Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯޅަ

ސްޕޭނުގެ ފުލުހުން ފުޓްބޯޅަ ފެޑަރޭޝަނަށް ވަދެއްޖެ، ކުރީގެ ރައީސް ހައްޔަރުކުރަނީ

ފުޓްބޯޅަ ފެޑަރޭޝަނުގެ ކުރީގެ ރައީސްގެ ގެ ވެސް ފާސްކުރި

ރާއްޖެ އެމްވީ | 21 މާރިޗު 2024 | ބުރާސްފަތި 04:28
ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަން ބަލައި ފާސްކުރަން ފުލުހުން ވަދެ

ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަން ބަލައި ފާސްކުރަން ފުލުހުން ވަދެ

ކޮރަޕްޝަނުގެ ތުހުމަތުގައި ސްޕޭނުގެ ފުލުހުން އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަން ބަލައި ފާސްކޮށްފި އެވެ.

ރޮއިޓާސްއާ ހަވާލާދީ ދުނިޔޭގެ ނުފޫޒުގަދަ މީޑިއާތަކުން ބުނެފައިވަނީ މިކަން ކުރީ ސްޕޭނުގެ ޕްރޮސެކިއުޓަރުގެ އަމުރަށެވެ. އަދި މިއީ ވިޔަފާރީގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަނާއި މަނީލޯންޑްރިން އާއި ނުހައްގު މުދާ ހޯދުން ފަދަ ކަންކަން ބަލައި ފާސްކުރުމަށް ހިންގި ފުޅާ އޮޕަރޭޝަނެއް ކަމަށެވެ. ފުލުހުން ވަނީ މި އޮޕަރޭޝަނުގައި ކޮންތަނެއްކަން ބުނެފައިނުވާ، އެކަމަކު ތުހުމަތު ކުރެވޭ 11 ތަނެއް ބަލައި ފާސްކޮށްފަ އެވެ. ސްޕޭނުގެ މީޑިއާތަކުން ބުނަނީ މި އޮޕަރޭޝަނުގެ މައިގަނޑު އެއް ބޭނުނަމީ ސްޕެނިޝް ސުޕަ ކަޕް އަގުބޮޑުކޮށް ސައޫދީ އަރަބިއްޔާގައި ބާއްވަން ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ނިންމާފައިވާ މައްސަލާގައި ތުހުމަތުކުރެވޭ ކަންކަން ބެލުމެވެ. މި މުބާރާތް ސްޕޭނުގައި ކުޅޭތާ މިހާރު ތިން އަހަރުވެއްޖެ އެވެ.

ރޮއިޓާސްއިން ބުނެފައިވަނީ ފުޓްބޯޅަ ފެޑަރޭޝަން ބަލައި ފާސްކޮށްފައިވަނީ އެތަނުގައިވާ ދަނޑުގައި ސްޕޭނުގެ ފުޓްބޯޅަ ޓީމު ފަރިތަކުރަމުންދަނިކޮށެވެ. އަދި ފެޑަރޭޝަނުގެ ސްޓާފުންނަށް އެތަނަށް ވަދެނިކުތުން ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން ރޮއިޓާސްއިން ބުނެފައިވަނީ ބަލައި ފާސްކުރި 11 ތަނުގެ ތެރޭގައި އިސްތިއުފާދިން ސްޕޭން ފުޓްބޯޅަ ފެޑަރޭޝަނުގެ ކުރީގެ ރައީސް ލުއިސް ރުބިއަލެސް އަންދަލޫސިއާގައި ދިރިއުޅޭ އަމިއްލަ ގެ ވެސް ހިމެނޭ ކަމަށެވެ. ސްޕޭނުގެ ފުލުހުންގެ އަތުގައި އޭނާ ހައްޔަރުކުރުމުގެ އަމުރު އޮތް ކަމަވެސް އެގައުމުގެ މީޑިއާތަކުން ބުނެ އެވެ.

އޭނާ އަކީ ސްޕެނިޝް ސުޕަ ކަޕް ސައޫދީގައި ކުޅެން ނިންމިއިރު އެކަމުގައި އިސްކޮށް ހަރަކާތްތެރިއެކެވެ. ލުއިސް ރުބިއަލެސް އަށް ވަނީ އޭނާ މަގާމުގައި ހުއްޓަވެސް ގިނަތުހުމަތުތަކެއް ކުރެވިފަ އެވެ. އޭނާ އިސްތިއުފާ ދިނީ މިދިޔަ ޖުލައި މަހު ނިމުނު އަންހެނުންންގެ ވޯލްޑްކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ސްޕޭނުގެ އަންހެން ކުޅުންތެރިއަކަށް ނުގަބޫލުގައި ބޮސްދިން މައްސަލަގާއި ފީފާއިން އޭނާ ސަސްޕެންޑުކޮށް، ސްޕޭނުގެ ސަރުކާރުން އެ މައްސަލަ ބަލަން ފެށުމުން ކުރިމަތިވި ޕްރެޝަރުގަ އެވެ.

ސްޕެއިން ފުޓުބޯޅަ ޓީމުސްޕެއިންކޮރަޕްޝަން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު