Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްޠީނުގެ ދައުލަތް

ފަލަސްޠީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ސްޕެއިންގެ ބޮޑު ވަޒީރު ގޮވާލައްވައިފި

23 ސެޕްޓެމްބަރު 2025 | އަންގާރަ 08:20

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަންޗޭޒް ވިދާޅުވެފައި ވަނީ، އެ ސަމިޓަކީ ވަރަށް މުހިންމު ފެށުމެއް ކަމަށާއި، ނަމަވެސް އެއީ އެ ދަތުރުގެ ނިމުމެއް ނޫން ކަމަށެވެ. އަދި ފަލަސްޠީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ލިބެން ޖެހޭ ކަމަށާއި، އެހެން ޤައުމު ތަކެކޭ އެއް ފަދައިން ފަލަސްޠީނަށް ވެސް އދ އާ ގުޅުމުގެ ފުރުސަތު ވީ އެންމެ އަވަހަކަށް ލިބެން ޖެހޭ ކަމުގައި ސަންޗޭޒް ވަނީ ވިދާޅުވެފަ އެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗެޒް ވަނީ ފަލަސްޠީނަށް އދ ގެ ފުރިހަމަ މެމްބަރޝިޕް ދިނުމަށް ގޮވާލައްވާފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ސެޕްޓެމްބަރު 2025 | އަންގާރަ 08:20
ދެ ދައުލަތުގެ ޙައްލު ހޯދުމަށް ބޭއްވި ސަމިޓުގައި ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް ވާހަކަ ދައްކަވަނީ

ދެ ދައުލަތުގެ ޙައްލު ހޯދުމަށް ބޭއްވި ސަމިޓުގައި ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް ވާހަކަ ދައްކަވަނީ

ފަލަސްްޠީނަށް، އދ ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް ގޮވާލައްވައިފި އެވެ.

ސަންޗޭޒް މިފަދައިން ގޮވާލައްވާފައި ވަނީ ފްރާންސް އާއި ސައުދީ އަރަބިއްޔާގެ އިސް ނެގުމުގެ މަތިން ބޭއްވުނު ދެ ދައުލަތުގެ ޙައްލަށް މަޝްވަރާ ކުރުމުގެ ސަމިޓުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަންޗޭޒް ވިދާޅުވެފައި ވަނީ، އެ ސަމިޓަކީ ވަރަށް މުހިންމު ފެށުމެއް ކަމަށާއި، ނަމަވެސް އެއީ އެ ދަތުރުގެ ނިމުމެއް ނޫން ކަމަށެވެ. އަދި ފަލަސްޠީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ލިބެން ޖެހޭ ކަމަށާއި، އެހެން ޤައުމު ތަކެކޭ އެއް ފަދައިން ފަލަސްޠީނަށް ވެސް އދ އާ ގުޅުމުގެ ފުރުސަތު ވީ އެންމެ އަވަހަކަށް ލިބެން ޖެހޭ ކަމުގައި ސަންޗޭޒް ވަނީ ވިދާޅުވެފަ އެވެ.

ސަންޗޭޒް އަކީ، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އާއި، ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އެންމެ ގަދައަށް ވާހަކަ ދައްކަވާ އެއް ބޭފުޅާ އެވެ. އޭނާ އަންނަނީ އިސްރާއީލް އަށް ވަރަށް ބޮޑަަށް ފާޑު ވިދާޅުވަމުންނެވެ. މިދިޔަ މެއި މަހުގެ ތެރޭގައި ސްޕެއިން އިން ވަނީ، އަޔެލެންޑް އަދި ނޯވޭއާ އެކު ފަލަސްޠީނުގެ މިނިވަން ދައުލަތް ވެސް ބަލައިގެންފަ އެވެ.

އިސްރާއީލްއާ ދެކޮޅަށް ސަންޗޭޒް ފާޑު ވިދާޅުވަމުން ގެންދަވާތީ، އިސްރާއީލް އިން އަންނަނީ ސަންޗޭޒް އަށް ނުރުހުމުގެ ބަސްތައް އަމާޒު ކުރަމުންނެވެ. އެގޮތުން އިސްރާއީލްގެ ފޮރިން މިނިސްޓަރު ގިޑިއަން ސާރް ވަނީ، މި ފަހަކަށް އައިސް ސަންޗޭޒް އަށް "އެންޓިސެމިޓިކް" އަދި "ދޮގުވެރިއެއް"ގެ ގޮތުން މުޚާތަބު ކުރަމުންނެވެ.

އެއީ ސްޕެއިންގެ ވުލެއްޓާ ސައިކަލު ރޭހުގައި ފަލަސްޠީނަށް ތާއީދުކޮށް ކުރި މުޒާހަރާތަކާ ގުޅިގެން، ސަންޗޭޒް އެކަމަށް ތާއީދު ކުރެއްވުމުންނެވެ. އެ މައްސަލަތަކާ ގުޅިގެން ސްޕެއިންގެ ވެރި ރަށް މެޑްރިޑުގައި ހުންނަ އިސްރާއީލްގެ އެންމެ އިސް ޑިޕްލޮމެޓް ވެސް ވަނީ ޙާޟިރުކޮށް ސުވާލު ކޮށްފަ އެވެ.

އދ ގެ ފުރިހަމަ މެމްބަރުކަން ފަލަސްޠީނަށް ދިނުމަށް ސަންޗޭޒް ގޮވާލެއްވުމާ އެކު، ޣައްޒާގައި ހިންގަމުންދާ އަނިޔާވެރިކަން ހުއްޓުވައި، ސުލްޙަވެރިކަން ޤާއިމު ކުރުމަށް ފިޔަވަޅުތައް އަޅަން ވެސް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

މިފަހަކަަށް އައިސް ސަންޗޭޒް އަންނަނީ ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތްތަކުން ވެސް އިސްރާއީލް ބޮއިކޮޓް ކުރުމަށް ވަކާލާތު ކުރައްވަމުންނެވެ. އެގޮތުން، އިސްރާއީލް އިން ބައިވެރިވާ ކުޅިވަރު މުބާރާތްތަކުގައި ސްޕެއިން އިން ބައިވެރި ނުވާނެ ކަމަށް ބުނެ ސަންޗޭޒް ވަނީ ވާހަކަ ދައްކަވައިފަ އެވެ.

މަސްދަރު: އޭއެފްޕީ

ޕެޑްރޯ ސަންޗޭޒްފަލަސްތީނުއިސްރާއީލް-ޣައްޒާސްޕެއިންފަލަސްޠީނު ދައުލަތްޣައްޒާ ހަނގުރާމަ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
23 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ
22 ނޮވެމްބަރު 2025

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

22 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް