މަސް މާރުކޭޓް ސަރަހައްދުގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލައިފި
20 އޯގަސްޓު 2026 | ބުރާސްފަތި 01:07މާލޭ މަސް މާރުކޭޓު ސަރަހައްދުގައި ހިންގި މާރާމާރީއެއްގައި އަނިޔާވި ދިވެހި ފިރިހެނަކަށް އައިޖީއެމްއެޗްގައި ފަރުވާދީފި. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، މައްސަލައިގެ ތަހުގީގު ފަށާފައި

ޝާއިން މުޙައްމަދު | 20 އޯގަސްޓު 2026 | ބުރާސްފަތި 01:07

ކްރައިމް ސީނެއް ކަން އަންގައިދޭ ޓޭޕް ދަމާފައި. ފައިލް | ރާއްޖެއެމްވީ
މާލެ ސިޓީ މަސް މާރުކޭޓް ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލައިފި އެވެ.
ފުލުހުން ބުނީ ބުދަ ދުވަހުގެރޭ މާލެ މަސް މާރުކޭޓު ސަރަހައްދުގައި މާރާމާރީއެއް ހިންގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށެވެ. އަދި މި މާރާމާރީގައި ޒަހަމުވި ދިވެހި ފިރިހެނަކަށް އައިޖީއެމްއެޗް އިން ފަރުވާދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.











