Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ"އަރބަންންކޯ ފުޑް ކާނިވަލް"

"އާރބަންކޯ ފުޑް ކާނިވަލް"، ލިބުނު ހޫނު ތަރުޚީބާއި އެކު އަހަރަކު އެއް ފަހަރު މި ކާނިވަލް ބާއްވަނީ!

25 ޖޫން 2023 | އާދީއްތަ 10:13

މި ކާނިވަލަށް 15000 އާއި ގާތް ކުރާ އަދަދަކަށް މީހުން ވަނީ ޒިޔާރަތްކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 ޖޫން 2023 | އާދީއްތަ 10:13
އަރބަންކޯ ފުޑް ކާނިވަލް

އަރބަންކޯ ފުޑް ކާނިވަލް

މި މަހުގެ 21 އިން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މޯލްޑިވްސް ފުޑް ކާނިވަލް އަކީ ވަރަށް ކާމިޔާބު ފެސްޓިވަލް އެއް ކަމަށް އެ ކާނިވަލް އިންތިޒާމްކުރި ފަރާތުން ބުނެފިއެވެ. ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 12:00 އަށް ކުރިއަށް ގެންދިޔަ މި ކާނިވަލަށް 15000 އާއި ގާތް ކުރާ އަދަދަކަށް މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. 'އާބަންކޯ މޯލްޑިވްސް ފުޑް ކާނިވަލް' ނަމުގައި ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިއަށްގެންދިޔަ މި ފޯރިގަދަ ކާނިވަލަކީ އެޗްޑީސީ، ތިންކް، ދިރާގު އަދި ފުޑް ޓޭސްޓްއެމްވީ ގުޅިގެން ބޭއްވި ކާނިވަލްއެކެވެ.

ކާނިވަލް އިންތިޒާމް ކުރި ފަރާތުން ރާއްޖެ އެމްވީ އަށް ބުނީ ކާނިވަލް ކުރިއަށް ގެންދިޔައީ ވަރަށް ފޯރިގަދަކޮށް ކަމަށާއި، ކާނިވަލްގެ ބައިވެރިންނާއި ކާނިވަލަށް ޒިޔާރަތްކުރި މީހުންގެ ފަރާތުން ލިބުނީ ވަރަށް ރަނގަޅު އިޖާބައެއް ކަމަށެވެ. މި އަހަރުގެ ކާނިވަލަށް ލިބުނު ތަރުޚީބަށް ބެލުމަށް ފަހު ކުރިއަށް އޮތްތަނުގައި އަހަރަކު އެއްފަހަރު މި ކާނިވަލް ބާއްވަން ނިންމާފައިވާ ކަމަށް އެފަރާތުން ވިދާޅުވިއެވެ. ފުޑް ކާނިވަލަށް އެތައް ބަޔަކު ޒިޔާރަތްކޮށްފައި ވާއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޒުވާނުންނާއި ކުޑަކުދިން ހިމެނެއެވެ. އަދި މި ކާނިވާ ވެގެން ދިޔައީ ބައިވެރިންނަށް ވަރަށް ތަފާތު ތަޖުރިބާ އެއް ކުރެވުނު ކަމަކަށެވެ. އެގޮތުން ޕްރޮޑަކްޓްތައް ވިއްކުމަށްޓަކާ، އަދި އުފެއްދުންތައް އާއްމުންނަށް ދައްކާލުމަށްޓަކާ މިއީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

Advertisement - newsAdvertisement

އެގޮތުން ފުޑް ކާނިވަލްގެ ބައެއް ބައިވެރިންނާއި ރާއްޖެ އެމްވީ އިން ވަނީ ވާހަކަދައްކާލާފައެވެ. އޭގެ ތެރެއިން އެއްބައިވެރިއަކީ އަޒީޝިއަސްއެވެ. އަޒީޝިއަސް ބުނީ އޭނާގެ ސްޓޯލް އިން ފެނިގެން ދަނީ ކުކީޒް ކަމަށެވެ. އަދި އާއްމުން ކުކީތަކުގެ ރަހަ ބަލާލުމަށް ފަހު ދިން ފީޑްބެކް އާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން ފުޑް ކާނިވަލްގެ ސްޓޯލްއެއް ކަމަށްވާ އަތުމީރު ސްޓޯލްގައިހުރީ ދިވެހި ހަވާދުގެ ބާވަތްތަކާއި އެ ތަކެތީގައި ކައްކާފައި ހުރި ކާބޯތަކެއްޗެވެ. އެ ސްޓޯލްގެ އުފެއްދުންތަކުގެ ވެރިޔާ މަރިޔަމް ޒާހިރާ "ރާއްޖެ އެމްވީ" އަށް ބުނީ މި ސްޓޯލް އިން ކުރެވުނު ތަޖުރިބާ ވަރަށް ރަނގަޅު ކަމަށެވެ. އަދި އުންމީދަކީ ސްޓޯލްގެ އެހީގައި ކުރިއަށް އޮތްތަނުގައި ވިޔަފާރިއަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ލިބުން ކަމަށެވެ. މި ކާނިވަލްގެ އެއް ސްޓޯލްކަމަށްވާ ހޯމް މޭޑްބައި ޝާއިލާ އާއި ގުޅޭގޮތުން "ޝާއިލާ" ބުނީ އޭނާ އަށް މިފަދަ ފެސްޓިވަލްއެއްގައި ބައިވެރިވި ފުރަތަމަ ފަހަރުކަމަށެވެ. އަދި މިއީ އޭނާ އަށް ވަރަށް ރަނގަޅު ތަޖުރިބާ އެއް ކަމަށް ވަނީ ބުނެފައެވެ. އޭނާ ބުނިގޮތުގައި މިއީ މިގޮތަށް އާއްމުންނަށް އޭނާގެ މަސައްކަތްތައް ދައްކާލަން ލިބުނު ފުރަތަމަ ފުރުސަތުވެސްމެއެވެ.

ފުޑް ކާނިވަލުގައި އެކި ބާވަތްތަކުގެ ކާބޯތަކެތި އަޖުމަ ބަލާލުމަށް އެތައް ބަޔަކު ޒިޔާރަތްކޮށްފައިވެއެވެ. އަދި ކާނިވަލްގެ ތެރެއިން އަތްތެރި މަސައްކަތްތަކާއި ދިވެހި އުފެއްދުންތައް ވަނީ ދައްކާލާފައެވެ. ހަމައެހެންމެ ލައިވް މިއުޒިކާއި ފަންނާނުންގެ ހުނަރުތައް ދައްކާލުމުގެ އިތުރުން ތަފާތު އެކި ގޭމްތަކާއި، ބިރުވެރި ހޮހޮޅަތައް ފަދަ ހަރަކާތްތައް ވަނީ ބާއްވާފައެވެ. މި ކާނިވަލް ކުރިއަށް ގެންދިޔައީ ތަފާތު އެކި އިނާމުތަކާއި، ހަދިޔާތަކާއި ވެސް އެކުގައެވެ.

މި ކާނިވަލްގެ މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީއެވެ. މި ކާނިވަލްގެ ޓައިޓްލް ސްޕޮންސަރަކީ އަރބަންކޯއެވެ. އަރބަންކޯއާއި ރާއްޖެޓީވީގެ އިތުރުން ސިމްޑީއާއި ބީއެޗްއެމްއާއި އެސްޓީއޯއާއި އިވެންޓް މޯލްޑިވްސް، އަދި ދިރާގަކީވެސް މި އިވެންޓުގެ ޕާޓްނަރުންނެވެ.

އަރބަންކޯ މޯލްޑިވްސް ފުޑް ކާނިވަލް 2023

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

24 ޖޫން 2023

"އަރބަންކޯ ފުޑްކާނިވަލް 2023" އަށް ހޫނު ތަރުޚީބެއް، މިހާތަށް 13000 މީހުން ޒިޔާރަތްކޮށްފި

24 ޖޫން 2023
"އަރބަންކޯ ފުޑްކާނިވަލް 2023" އަށް ހޫނު ތަރުޚީބެއް، މިހާތަށް 13000 މީހުން ޒިޔާރަތްކޮށްފި
16 ފެބުރުއަރީ 2017

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
10 ފެބުރުއަރީ 2017

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު
10 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް