Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑަބްލިޔުޑީސީގެ މަސައްކަތްތައް

ޑަބްލިޔުޑީސީ އާ މެދު ރައްޔިތުން ދެކެމުން އައި ނުރަނގު ގޮތްތައް މިހާރު ބަދަލުކުރެވިއްޖެ

މިހާރު ރައްޔިތުން ޑަބްލިޔުޑީސީގެ މަސައްކަތްތައް ބަލައިގަނޭ

އަމްނާ އިމާދު
އަމްނާ އިމާދު | 25 ޖޫން 2023 | އާދީއްތަ 17:05
ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން

ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން

އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިޔުޑީސީ)އާ މެދު ރައްޔިތުން ދެކެމުން އައި ނުރަނގު ގޮތްތައް މިހާރު ބަދަލުކުރެވިފައިވާ ކަމަށާއި، ކުރެވެނު މަސައްކަތްތައް ވަރަށް ކާމިޔާބު ކަމަށް މާލެސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މާލެސިޓީގެ ޑަބްލިޔުޑީސީ ރައީސާ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ރަޝީދާ ރަޝާދު ވިދާޅުވީ އަންހެނުން ބާރުވެރި ކުރުވުމަށާއި، އަންހެނުންގެ ތަރައްގީއަށް މާލޭގައި ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ސިޔާސީ ދާއިރާއިން ވެސް އަންހެނުން ނެރުމަށްޓަކައި ދޮރުން ދޮރަށް ހިނގާ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ރަޝީދާ ވިދާޅުވީ ޑަބްލިޔުޑީސީ ކުރިއެރުވުމަށް ވެސް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އެއްއަހަރުން އަނެއް އަހަރަށް ގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާ ކަމަށެވެ. މީގެ ކުރިން ރައްޔިތުން ޑަބްލިޔުޑީސީގެ މަސައްކަތްތައް ބަލައިނުގަތް ނަމަވެސް މިހާރު ރައްޔިތުން ޑަބްލިޔުޑީސީ ބަލައިގަންނަ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރު ވެސް ޑަބްލިޔުޑީސީން ކުރަމުންދާ މަސައްކަތްތައް ގާތުން ބަލާ ކަމަށާއި، ދިމާވާ ދަތިތަކާއި ގޮންޖެހުންތަކަށް ހައްލު ހޯދައިދޭ ކަމަށެވެ.

ގައުމުގެ ތަރައްގީއަށް ޑަބްލިޔުޑީސީގެ ދައުރު މުހިންމުކަން ފާހަގަކުރައްވައި ރަޝީދާ ވިދާޅުވީ ޑަބްލިޔުޑީސީގެ މެންބަރުންނަށް ޚާއްސަކޮށް ހޭލުންތެރިކުރުމުގެ ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމަށެވެ.

ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ފާތުމަތު ޝަހުލާ ވިދާޅުވީ މީގެ ކުރިން ޑަބްލިޔުޑީސީއަކީ ކޮބައިކަން ރައްޔިތުންނަށް ނޭނގޭ ކަމަށާއި، ކުރަމުންދާ މަސައްކަތްތަކާއި މެދު ވެސް ބައެއް ރައްޔިތުން ސުވާލު އުފެއްދި ކަމަށެވެ.

ޝަހުލާ ވިދާޅުވީ ޑަބްލިޔުޑީސީން ކުރަމުންދާ މަސައްކަތްތަކުގައި މުޖުތަމައުގެ އެއްބާރުލުން ލިބޭ ކަމަށާއި، ގިނަ ހަރަކާތްތައް ކުރިއަށް ގެންދެވޭ ކަމަށެވެ. މާލެސިޓީގެ އިތުރުން ރަށްރަށުގައި ހިންގާ ހަރަކާތްތައް ވެސް ކާމިޔާބުކަން އޭނާ ފާހަގަކުރެއްވިއެވެ.

ޑަބްލިއުޑީސީމާލެ ސިޓީމާލޭ ސިޓީ ކައުންސިލް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
05 ޑިސެމްބަރު 2025

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު