Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްޕެއިން

އަހަރެއްގެ ވާރޭ 8 ގަޑިއިރުގެ ތެރޭގައި ވެހި، ސްޕެއިންގައި އެތައް ބަޔަކު މަރުވެއްޖެ

30 އޮކްޓޯބަރު 2024 | ބުދަ 14:37

މީހުން ސަލާމަތްކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވުމަށް 1،000 އަށްވުރެ ގިނަ ސިފައިން ހަރަކާތްތެރި ވަމުން ދާއިރު ވީނުވީ އެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވަރަށް ގިނަ ކަމަށް ޚަބަރުތައް ބުނޭ

ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2024 | ބުދަ 14:37
ސްޕެއިންގެ ބައެއް ސަރަހައްދުތަކަށް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި

ސްޕެއިންގެ ބައެއް ސަރަހައްދުތަކަށް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި

ސްޕެއިންގެ ދެކުނު އިރުމަތީ ސަރަހައްދަކަށް އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހި ނުރައްކާތެރި މިންވަރަކަށް ފެންބޮޑުވުމާ ގުޅިގެން މަދުވެގެން 51 މީހުން މަރުވެއްޖެއެވެ.

ވެލެންސިއާ ކައިރީގައިވާ ޗީވާ ޓައުނުގައި އަހަރެއްގެ ތެރޭގައި ވެހޭ މިންވަރަށް ވުރެ ގިނައިން ވާރޭ ވެހިފައިވަނީ އެންމެ 8 ގަޑިއިރުގެ ތެރޭގައެވެ. އަދި ޓައުނުގެ އޮފިޝަލުން ބުނާ ގޮތުގައި މަރުވެފައިވާ މީހުންގެ އަދަދު ކަނޑައެޅުމަކީ "ކުރެވޭނެ ކަމެއް ނޫން" ކަމުގައެވެ.

ސޯޝަލް މީޑިއާއަށް އަޕްލޯޑްކޮށްފައިވާ ފުޓޭޖްތަކުން ދައްކާ ގޮތުގައި ފެންބޮޑުވުމުގެ ސަބަބުން އެ ސަރަހައްދުގައި ބޮޑު ބިރުވެރިކަމެއް އުފެދި، ފާލަންތައް ވެއްޓި، ކާރުތައް މަގުމަތީގައި އޮޔާ ގޮސް މަގުތަކުގައި ފުނިޖެހިފައިވެއެވެ. އެހެން ވީޑިއޯތަކުން ފެންނަ ގޮތުގައި މަގުތަކުގައި ދެމެމުން ދިޔަ ފެންގަނޑުން ސަލާމަތްވުމަށް ގަސްގަހުގައި ހިފަހައްޓައިގެން މީހުން ތިބިތަން ފެނެއެވެ.

ސްޕެއިންގެ ގިނަ ސަރަހައްދުތަކެއްގައި ބޯކޮށް ވެހުނު ވާރެއާއި ގަދަ ވިއްސާރައިގެ ސަބަބުން ކުއްލި ފެންބޮޑުވުން މެދުވެރިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވުމަށް 1،000 އަށްވުރެ ގިނަ ސިފައިން ހަރަކާތްތެރި ވަމުން ދާއިރު ވީނުވީ އެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވަރަށް ގިނަ ކަމަށް ޚަބަރުތައް ބުނެއެވެ. 

ސްޕެއިންގެ ރަސްގެފާނު ފެލިޕޭ ހަވަނަ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ފެންބޮޑުވުމުގެ ހާދިސާގެ ސަބަބުން "ހިތާމަކުރައްވާ" ކަމަށާއި، މަރުވި މީހުންގެ އާއިލާތަކަށް "އިޚްލާސްތެރި ތައުޒިޔާ" ފޮނުއްވާ ކަމަށް ވިދާޅުވެފައިވެއެވެ. 

ހާލުގައި ޖެހި ތާށިވެފައިވާ މީހުންނާއި ގެއްލިގެން ހޯދާ މީހުންނާ ބެހޭ އެތައް ހާސް ފޯން ކޯލުތައް ރޭޑިއޯ އަދި ޓީވީ ސްޓޭޝަންތަކަށް އަންނަމުންދާ ކަމަށް ރިޕޯޓުކުރެވެއެވެ. އެމަޖެންސީ ސަރވިސްތަކުން ބައެއް ސަރަހައްދުތަކަށް ވާސިލުވުމަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ފެންބޮޑުވުމުގެ އަސަރު ބޮޑަށް ކޮށްފައިވާ ސަރަހައްދުތަކުގައި ގެއްލިފައިވާ މީހުން ހޯދުމަށް ޑްރޯން ބޭނުންކުރަމުންދާ ކަމަށާއި ހެލިކޮޕްޓަރުގެ އެހީގައި މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ހިނގަމުންދާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ސްޕެއިން

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2025

އިސްރާއީލް އަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި

09 އޮކްޓޯބަރު 2025
އިސްރާއީލް އަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި
23 ސެޕްޓެމްބަރު 2025

ފަލަސްޠީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ސްޕެއިންގެ ބޮޑު ވަޒީރު ގޮވާލައްވައިފި

23 ސެޕްޓެމްބަރު 2025
ފަލަސްޠީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ސްޕެއިންގެ ބޮޑު ވަޒީރު ގޮވާލައްވައިފި
18 ސެޕްޓެމްބަރު 2025

ޣައްޒާގެ އިންސާނީ ހައްގު ތަކުގެ މައްސަލަ ސްޕެއިން އިން ތަހުގީގު ކުރަނީ

18 ސެޕްޓެމްބަރު 2025
ޣައްޒާގެ އިންސާނީ ހައްގު ތަކުގެ މައްސަލަ ސްޕެއިން އިން ތަހުގީގު ކުރަނީ
17 ސެޕްޓެމްބަރު 2025

ޣައްޒާގެ އިންސާނީ ޙާލަތާ މެދު ސްޕެއިންގެ ރަސްގެފާނު ކަންބޮޑުވުން ފާޅު ކުރައްވައިފި

17 ސެޕްޓެމްބަރު 2025
ޣައްޒާގެ އިންސާނީ ޙާލަތާ މެދު ސްޕެއިންގެ ރަސްގެފާނު ކަންބޮޑުވުން ފާޅު ކުރައްވައިފި
12 ސެޕްޓެމްބަރު 2025

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ސްޕެއިންގެ ރައްޔިތެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

12 ސެޕްޓެމްބަރު 2025
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ސްޕެއިންގެ ރައްޔިތެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
01 ނޮވެމްބަރު 2024

ސްޕޭނަށް އައި ވިއްސާރައިގެ ތޫފާނުގައި މަރުވި މީހުންގެ އަދަދު 205ށް އަރައިފި

01 ނޮވެމްބަރު 2024
ސްޕޭނަށް އައި ވިއްސާރައިގެ ތޫފާނުގައި މަރުވި މީހުންގެ އަދަދު 205ށް އަރައިފި
06 ޖޫން 2024

ސްޕެއިންގެ ތާއީދު ފަލަސްތީނަށް، އިޒްރޭލްގެ އިންތިހާ ރުޅި ސްޕެއިނަށް

06 ޖޫން 2024
ސްޕެއިންގެ ތާއީދު ފަލަސްތީނަށް، އިޒްރޭލްގެ އިންތިހާ ރުޅި ސްޕެއިނަށް
22 މެއި 2024

ނޯވޭ، އަޔަލޭންޑް އަދި ސްޕެއިން އިން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި

22 މެއި 2024
ނޯވޭ، އަޔަލޭންޑް އަދި ސްޕެއިން އިން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި
21 މާރިޗު 2024

ސްޕޭނުގެ ފުލުހުން ފުޓްބޯޅަ ފެޑަރޭޝަނަށް ވަދެއްޖެ، ކުރީގެ ރައީސް ހައްޔަރުކުރަނީ

21 މާރިޗު 2024
ސްޕޭނުގެ ފުލުހުން ފުޓްބޯޅަ ފެޑަރޭޝަނަށް ވަދެއްޖެ، ކުރީގެ ރައީސް ހައްޔަރުކުރަނީ
01 ޖުލައި 2023

ދުވަސް ނުފުރައި އިންތިހާއަށް ޅަފަތުގައި އުފަންވާ ކުދިންގެ ފުރާނަ ސަލާމަތްކުރުމަށް އާ އުއްމީދެއް!

01 ޖުލައި 2023
ދުވަސް ނުފުރައި އިންތިހާއަށް ޅަފަތުގައި އުފަންވާ ކުދިންގެ ފުރާނަ ސަލާމަތްކުރުމަށް އާ އުއްމީދެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް