Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުން

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ޖުލައި 2ގައި ދެނީ

ޕާޓީއަށް މެމްބަރުން ހަމަވެފައިވާކަން ކަށަވަރު ކުރެވިއްޖެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 25 ޖޫން 2023 | އާދީއްތަ 07:13
ދަ ޑިމޮކްރެޓްސް ޕާޓީއަށް ހުއްދަ ދޭނެކަން ވަނީ އަންގާފައި

ދަ ޑިމޮކްރެޓްސް ޕާޓީއަށް ހުއްދަ ދޭނެކަން ވަނީ އަންގާފައި

ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ ޖުލައި 2ގައި ދިނުމަށް ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީގެ ނައިބުރައީސް އިސްމާއީލް ހަބީބް ކުރެެއްވި ޓުވީޓެއްގައި ވިދާޅުވީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، ޖުލައި 2ވާ އާދީއްތަ ދުވަހު ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާކަމަށް، ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގަތް، ހ. ސީވީޑް ހަސަން ލަތީފަށް މިހާރު އަންގަވާފައިވާކަމަށެވެ.

މިކަމާ ގުޅިގެން ހަބީބް ރާއްޖެއެމްވީއަށް ވިދާޅުވީ، ދަ ޑިމޮކްރެޓްސް ޕާޓީގެ ފޯމްތައް އެއްކޮށް ޗެކްކޮށް ނިމިފައިވާކަމަށާއި އެ ޕާޓީއަށް މެމްބަރުން ހަމަވެފައިވާކަން ކަށަވަރުވެފައިވާކަމަށެވެ. އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ބުނެ، ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކޮށްދެވެން ނެތްކަމަށް އިލެކްޝަން ކޮމިޝަނުގެ ދެ މެމްބަރަކު ވިދާޅުވުމާ ގުޅިގެން އެކޮމިޝަނުގެ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދިގެން ދިޔައެވެ.

އަދި ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން ބާއްވަން އުޅުނު ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ މައްޗަށް އިތުބާރު ނެތްކަމަށް ވިދާޅުވެ، އަލީ ނަޝާތުއާއި މުހައްމަދު އާސިފް ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެކޮޅުވެސް ހެއްދެވިއެވެ. ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ ޖުލައި 2ގައި ދިނުމަށް ނިންމާފައިވާ ގޮތާ ގުޅޭގޮތުން ސުވާލު ދެންނެވުމުން ހަބީބް ވިދާޅުވީ ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށް އީސީގެ ހުރިހާ މެމްބަރުން ނިންމާފައިވާކަމަށެވެ.

3560 ފޯމާއެކު ދަ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީކުރަން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހެޅީ ޖޫން އެއްވަނަ ދުވަހުއެވެ. ޕާޓީގެ ތަރުޖަމާނު އަފްޝާން ލަތީފު ވިދާޅުވީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓެއް ވާދަކުރައްވާނެ ކަމަށެވެ.

ދަ ޑިމޮކްރެޓްސް ޕާޓީއަކީ، އެމްޑީޕީގެ ތެރެއިން، އެ ޕާޓީގެ ނިންމުންތަކާ ދެކޮޅަށް ޕާޓީގެ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ފިކުރެއްގެ ދިރުމުގެ ބައިވެރިން އުފައްދަން ނިންމި ޕާޓީއެކެވެ. މި ޕާޓީއަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި އާންމު މެންބަރުން ވަނީ ގުޅިފައެވެ.

ދަ ޑިމޮކްރެޓްސް ޕާޓީ އިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު