Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މާލޭ ރައްޔިތުންނަށް ގޯތި ދިނުން

މާލޭ ރައްޔިތުންނަށް ޒަމާނަކުން އައި، ޒަމާނެކޭ މިއީ

މާލޭ ރައްޔިތުންނަށް ގޯތި ދޭން މި ނިންމީ 36 އަހަރު ފަހުން

ރާއްޖެ އެމްވީ | 27 ޖޫން 2023 | އަންގާރަ 17:48
މާލެ ސިޓީ - 26 ޖޫން 2023 ވަނަ ދުވަހަކީ މާލޭ ރައްޔިތުންގެ ޒަމާންވީ އަނދިރި ދިރިއުޅުމަށް އައި އުފާވެރި ދުވަހެއް

މާލެ ސިޓީ - 26 ޖޫން 2023 ވަނަ ދުވަހަކީ މާލޭ ރައްޔިތުންގެ ޒަމާންވީ އަނދިރި ދިރިއުޅުމަށް އައި އުފާވެރި ދުވަހެއް

މާލޭގެ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން, ކުރެވޭ ކަމަކަށްވުރެ ދެއްކޭ ވާހަކަ ގިނަކަމަށް ވިދާޅުވި ބޭފުޅަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ. އެއާއެކު 2022 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން, މިކަމާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވި ބަސްފުޅު ހަގީގަތަކަށް ވެގެން އަންނަތަން ރައްޔިތުންނަށް ފެނުނީ އިއްޔެއެވެ.

ތަފާތަކީ މީގެ ކުރިން މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށްޓަކައި ސަރުކާރުން ރައްޔިތުންނަށް ޖެއްސި އެއްވެސް ތަކުލީފެއް ތުރާލެއް މިފަހަރު ނުޖެހޭކަމެވެ. ދޭހާ އަތްވާއި ވެހޭހާ ވާރޭގައި މަގުތައްމަތީގައި ކިއުޖެހިގެން، ރޭނިދި ނުނިދައި ރައްޔިތުން އުފުލަން އޭރު ޖެއްސި ބުރައިގެ ހިލަމެއްވެސް މިފަހަރަކު ނުވެއެވެ. އަދި ކޮބާ ހެއްޔެވެ؟ އެފަހަރު އެހާލުގައިރައްޔިތުން ޖެއްސީ، ނިމޭނެ ދުވަހެއް ނޭނގޭ، ހިޔާ ފްލެޓޭ ކިޔާ ކޮންކްރީޓް ތަނބު ތަކެއްގެ އަވާގައެވެ. އެތަން ނިންމައި މީހުން އާބާދުކުރަންޖެހުނީ ދެން އައި މީހުންނެވެ. އެއީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ މިދައުރުގަައި ނިންމައި މީހުން އާބާދުކުރި ހިޔާ ފްލެޓްތަކެވެ.

ރައްޔިތުން އަވީލާ ބޯދާ އެ ވިސްނުމުން ސަރުކާރު ހިންގާއިރު ފެންނާނީ އެބައިމީހުން ދައްކާ، ހަގީގަތެއް ނެތް ކުލަ މަންޒަރުތަކާއި އަވާމެންދުރެވެ.

ކަދުރު ރުއްތަކެއް ވަށައިގެން ކުލަބޮކި ދިއްލައި، އީދު މުބާރިކް ޖަހައިގެން ދައްކާ ދަޅައިން މާލޭގެ ރަށްވެއްސަކަށް ލިބޭ ފަސޭހައެއް، ވާ ރަނގަޅެއް ނެތެވެ. އެހެން ވިޔަސް މޭޔަރު ބޭނުންފުޅުވަނީ ކަމެއް ނެތް ޅޮސް އުނދޯލީގައި ބައިތިއްބައިގެން ރައްޔިތުން ހައްލާށެވެ. މާލެ ސިޓީ ކައުންސިލުން ހިންގާ އެބާވަތުގެ ޑްރާމާ، މާލެ ވަށައި ބުރެއް ޖަހައި ރަށުތެރޭގައި ދުއްވާލީމައި ކުލަކޮށް އެހުރީ ފެންނާށެވެ. ހައްތަހާވެސް ކުލަ މަޖަލެވެ.

އިއްޔެ ފެނުނީ އޭގެ އަނެއް ކޮޅެވެ. ހައްޖު ވިލޭރެއަށް އިރު އޮއްސުނީ މާލޭ ރައްޔިތުންގެ ޒަމާންވީ އަނދިރި ދިރިއުޅުމަށް އެރި އިރާއެކުގައެވެ.

ރިޔާސީ ފުރަތަމަ ދައުރު ނިމުމުގެ ކުރިން މާލޭގެ ރައްޔިތުންނަށް ބިންކަނޑައި، އިން ވަކިކޮށް، މަދުވެގެން 5000 ގޯތި ދެއްވާނެކަމުގެ ވައުދަކީ ރައީސް ސާލިހުގެ ވައުދުފުޅެކެވެ. ތެދެކެވެ. އިއްޔެ އެ އިއުލާންކުރެއްވީ އެވިދާޅުވި "މަދުވެގެން" 5000 ގޯތި ދެއްވާ ވަގުތީ ލިސްޓެވެ.

މިކަމަށްޓަކައި އެއްވެސް ރައްޔިތަކު އުފުލި ތަކުލީފެއް، ޖެހެން ޖެހުނު ކިއުއެއް، ހޭލައި ހުންނަން ޖެހުނު އެންމެ ރެޔެއްވެސް ނެތި، ވަގުތީ ލިސްޓް އާންމުކުރައްވައި، ޝަކުވާއަށް ހުޅުއްވައިލެއްވީ ޒަމާނީ ގޮތަށެވެ.

މިނިސްޓަރު އަސްލަމް އިއްޔެ ވިދާޅުވި ބައެއް ބަސްފުޅުތަކުގައި މާނަވީ އަސަރެއް ހުއްޓެވެ. މިސާލަކަށް މިއީ ޝަކުވާއަށް ހުޅުވާލެވިފައިވާ، ލައިވް ވަގުތީ ލިސްޓެއްކަމުގައި އަސްލަމް ވިދާޅުވިއެވެ. އޭގެ މާނައަކީ މިއީ ފަހަރުގައި ބަދަލު އަންނާނެ، ދިރިދިރިއޮތް ވަގުތީ ލިސްޓެއްކަމެވެ. ނަމަވެސް ބާރުލައްވައި މިނިސްޓަރު އަސްލަމް ވިދާޅުވީ މި ލިސްޓުގައިވާ މީހަކު އުނިވުމަށްވުރެ ފުރުސަތު ބޮޑީ ލިސްޓަށް އިތުރުވުން ކަމުގައެވެ. ސަބަބަކީ ޖޮއިންޓްވުމުގެ ސަބަބުން، ކުރިން ނެތް މީހަކު އަލުން މި ލިސްޓަށް ވަދެ، މާލެއިން ބިންވެރިވުމުގެ ފުރުސަތު އޮތް ވާހަކައެވެ.

ޖޮއިންޓް ވުމުގެ ފުރުސަތު އޮތް މީހުން ތިބިނަމަވެސް، އޭނާއާ ޖޮއިންޓްވުމަށް ފުރުސަތު ނެތް މަދު ބަޔަކުވެސް މި ލިސްޓުގައި އެބަވެއެވެ.

މިސާލަކަށް؛ އެއީ އަތޮޅު ތެރޭގެ ރަށެއްގެ ރަށްވެއްސަކާ ކައިވެނިކޮށްގެން، މާލޭގެ ރަށްވެހި މަންމައަކަށް ލިބުނު ހަމަ އެކަނި ދަރިފުޅެވެ. މަންމައަށް ވާރުތަވި ބިންކޮޅު ނުލިބި މަންމަ ނިޔާވުމުން، ވާރުތައިން މަހުރޫމްވެފައި ހުރި، އެ މަންމަގެ ޔަތީމު، އެހެނަސް މާލެއަށް އުފަން، މާލޭގެ ރަށްވެހި، އެކަނި ހުރި ދަރިފުޅެވެ. އޭނާގެ ޝަރުތު ހަމަވެއެވެ. އެހެންނަމަވެސް އޭނާއާ ޖޮއިންވާނެ، ޝަރުތު ހަމަވާ އެއްވެސް ދެވަނަ މީހަކު ނެތެވެ. ވަގުތީ ލިސްޓް ޝަކުވާއަށް ހުޅުވާލުމުން، މިއީ ބަދަލު އަތުވެދާނެ، ދިރިދިރި އޮތް ލައިވް ލިސްޓެކޭ މިނިސްޓަރު އަސްލަމް ވިދާޅުވީ މިބާވަތުގެ ސަބަބުތައް ހުރީމައެވެ.

ކޮންމެ ގޮތެއް ވިޔަސް 36 އަހަރު ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެގެން މިދިޔައީ މާލޭގެ މާނޭވާ ހަމަ ނޭވާއަށް ބަދަލުކޮށްދެއްވި ރައީސް ކަމުގައެވެ.

އިސްދޫ ދަރިކޮޅާއި ދިޔަމިގިއްޔާއި އުތީމު މަހާރަދުން ފަދަ، ރަށްފުށަށް ނިސްބަތްވި ބޭބޭފުޅުންގެ ޒަމާނަކީ މާ އިހު އެވޭލާ ތާރީޚެވެ. އޭގެފަހުން ހައްތަހާވެސް ވެރިކަން ކުރެއްވީ މާލެއަށް އުފަން، މާލޭގެ ޚާންދާނީ އިއްޒަތްތެރިންނެވެ. އައްސުލްތާން ހާޖީ އިމާދުއްދީންގެ ރަސްކަމުގައި މާލޭގެ ތަބަައީ ބިމުގެ ހޭޅިފަށާ ހަމައަށް ބަންޑާރަ ބިމުން ގޯތި ދިނުން ފުޅާވިއެވެ. އޭގެ ފަހުން އުފެދުނު ޖުމްހޫރީ ވެރިކަންތަކުގައި ގާތްގަނޑަކަށް މާލޭގެ ބިން ހުސްވެއްޖެއެވެ.

1978ގެ ފަހުން ޖެހުނީ އަތޮޅު ތެރޭގެ ރައްޔިތުން ލައްވާ ގެނެސް ޖެހި ބޮޑެތި ވެލިފުނިތަކުން މާލޭގެ ބިން ހިއްކާށެވެ.

36 އަހަރު ފަހުން، ބޮޑު އަދަދަކުން މާލޭގެ ބިމުން މާލޭ ރައްޔިތުންނަށް ގޯތި ދެއްވަން ނިންމެވީ، އަތޮޅުތެރެއަށް އުފަން ބޭފުޅަކު ވެރިކަމަށް ވަޑައިގެންނެވެ. އެއީ އަންނަ ސެޕްޓެމްބަރ 19ގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ރިޔާސީ ދެވަނަ ދައުރަށް ވާދަކުރައްވާ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ.

މާލެ ސިޓީގޯތި ގެދޮރުގެދޮރުވެރިޔާ ސްކީމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025
ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު

ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު

26 ނޮވެމްބަރު 2025
12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

24 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު