Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ުޔޫނިއަން ސްޕޯރޓްސް ފުޓްސަލް މުބާރާތް

ޔޫނިއަން ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އާރުބީޖީ ސްޕޯރޓްސް ކްލަބް ހޯދައިފި

ފައިނަލް މެޗު ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 1 ޖުލައި 2023 | ހޮނިހިރު 04:14
ޔޫނިއަން ސްޕޯރޓްސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަން އާރުބީޖީ

ޔޫނިއަން ސްޕޯރޓްސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަން އާރުބީޖީ

އއ.މަތިވެރި ޔޫނިއަން ސްޕޯރޓްސް ކްލަބްގެ ފުޓްސެލް މުބާރާތުގެ ޗެމްޕިއަންކަން އާރުބީޖީ ސްޕޯރޓްސް ކްލަބުން ހޯދައިފިއެވެ.

އެޓީމުން ތިންވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި އެފްޓީ ވޭލިއަންޓާ ވާދަކޮށް ފުރިހަމަ ވަގުތު 3-3 ން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-3 ން ކުރި ހޯދައިގެންނެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ އެފްޓީ ވޭލިއަންޓްގެ ރިމާހުއެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ އިބްރާހީމް ޝާޒުއެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ދެ ކުޅުންތެރިއަކު ރަންބޫޓް ހިއްސާކުރިއެވެ. އެއީ ސިރުހާންއާއި މުޙައްމަދު އިމްރާންއެވެ. ކޮންމެ ކުޅުންތެރިއަކު ހަތް ލަނޑު ޖެހިއެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ޒިޔާމް, އައިހަމް, ޝިރުހާން, ވަޖީހު އަދި ރިމާހު އެވެ. ފެއަރޕްލޭ ޓީމަކީ ޔަންގް ޕްލޭޔާސް ސްޕޯރޓްސް ކްލަބެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައި އޮތީ 30,000 އަދި ރަނަރަޕް ޓީމަށް 11,000 ރުފިޔާ އެވެ. މިއީ ޔޫނިއަން ސްޕޯރޓްސް ކްލަބުން މިމުބާރާތް ބޭއްވި 17 ވަނަ ފަހަރެވެ.

މަތިވެރި

އިތުރަށް ކިޔާލަން

19 އޯގަސްޓު 2025

މަތިވެރީ ގައި އެއަރޕޯޓެއް ތަރައްގީ ކުރަނީ

19 އޯގަސްޓު 2025
މަތިވެރީ ގައި އެއަރޕޯޓެއް ތަރައްގީ ކުރަނީ
09 ޑިސެމްބަރު 2024

މިއަންނަ އަހަރު މަތިވެރީގެ އެއަރޕޯޓް އެޅުން ކުރިއަށްދާނެ: ރައީސް މުއިއްޒު

09 ޑިސެމްބަރު 2024
މިއަންނަ އަހަރު މަތިވެރީގެ އެއަރޕޯޓް އެޅުން ކުރިއަށްދާނެ: ރައީސް މުއިއްޒު
24 ޖޫން 2023

މަތިވެރީ ޔޫނިއަން ފުޓްސަލް މުބާރާތް ފަށައިފި

24 ޖޫން 2023
މަތިވެރީ ޔޫނިއަން ފުޓްސަލް މުބާރާތް ފަށައިފި
02 ޖޫން 2023

މަތިވެރި ޔޫނިއަން ސްޕޯރޓްސް ކްލަބްގެ ފުޓްސަލް މުބާރާތް މިމަހު 22ގައި

02 ޖޫން 2023
މަތިވެރި ޔޫނިއަން ސްޕޯރޓްސް ކްލަބްގެ ފުޓްސަލް މުބާރާތް މިމަހު 22ގައި
04 ފެބުރުއަރީ 2023

މަތިވެރިން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުން

04 ފެބުރުއަރީ 2023
މަތިވެރިން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުން
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު