Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގެއްލުނު ހައްޖުވެރިޔާ ނިޔާވުން

ގެއްލުނު ހައްޖުވެރިޔާ ނިޔާވެފައި އޮއްވާ ފެނުނީ ނޫރު ފަރުބަދަކައިރިން

ނިޔާވީ އަލް ހަރަމިން ގްރޫޕްގެ ހައްޖަށް ދިޔަ އުމުރުން 72 އަހަރުގެ މުހައްމަދު ނަސީމް އަލީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 30 ޖޫން 2023 | ހުކުރު 04:08
މަރުޙޫމު މުޙައްމަދު ނަސީމު

މަރުޙޫމު މުޙައްމަދު ނަސީމު

ގެއްލިގެން ހޯދަމުންދިޔަ ހައްޖުވެރިޔާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ނިޔާވީ އަލް ޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހަވާލުގައި މި އަހަރު ދިވެހިރާއްޖެއިން ޙައްޖަށް ދިޔަ ރ. މާކުރަތު، މަލަ، މުޙައްމަދު ނަސީމް ޢަލީ (72) އެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ މުހައްމަދު ނަސީމް މަރުވެފައި އޮއްވާ ފެނުނީ ނޫރު ފަރުބަދައާ ދިމާލުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ނަސީމް ފެނުނީ ހައްޖުވެރިންގެ ކަންތައްތައް ބަލަހައްޓަން ކަނޑައަޅާފައިވާ މުތައްވިފުންގެ ބޭފުޅުންނަށް ކަމަށެވެ. އަދި އޭނާ ފެނިގެން އޭނާ ނިސްބަތްވާ ހައްޖު ގްރޫޕަށް އެކަން އެންގުމުން، އެ ގްރޫޕުގެ ޑޮކްޓަރާއި ގްރޫޕްގެ އިސްބޭފުޅުން އެތަނަށް ދިޔުމަށް މަސައްކަތް ފަށައި، ނަސީމްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދެވުނުކަމަށެވެ. އެބޭފުޅުން ހޮސްޕިޓަލަށް ވަޑައިގެން އެއީ ގެއްލިގެން އުޅުނު ހައްޖުވެރިޔާތޯ ކަށަވަރުކުރެއްވި ކަމަށާއި އަދި އެކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި މުހައްމަދު ނަސީމްގެ އަންހެނުން ވެސް ހޮސްޕިޓަލަށް ގެންގޮސް، އޭނާގެ ހަށިގަނޑު ދައްކާ އެކަން ކަށަވަރުކުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަރުޙޫމު މުޙައްމަދު ނަސީމު ޢަލީ ވަނީ ޙައްޖު މަހުގެ 8 ވަނަ ދުވަހުގެރޭ މިނާ ޓެންޓުން ނުކުތް ފަހުން ވީނުވީއެއް ނޭނގި ގެއްލިފައެވެ. މުޙައްމަދު ނަސީމް ޢަލީ ހޯދުމަށް ދިވެހި ޙައްޖު މިޝަނާއި، ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އާއި އަލްޙަރަމައިން ކުންފުނިން ސައޫދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ދިޔައީ މަސައްކަތް ކުރަމުންނެވެ.

އިސްލާމިކް މިނިސްޓްރީހައްޖު

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަހަރުގެ ހައްޖު ގައި މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ ގައި ފޮޓޯ ނެގުން މަނާ ކުރީތަ؟

މިއަހަރުގެ ހައްޖު ގައި މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ ގައި ފޮޓޯ ނެގުން މަނާ ކުރީތަ؟

17 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު