Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އެމެރިކާގައި ދަރިވަރުންގެ ލޯނު މާފުކުރުން ސުޕްރީމް ކޯޓުން ހުއްޓުވައިފި

1 ޖުލައި 2023 | ހޮނިހިރު 08:17

ރޮއިޓާސް އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އެމެރިކާގެ އާބާދީގެ 53 އިންސައްތަ ބައިޑެންގެ ނިންމެވުމަށް ތާއީދު ކުރޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 1 ޖުލައި 2023 | ހޮނިހިރު 08:17
ބައިޑަން

ބައިޑަން

އެމެރިކާގައި ދަރިވަރުންގެ ލޯނު މާފުކޮށްދެއްވުމަށް އެ ޤައުމުގެ ރައީސް ޖޯ ބައިޑެން ނިންމެވި ނިންމުން އެ ޤައުމުގެ ސުޕްރީމް ކޯޓުން ހުއްޓުވައިފިއެވެ.

ދަރިވަރުންގެ ލޯނުގެ ގޮތުގައި 430 ބިލިއަން ޑޮލަރުގެ ލޯނު ހުރި އިރު އެ ލޯނުތައް މާފުކޮށްދެއްވާނެ ކަމަށް ބައިޑެން ވައުދުވެވަޑައިގެންނެވިއެވެ. މީގެ ސަބަބުން އެ ޤައުމުގެ 43 މިލިއަން މީހުންނަށް ލޯނުތަކުން ސަލާމަތްވެވޭނެ ކަމަށް އެ ޤައުމުގެ ސަރުކާރުން ގަބޫލު ކުރެއެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުން ހުކުރު ދުވަހު ނިންމީ އެ ސިޔާސަތު ތަންފީޒު ނުކުރުމަށެވެ. އެގޮތުން، ބައިޑެންގެ ނިންމެވުމަށް ތާއީދު ކުރެއްވީ ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންނެވެ. ހަ ފަނޑިޔާރުން ވަނީ ލޯނު މާފު ނުކުރުމަށް ތާއީދުކުރައްވާފައެވެ.

ލޯނު މާފުކޮށްދެއްވާނެކަން ބައިޑެން އިއުލާން ކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. މިހާތަނަށް 26 މިލިއަން މީހުން އެ ލޯނުތައް މާފުކޮށްދިނުމަށް އެދިފައިވާ ކަމަށް އެމެރިކާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ބައިޑެންގެ މި ނިންމެވުމަށް ސުޕްރީމް ކޯޓުން ހުރަސް އަޅާފައިވާއިރު މިއީ ސިޔާސީ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި އެމެރިކާގެ ގިނަ މީހުންނަކީ ލޯނުގެ ބުރަ އުފުލަން ޖެހިފައިވާ މީހުންނަށްވާއިރު ލޯނު ނަގާފައިވާ އެހެން މީހުންނަށް އެއްވެސް ލުޔެއް ނުދީ ހަމައެކަނި ދަރިވަރުންގެ ލޯނުތައް އެއްކޮށް މާފު ކުރުމަކީ ތަފާތު ކުރުމެއް ކަމަށް ވެސް ގިނަ ބަޔަކު ދެކެއެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާއެކު ބައިޑެން ވަނީ ސުޕްރީމް ކޯޓުގެ ނިންމުން ކުށްވެރިކުރައްވައި، ލޯނުތަކަށް ލުއިދެއްވަން އިތުރު ގޮތްތަކެއް ހޯއްދަވާނެ ކަމަށް ވިދާޅުވެފައެވެ.

ރޮއިޓާސް އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އެމެރިކާގެ އާބާދީގެ 53 އިންސައްތަ ބައިޑެންގެ މި ނިންމެވުމަށް ތާއީދު ކުރެއެވެ.

އެމެރިކާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ޗާލީ ކާކް މަރާލި ކަމަށް ތުހުމަތު ކުރެވޭ ރޮބިންސަން ފުރަތަމަ ފަހަރަށް ޝަރީއަތަށް ޙާޒިރު ކޮށްފި

14 ޑިސެމްބަރު 2025
ޗާލީ ކާކް މަރާލި ކަމަށް ތުހުމަތު ކުރެވޭ ރޮބިންސަން ފުރަތަމަ ފަހަރަށް ޝަރީއަތަށް ޙާޒިރު ކޮށްފި
12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ
05 ޑިސެމްބަރު 2025

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
29 ނޮވެމްބަރު 2025

ނެޝަނަލް ގާޑުގެ ދެ މެމްބަރުންނަށް ހަމަލާ ދިން މީހާ އަށް ކުރަނީ ފުރަތަމަ ދަރަޖައިގެ މަރުގެ ދައުވާ

29 ނޮވެމްބަރު 2025
ނެޝަނަލް ގާޑުގެ ދެ މެމްބަރުންނަށް ހަމަލާ ދިން މީހާ އަށް ކުރަނީ ފުރަތަމަ ދަރަޖައިގެ މަރުގެ ދައުވާ
27 ނޮވެމްބަރު 2025

ވައިޓް ހައުސް ކައިރިން ނެޝަނަލް ގާޑުގެ ދެ މެމްބަރުންގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

27 ނޮވެމްބަރު 2025
ވައިޓް ހައުސް ކައިރިން ނެޝަނަލް ގާޑުގެ ދެ މެމްބަރުންގެ ގަޔަށް ބަޑި ޖަހައި މަރާލައިފި
26 ނޮވެމްބަރު 2025

ވީ އެންމެ އަވަސް ފުރުސަތެއްގައި ޒެލެންސްކީ އެމެރިކާ އަށް ވަޑައިގަންނަވަނީ

26 ނޮވެމްބަރު 2025
ވީ އެންމެ އަވަސް ފުރުސަތެއްގައި ޒެލެންސްކީ އެމެރިކާ އަށް ވަޑައިގަންނަވަނީ
07 ނޮވެމްބަރު 2025

ބައިނަލްއަގްވާމީ ޣައްޒާ ފޯސް މެންޑޭޓާ ގުޅޭ ގޮތުން ސެކިއުރިޓީ ކައުންސިލްގައި މަޝްވަރާތައް ފަށަން ނިންމައިފި

07 ނޮވެމްބަރު 2025
ބައިނަލްއަގްވާމީ ޣައްޒާ ފޯސް މެންޑޭޓާ ގުޅޭ ގޮތުން ސެކިއުރިޓީ ކައުންސިލްގައި މަޝްވަރާތައް ފަށަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް