Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިންވެރިޔާ ސްކީމް

ޖޮއިންޓްވުމުގެ ފުރުސަތު އޮންނާނީ ވަގުތީ ލިސްޓްގައި އެމީހުންގެ ސްޓޭޓަސް "ޝަރުތުހަމަވޭ ޖޮއިންޓްވުމުގެ ފުރުސަތު އޮތް" ފަރާތްތަކަށް

27 ޖޫން 2023 | އަންގާރަ 03:56

ޖޮއިންޓް އެޕްލިކޭޝަން ގެދޮރުވެރިޔާ ޕޯޓަލް އިން ހުށަހެޅޭނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 ޖޫން 2023 | އަންގާރަ 03:56
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް

މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންގެ ލިސްޓުގައި މިހާރު ނަން ނެތް ފަރާތްތަކަށް ވެސް ޝަރުތު ހަމަވާނަމަ އާއިލާ މީހަކާއެކު ޖޮއިންޓް އެޕްލިކޭޝަނަކަށް ބަދަލުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުޚީގައި ވާހަކަދައްކަވަމުންނެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނުމުގެ މަަސައްކަތް ކުރި ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ އާރިފް ވިދާޅުވީ ގޯތި ދޭނެ ފަރާތްތައް ނިންމާފައި ވާނީ ވަރަށް ގިނަ ކަންކަން ބެލުމަށް ފަހުގައި ކަމަށެވެ. އެގޮތުން ގޯތި ލިބޭ ފަރާތާއި އޭނާގެ އާއިލާ އަދި އެހެނިހެން ގާތް މީހުންނަށް ވެސް ލިބެން ހުރި ބޯހިޔާވަހިކަމަކީ ކޮބާތޯ ބަލާފައިވާނެ ކަމަށް އާރިފް ވިދާޅުވިއެވެ. އެގޮތުން ބެލިބެލުމުން މާލޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ހުރީ ވަރަށް ދަށްކޮށްކަން ފާހަގަކުރެވުނު ކަމަށާއި ކުދިކުދި ތަންތަންކޮޅުގައި ގިނަ އާއިލާތައް ދިރިއުޅެމުންދަނީ ވަރަށް ހާލުގައި ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ގޯތި ލިބުނު ފަރާތްތަކަކީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މިވަގުތު އެންމެ ބޮޑަށް ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި މީހުން ކަމަށް ވެސް އާރިފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފަލަސުރުޚީ ޕްރޮގްރާމްގައި އާރިފް ވަނީ ޝަރުތު ހަމަވާ މީހުން ހުށަހަޅާފައިވާ އެޕްލިކޭޝަން ޖޮއިންޓް އެޕްލިކޭޝަނަކަށް ބަދަލުކުރުމުގެ ފުރުސަތު ޝަކުވާ ހުށަހެޅުމުގެ މުއްދަތު ކުރިއަށްދާއިރު ވެސް އޮންނާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޖޫން 26 އިން ޖުލައި 15 އަށް ލިބޭ ރިކުއެސްޓްތަކަށް ބެލުމަށް ފަހު ފައިނަލް ލިސްޓް އެކުލަވާލާނީ ޖޮއިންޓްވާ މީހުންނާއި އެކުގައި ކަމަށް އާރިފް ވިދާޅުވިއެވެ. އާރިފް ވަނީ ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ މީހުންނަށް ލިބޭ ބިން ސައިޒުގެ ގޮތުން ބަލާއިރު، އެކަނި އެކަކު ގޯއްޗަށް އެދުމުން ލިބޭ ބިމުގެ ސައިޒަށް ވުރެ ބޮޑުވާނެ ކަން ފާހަގަކުރައްވާފައެވެ. އާރިފް ވަނީ ގޯއްޗަށް ޝަުރުތު ހަމަވާ މީހުންގެ ލިސްޓުން ޖޮއިންޓްވުމުގެ ފުރުސަތު އޮތް މީހުންނަށް އެކަން ގެދޮރުވެރިޔާ ޕޯޓަލް އިން އެނގެން އޮންނާނެ ކަމަށެވެ.

ހޯމަ ދުވަހު 5،000 ގޯއްޗަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު ވަނީ ހާމަކޮށްފައެވެ. ޕްލޭނިން މިނިސްޓްރީން ވަނީ އެ ލިސްޓުގައި ނުހިމެނުނު ނަމަވެސް، ގޯތި ލިބުމަށް ޝަރުތު ހަމަވާ 9،555 މީހުންނަށް ވެސް ޖޮއިންޓްވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ޖޮއިންޓް ވުމުގެ ފުރުސަތު އޮންނާނީ ވަގުތީ ލިސްޓްގައި އެމީހުންގެ ސްޓޭޓަސް "ޝަރުތުހަމަވޭ ޖޮއިންޓްވުމުގެ ފުރުސަތު އޮތް" ފަރާތްތަކުގެ ތެރެއިން ބިންވެރިޔާ އުސޫލުގައި ބަޔާންކޮށްފައިވާ ޖޮއިންޓް ވެވޭނެ ފަރާތްތަކުގެ މެދުގައެވެ.

ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅުމަށްޓަކައި، ގެދޮރުވެރިޔާ ޕޯޓަލަށް ލޮގިންވުމަށް ފަހު، ގެދޮރުވެރިޔާ ވެބްސައިޓަށް ވަދެ އެ ޕޭޖުގައިވާ "ލޮގިން ކުރައްވާ" އަށް ފިތާލުމުން އީފާސް އައިޑިއާއި ޕާސްޕޯޑު ޖެހުމަށް އަރާނެއެވެ. އެއަށް ފަހު އައިޑީ އަދި ޕާސްވޯޑު ޖަހައި ލޮގިންވުމުން އެ ފަރާތަކުން ހުށަހަޅައިފައިވާ އެޕްލިކޭޝަންގެ ސްޓޭޓަސް ފެނިގެންދާނެއެވެ. ޖޮއިންޓް ރިކުއެސްޓް ފޮނުވުމަށް ޝަރުތު ހަމަވާނަމަ އެކަން ވެސް އެނގޭނެއެވެ. ޖޮއިންޓް ރިކުއެސްޓް ފޮނުވުމަށް، "ޖޮއިންޓް ރިކުއެސްޓް ފޮނުއްވާ" އަށް ފިތާލުމަށްފަހު އެ މީހެއްގެ އައިޑީ ކާޑު ނަމްބަރު ޖަހައި، އާއިލާގެ މެންބަރާ އޮންނަ ގުޅުން ބަޔާން ކުރުމުން ރިކުއެސްޓް ސަބްމިޓް ކުރެވެން ހުންނާނެއެވެ.

ބިންވެރިޔާ ސްކީމްމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2025

ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް

29 އޮކްޓޯބަރު 2025
ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް
20 އޮކްޓޯބަރު 2025

އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

20 އޮކްޓޯބަރު 2025
އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި
17 އޮކްޓޯބަރު 2025

75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް

17 އޮކްޓޯބަރު 2025
75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް
02 އޯގަސްޓު 2025

މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް
09 ޖުލައި 2025

ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި

09 ޖުލައި 2025
ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި
03 ފެބުރުއަރީ 2025

ވަގު ގޯތި މައްސަލައިގައި ސަސްޕެންޑް ކުރި މީހުންގެ ސަސްޕެންޝަން އުވާލަން ފަށައިފި

03 ފެބުރުއަރީ 2025
ވަގު ގޯތި މައްސަލައިގައި ސަސްޕެންޑް ކުރި މީހުންގެ ސަސްޕެންޝަން އުވާލަން ފަށައިފި
21 ޑިސެމްބަރު 2024

ފެންމަތިވެގެން އުޅޭ ގޯއްޗާއި ފްލެޓް މައްސަލައިގެ ތަހުގީގަށް ދޭ މައުލޫމާތު ސިއްރު ކުރާނެ: ޕޮލިސް

21 ޑިސެމްބަރު 2024
ފެންމަތިވެގެން އުޅޭ ގޯއްޗާއި ފްލެޓް މައްސަލައިގެ ތަހުގީގަށް ދޭ މައުލޫމާތު ސިއްރު ކުރާނެ: ޕޮލިސް
21 ޑިސެމްބަރު 2024

ކުރީގެ ހައުސިންގ މިނިސްޓްރީގެ ނަމުގައި މި ސަރުކާރުގެ ތެރޭގައި އެޗްޑީސީ އިން ވަގު ޑޮކިއުމެންޓް ހެދިކަން ކަށަވަރު!

21 ޑިސެމްބަރު 2024
ކުރީގެ ހައުސިންގ މިނިސްޓްރީގެ ނަމުގައި މި ސަރުކާރުގެ ތެރޭގައި އެޗްޑީސީ އިން ވަގު ޑޮކިއުމެންޓް ހެދިކަން ކަށަވަރު!
20 ޑިސެމްބަރު 2024

ބިންވެރިޔާ ސްކީމް ގޯތީގެ ވައްކަމާއި ގުޅިގެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

20 ޑިސެމްބަރު 2024
ބިންވެރިޔާ ސްކީމް ގޯތީގެ ވައްކަމާއި ގުޅިގެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި
19 ޑިސެމްބަރު 2024

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން ޕީޖީން އަމުރުކޮށްފި

19 ޑިސެމްބަރު 2024
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން ޕީޖީން އަމުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް