Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާ އިން ގުންޑޮގާންއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފި

ގުންޑޮގާން ބާސާއާ ގުޅުނީ ތިންވަނަ އަހަރަށް އިތުރުކުރުމުގެ އޮޕްޝަނާއެކު، ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 27 ޖޫން 2023 | އަންގާރަ 11:07
އިލްކޭ ގުންޑޮގާން

އިލްކޭ ގުންޑޮގާން

ހިލޭ ޓްރާންސްފަރއެއްގެ ގޮތުގައި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު އިލްކޭ ގުންޑޮގާން ގެނައުމުގެ މަސައްކަތް ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ.

އުމުރުން 32 އަހަރުގެ ގުންޑޮގާން މި މަހުގެ ފަހުކޮޅު ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓުން ބޭރުގައި ހުރިއިރު، ތިންވަނަ އަހަރަށް އިތުރުކުރުމުގެ އޮޕްޝަނާއެކު، ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ބާސާއާ ގުޅުމަށް އޭނާ އެއްބަސްވެފައިވާކަމަށް ސްޕެއިންގެ ޗެމްޕިއަނުން ވަނީ ކަށަވަރުކޮށްދީފައެވެ. އޭނާގެ ރިލީޒް ކްލޯޒަކީ 400 މިލިއަން ޔޫރޯއެވެ.

ގުންޑޮގާން ބުނީ އަލްވަދާއު ކިޔުން އެއީ އެއްވެސް އިރެއްގައި ފަސޭހަ ކަމެއް ނޫންކަމަށާއި، އަދި ވަކިން ޚާއްސަކޮށް، ސިޓީއާއެކު އުނދަގޫކަމަށެވެ. އޭނާ އިތުރަށް ބުނީ ސިޓީ ދޫކޮށްލަން ޖެހުމުން މާޔޫސްވި ނަމަވެސް، ޗެމްޕިއަނެއްގެ ގޮތުގައި ހުރެ ޓީމު ދޫކޮށްލަން ފުރުސަތު ލިބުނީތީ އުފާކުރާކަމަށެވެ.

ޖަރުމަނުގެ މި ކުޅުންތެރިޔާއަކީ ކެޓަލޯނިއާގެ ކްލަބުން ހޫނު މޫސުމުގައި ސޮއިކުރި ފުރަތަމަ ކުޅުންތެރިޔާ ކަމަށް ވިޔަސް، އެތުލެޓިކް ބިލްބާއޯއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، ޑިފެންޑަރު އިނިގޯ މާޓިނޭޒް ގެނައުމުގެ އެއްބަސްވުމެއް ވެސް އެބައޮތް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

2019 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ލީގު ކާމިޔާބުކުރެވުނު ބާސެލޯނާއިން ގުންޑޮގާން ގެންދިޔައީ އިންޓަ މިއާމީއާ ގުޅެން ނިންމި ލިއޮނަލް މެސީ ނުލިބުމުން، މިޑްފީލްޑަށް ޑެޕްތުއާއި ގޯލް އިތުރު ކުރުމަށެވެ. މިދިޔަ ސީޒަނުގައި ޕެޑްރީއާ ނުލައި ބާސާ ކުޅުނުއިރު، އެ ޓީމުގެ ޕާފޯމަންސް ލެވެލް ދަށަށް ގޮސްފައިވާ ކަމަށް ބެލުމަށްފަހު، ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒް ވަނީ ޓީމު ވަރުގަދަ ކުރަން މަސައްކަތް ފަށާފައެވެ.

ފުރަތަމަ 11އަށް އެރުމަށް ޕެޑްރީގެ އިތުރުން ބައެއް ކުޅުންތެރިންނާ ގުންޑޮގާން ވާދަކުރަން ޖެހޭނެއެވެ. އޭގެ ތެރޭގައި ފްރެންކީ ޑި ޔޯން، ގަވީ، ފްރޭންކް ކެސީ އަދި ސާޖީ ރޮބާޓޯވެސް ހިމެނެއެވެ.

ގުންޑޮގާން ވަނީ މި ސީޒަނުގައި ކުޅުނު 51 މެޗުގައި 11 ލަނޑު ކާމިޔާބުކޮށް، އެފްއޭ ކަޕްގެ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ދެ ލަނޑާއެކު މޮޅު ކުޅުމެއް ދައްކައިފައެވެ. އޭނާ ސިޓީ ދޫކޮށްލީ ޕްރިމިއާ ލީގުގެ ފަސް ތަށި އަދި ޖުމްލަ 14 ތަށި ހޯދުމަށްފަހުއެވެ.

2016 ވަނަ އަހަރު ސިޓީއާ ގުޅުމުގެ ކުރިން ބޮރޫޝިއާ ޑޯޓްމަންޑްގައި އޭނާ ވަނީ ބާސާގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީއާއެކު ކުޅެފައެވެ.

ބާސެލޯނާގުންޑޮގަން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
19 އޮކްޓޯބަރު 2025

ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި

19 އޮކްޓޯބަރު 2025
ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް