Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެސިޓީ ކައުންސިލްގެ ސްމާޓް މަގުބައްތި

ތަކުބީރުގެ އަޑާއެކު މާލެސިޓީ ކައުންސިލްގެ ސްމާޓް މަގުބައްތިތަކުގެ ސްޕީކަރުތައް ބޭނުންކުރަންފަށައިފި

27 ޖޫން 2023 | އަންގާރަ 15:59

ހައްޖު ދުވަހުން ފެށިގެން އީދު ނިމެންދެން ތަކުބީރުގެ އަޑު އިއްވުމަށް ހަމަޖެހިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 ޖޫން 2023 | އަންގާރަ 15:59
މާލެސިޓީ ކައުންސިލްގެ ސްމާޓް މަގުބައްތިތަކުގެ ސްޕީކަރުތައް

މާލެސިޓީ ކައުންސިލްގެ ސްމާޓް މަގުބައްތިތަކުގެ ސްޕީކަރުތައް

ޗައިނާގެ އެހީގައި މާލެސިޓީ ކައުންސިލުން މާލޭ ބޮޑު ތަކުރުފާނު މަގުގައި ހަރުކުރި ސްމާޓް ސްޓްރީޓް ލައިޓްތަކުގެ ސްޕީކަރުތަކުން އަޑުހަރުކޮށް ތަކުބީރު އިއްވަން ފަށައިފިއެވެ.

ހައްޖު ދުވަހުގެ މެންދުރުން ފަހުން ފެށިގެން އެ ލައިޓްތަކުން ވަނީ އަޑު ހަރުކޮށް ތަކުބީރު އިއްވަން ފަށާފައެވެ.

Advertisement - newsAdvertisement

ހައްޖު ދުވަހުން ފެށިގެން އީދު ނިމެންދެން ތަކުބީރުގެ އަޑު އިއްވުމަށް ހަމަޖެހިފައިވާއިރު، މިއީ ސްމާޓް މަގުބައްތިތަކުގެ ސްޕީކަރު ސިސްޓަމް މެދުވެރިކޮށް އަޑު ފޮނުވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ތަކުބީރު އިއްވުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ:

27 ޖޫން :ހަވީރު 16:15އިން ފެށިގެން 18:00ށް، އަދި ރޭގަނޑު 20:15އިން 22:00ށް.

28 ޖޫން އަޟްޙާ އީދު ދުވަސް: ހެނދުނު 6:00ން ފެށިގެން 7:25ށް އަދި ހެނދުނު 8:15އިން 11:30ށް، މެންދުރުފަހު 14:15އިން 18:00ށް، އަދި ރޭގަނޑު 20:15އިން 22:00ށް.

29 ޖޫން: މެންދުރުފަހު 13:00ން 15:00ށް، އަދި ރޭގަނޑު 20:15އިން 22:00ށް މި ލައިޓްތަކުން ތަކުބީރުގެ އަޑު އިވޭނެއެވެ.

ކައުންސިލްގެ މަގުބައްތިތަކުން އިވެންފެށި ތަކުބީރުގެ އަޑާއެކު އާންމުން ދަނީ މާލެސިޓީ ކައުންސިލާއި މޭޔަރ މުއިއްޒުއަށް ޝުކުރު ދަންނަވައި، މިކަމާއެކު މާލެސިޓީ ކައުންސިލް ތާރީޚުގެ ތެރެއަށް ވަދެފައިވާކަމަށް ބުނަމުންނެވެ.

ކައުންސިލުން މާލޭގައި ޖަހަން ފަށާފައިވާ ސްމާޓް ސްޓްރީޓް ލައިޓްތަކުގައި ސްޕީކަރު ސިސްޓަމާއި، ފްރީ ވައިފައިއާއި، ޑިޖިޓަލް ލެޑް ސްކްރީނާއި، ސީސީޓީވީ ކެމެރާގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ފަސޭހަ ވާނެހެން އެންވަޔަރަންމަންޓް ސެންސަރު ހަރުކޮށްފައި ވެއެވެ.

ކައުންސިލުން ދަނީ މި މަގުބައްތިތައް މެދުވެރިކޮށް އެކިއެކި ދީނީ އަދި ގައުމީ މުނާސަބަތުތައް ފާހަގަކުރުމަށް އެކި މެސެޖުތައް ދެމުންނެވެ.

މާލެ ސިޓީކައުންސިލުން ވަނީ މިއަހަރުގެ އަޟްޙާ އީދަށް މަރުހަބާ ކިޔުމުގެ ގޮތުން މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގާއި، ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމަށް، މާލެއާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެއާއެކު 2224 ބޮކި ހަރުކޮށް ދިއްލާލާފައެވެ.

މާލޭ ސިޓީ ކައުންސިލް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް