޑެލްފިއާގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ދުވަސް ނުފުރާ އުފަންވެފައިވާ ޖަނަވަރު ބޭނުންކޮށްގެން ކުރި އެ ދިރާސާގައި، 28 ދުވަސްވަންދެން އެ ޖަނަވާރުތައް ދިރިއޮތް ކަމަށް މައުލޫމާތު ލިބެއެވެ.

ކޮންމެ ގޮތަކަށް ކަން އޮތް ކަމުގައި ވީ ނަމަވެސް، މަރަކީ އެއްވެސް މީހަކަށް އެކަމަށް ބާރު ފޯރުވޭނެ ކަމެއް ނޫނެވެ. ކޮންމެ މީހެއްގެވެސް އަޖަލު ހަމަވުމަށް ﷲ ކަނޑައަޅުއްވާފައިވާ ވަގުތުގައި އެކަން ވެދެއެވެ. އެއަށްވުރެ ލަހެއް ނުވަތަ އަވަސް ވުމެއްވެސް ނެތެވެ. ނަމަވެސް، ބަލިތަކުން ސަލާމަތްވެ، ދިފާއު ހޯދުމަށް މަސައްކަތްކުރުމަކީ ނެތް ކަމެއް ނޫނެވެ. އެންމެ ޅަފަތުގައި އުފަންވާ ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށްވެސް މަސައްކަތް ކުރަން ޖެހެއެވެ. ކޮންމެ ފުރާނައަކީވެސް ދުނިޔަވީ އެއްވެސް މީޒާނަކުން އަގު ނުކުރެވޭހާ އަގު ބޮޑު ނިއުމަތެކެވެ.

ސްޕެއިންދުވަސް ނުފުރައި އުފަންވާ ކުދިން

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2025

އިސްރާއީލް އަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި

09 އޮކްޓޯބަރު 2025
އިސްރާއީލް އަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި
23 ސެޕްޓެމްބަރު 2025

ފަލަސްޠީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ސްޕެއިންގެ ބޮޑު ވަޒީރު ގޮވާލައްވައިފި

23 ސެޕްޓެމްބަރު 2025
ފަލަސްޠީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ސްޕެއިންގެ ބޮޑު ވަޒީރު ގޮވާލައްވައިފި
18 ސެޕްޓެމްބަރު 2025

ޣައްޒާގެ އިންސާނީ ހައްގު ތަކުގެ މައްސަލަ ސްޕެއިން އިން ތަހުގީގު ކުރަނީ

18 ސެޕްޓެމްބަރު 2025
ޣައްޒާގެ އިންސާނީ ހައްގު ތަކުގެ މައްސަލަ ސްޕެއިން އިން ތަހުގީގު ކުރަނީ
17 ސެޕްޓެމްބަރު 2025

ޣައްޒާގެ އިންސާނީ ޙާލަތާ މެދު ސްޕެއިންގެ ރަސްގެފާނު ކަންބޮޑުވުން ފާޅު ކުރައްވައިފި

17 ސެޕްޓެމްބަރު 2025
ޣައްޒާގެ އިންސާނީ ޙާލަތާ މެދު ސްޕެއިންގެ ރަސްގެފާނު ކަންބޮޑުވުން ފާޅު ކުރައްވައިފި
12 ސެޕްޓެމްބަރު 2025

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ސްޕެއިންގެ ރައްޔިތެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

12 ސެޕްޓެމްބަރު 2025
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ސްޕެއިންގެ ރައްޔިތެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
01 ނޮވެމްބަރު 2024

ސްޕޭނަށް އައި ވިއްސާރައިގެ ތޫފާނުގައި މަރުވި މީހުންގެ އަދަދު 205ށް އަރައިފި

01 ނޮވެމްބަރު 2024
ސްޕޭނަށް އައި ވިއްސާރައިގެ ތޫފާނުގައި މަރުވި މީހުންގެ އަދަދު 205ށް އަރައިފި
30 އޮކްޓޯބަރު 2024

އަހަރެއްގެ ވާރޭ 8 ގަޑިއިރުގެ ތެރޭގައި ވެހި، ސްޕެއިންގައި އެތައް ބަޔަކު މަރުވެއްޖެ

30 އޮކްޓޯބަރު 2024
އަހަރެއްގެ ވާރޭ 8 ގަޑިއިރުގެ ތެރޭގައި ވެހި، ސްޕެއިންގައި އެތައް ބަޔަކު މަރުވެއްޖެ
06 ޖޫން 2024

ސްޕެއިންގެ ތާއީދު ފަލަސްތީނަށް، އިޒްރޭލްގެ އިންތިހާ ރުޅި ސްޕެއިނަށް

06 ޖޫން 2024
ސްޕެއިންގެ ތާއީދު ފަލަސްތީނަށް، އިޒްރޭލްގެ އިންތިހާ ރުޅި ސްޕެއިނަށް
22 މެއި 2024

ނޯވޭ، އަޔަލޭންޑް އަދި ސްޕެއިން އިން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި

22 މެއި 2024
ނޯވޭ، އަޔަލޭންޑް އަދި ސްޕެއިން އިން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި
21 މާރިޗު 2024

ސްޕޭނުގެ ފުލުހުން ފުޓްބޯޅަ ފެޑަރޭޝަނަށް ވަދެއްޖެ، ކުރީގެ ރައީސް ހައްޔަރުކުރަނީ

21 މާރިޗު 2024
ސްޕޭނުގެ ފުލުހުން ފުޓްބޯޅަ ފެޑަރޭޝަނަށް ވަދެއްޖެ، ކުރީގެ ރައީސް ހައްޔަރުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް