Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްޕެއިން

ސްޕޭނަށް އައި ވިއްސާރައިގެ ތޫފާނުގައި މަރުވި މީހުންގެ އަދަދު 205ށް އަރައިފި

މަރުވި މީހުންގެ އަދަދަށް ބަލާއިރު، މިއީ 1970 ވަނަ އަހަރު ރޫމޭނިއާގައި 209 މީހުން މަރުވި ފެންބޮޑުވުމުގެ ހާދިސާގެ ފަހުން ޔޫރަޕްގައި އެންމެ ގިނަ މީހުން މަރުވި ފެން ބޮޑުވުމުގެ ހާދިސާއެެވެ.

ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2024 | ހުކުރު 18:56
ސްޕެއިންގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތައް ވަނީ ކުރިމަތިވެފައި

ސްޕެއިންގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތައް ވަނީ ކުރިމަތިވެފައި

ސްޕެއިންގެ ދެކުނު އިރުމަތީ ސަރަހައްދަކަށް އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހި ނުރައްކާތެރި މިންވަރަކަށް ފެންބޮޑުވުމާ ގުޅިގެން މަރުވި މީހުންގެ އަދަދު 205 އިތުރު ވެއްޖެއެވެ.

މަރުވި މީހުންގެ ތެރޭގައި ވެލެންސިއާގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިއެއްވެސް ހިމެނެއެވެ.

އެއް ދުވަހުގެ ތެރޭގައި އަހަރެއްގެ ވާރޭ ވެހުމާ ގުޅިގެން ސްޕެއިންގެ ބޮޑު ސަރަޙައްދު ތަކެއްގައި ކުއްލި ފެންބޮޑުވުމެއް އައުމާ ގުޅިގެން، ދިރިތިބި މީހުންނާއި މަރުވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ސަލާމަތީ ޓީމުތަކުން އަދިވެސް ގެންދަނީ ކުރަމުންނެވެ.

ސަރަޙައްދީ އިދާރާތަކުގެ މަޢުލޫމާތު ދޭގޮތުގައި، ގިނަ އަދަދެއްގެ މީހުން މަރުވެފައިވަނީ ވެލެންސިއާ ސަރަޙައްދުގައެވެ.

ރިޕޯޓުތަކުގައި ބުނާ ގޮތުގައި، ގާތްގަނޑަކަށް 170،000 މީހުންނަށް އަދިވެސް މުވާސަލާތީ ގުޅުން ވަނީ ކެނޑިފައެވެ.

ކުއްލި ފެންބޮޑުވުމާއި ގުޅިގެން ވެލެންސިއާގެ ސަރަހައްދުން ބޮޑުބަޔަކަށް ކަރަންޓުގެ ހިދުމަތް މެދުކެޑިފައި ވީނަމަވެސް ކަރަންޓު ކުންފުނި އައި-ޑީން އިއްޔެ ރޭ ބުނެފައި ވަނީ ވެލެންސިއާގެ 75 އިންސައްތައް އަށް އަލުން ކަރަންޓު ދޫކުރެވިފައިވާ ކަމަށެވެ.

ބޯކޮށް ވާރޭވެހި ނުރައްކާތެރި މިންވަރަކަށް ފެންބޮޑުވުމާ ގުޅިގެން ހުކުރު ދުވަހުގެ ހެނދުނާ ހަމައަށް ވެސް ރެޑްނޯޓިސް ވަނީ ނެރެފައެވެ. ސްޕެއިންގެ ސްޓޭޓް މީޓިއޮރޮލޮޖިކަލް އޭޖެންސީ (އެމެޓް) އިން ހުއެލްވާ އަށް ދީފައިވާ ރަތް އިންޒާރު މިހާރު ވަނީ ނަގާފައެވެ. މީގެ އިތުރުން ކަސްޓެލޯން އަދި ޓަރަގޯނާގައި ދީފައިވާ އޮރެންޖް ނޯޓިސް ވެސް މިހާރު ވަނީ ނަގާފައެވެ. ނަމަވެސް، ހުއެލްވާ އަދި ބެލެއަރިކް ޖަޒީރާތަކުގައި ދީފައިވާ އޮރެންޖު ނޯޓިސް އަދިވެސް ނަގާފައެއް ނުވެއެވެ.

ފެންބޮޑުވުމުގެ ހިތާމަވެރި ހާދިސާގައި އިންޒާރު ދިނުން ލަސްކަމަށް ބުނެ ރައްޔިތުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ބައެއް މީހުން ބުނާ ގޮތުގައި މިފަދަ ނުރައްކާތެރި ފެންބޮޑުވުމަކަށް އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނެތުމާއި، މީހުންނަށް އެކަށީގެންވާ އަވަހަކަށް އިންޒާރު ދީފައެއް ނުވެއެވެ.

ވެލެންސިއާގެ ރައްޔިތެއް ކަމުގައިވާ 65 އަހަރުގެ ހެކްޓަރ ބޮލިވަރ ބުނެފައިވަނީ ސަމާލުކަން ދިނުމަށް މެސެޖެއް ފޮނުވާފައިވަނީ ރޭގަނޑު 8 ޖެހިއިރު ކަމަށާއި ނަމަވެސް އޭގެ މާކުރިން ބޯކޮށް ވާރޭވެހެން ފެށި ކަމުގައެވެ.

ވެލެންސިއާގެ ސަރަހައްދީ ސަރުކާރުގެ ރައީސް ކާލޮސް މަޒޮން ވިދާޅުވީ، ކާރިސާ މެނޭޖު ކުރުމުގައި ހުރިހާ އުސޫލުތަކަކަށް ޢަމަލުކުރެވުނު ކަމަށާއި، އާދީއްތަ ދުވަހުން ފެށިގެން މީހުންނަށް ވިއްސާރައިގެ އިންޒާރު ދޭން ފެށި ކަމަށެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އުފެދުނު ކިސަޑުން ރަށުތެރެ ސާފުކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވުމަށް 1,700 ސިފައިން ބައިވެރިވެފާވާއިރު، އާންމު ރައްޔިތުންނާއި ވޮލަންޓިއަރުން ވެސް މި މަސައްކަތުގައި ބައިވެރިވެފައިވެއެވެ.

މަރުވި މީހުންގެ އަދަދަށް ބަލާއިރު، މިއީ 1970 ވަނަ އަހަރު ރޫމޭނިއާގައި 209 މީހުން މަރުވި ފެންބޮޑުވުމުގެ ހާދިސާގެ ފަހުން ޔޫރަޕްގައި އެންމެ ގިނަ މީހުން މަރުވި ފެން ބޮޑުވުމުގެ ހާދިސާއެެވެ.

ސްޕެއިން

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލް އަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި

އިސްރާއީލް އަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި

09 އޮކްޓޯބަރު 2025
ފަލަސްޠީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ސްޕެއިންގެ ބޮޑު ވަޒީރު ގޮވާލައްވައިފި

ފަލަސްޠީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ސްޕެއިންގެ ބޮޑު ވަޒީރު ގޮވާލައްވައިފި

23 ސެޕްޓެމްބަރު 2025
ޣައްޒާގެ އިންސާނީ ހައްގު ތަކުގެ މައްސަލަ ސްޕެއިން އިން ތަހުގީގު ކުރަނީ

ޣައްޒާގެ އިންސާނީ ހައްގު ތަކުގެ މައްސަލަ ސްޕެއިން އިން ތަހުގީގު ކުރަނީ

18 ސެޕްޓެމްބަރު 2025
ޣައްޒާގެ އިންސާނީ ޙާލަތާ މެދު ސްޕެއިންގެ ރަސްގެފާނު ކަންބޮޑުވުން ފާޅު ކުރައްވައިފި

ޣައްޒާގެ އިންސާނީ ޙާލަތާ މެދު ސްޕެއިންގެ ރަސްގެފާނު ކަންބޮޑުވުން ފާޅު ކުރައްވައިފި

17 ސެޕްޓެމްބަރު 2025
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ސްޕެއިންގެ ރައްޔިތެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ސްޕެއިންގެ ރައްޔިތެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

12 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު