Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ކުލަބު ވޯލްޑް ކަޕް

އައު ފޯމެޓުގެ ކުލަބު ވޯލްޑް ކަޕްގެ ފުރަތަމަ މުބާރާތް އެމެރިކާގައި

ކުލަބު ވޯލްޑް ކަޕް އެމެރިކާގައި ބާއްވަން ނިންމުމާއެކު، ޖެހިގެން އަންނަ ތިން އަހަރުގެ ތެރޭގައި އެ ގައުމުގައި ބޮޑު ތިން މުބާރާތް ކުރިއަށްދާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ޖޫން 2023 | ހޮނިހިރު 02:44
ފީފާ ކުލަބު ވޯލްޑް ކަޕްގެ ޓްރޮފީ

ފީފާ ކުލަބު ވޯލްޑް ކަޕްގެ ޓްރޮފީ

ފީފާ ކުލަބު ވޯލްޑް ކަޕް މިހާރު ކުޅެމުން އަންނަ ފޯމެޓަށް ބަދަލު ގެނެސް، ބާއްވާ ފުރަތަމަ މުބާރާތް އެމެރިކާގައި ބާއްވަން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)އިން ނިންމައިފިއެވެ.

ފީފާއިން އެކަން ރަސްމީކޮށް އިއުލާންކޮށްފައިވަނީ ހުކުރު ދުވަހުއެވެ. އެކަން އިއުލާން ކުރެއްވީ ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯއެވެ. އިންފަންޓީނޯ ވިދާޅުވީ އައު ފޯމެޓާއެކު 2025 ވަނަ އަހަރުގެ ކުލަބު ވޯލްޑް ކަޕް އޮންނާނީ އެމެރިކާގައި ކަމަށެވެ. އެ މުބާރާތުގައި ޖުމުލަ 32 ޓީމަކުން ވާދަކުރާނެ ކަމަށާއި، އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނާނެ އެންމެ މޮޅު ޓީމުތައް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އިންފަންޓީނޯ ވިދާޅުވީ، އެމެރިކާ ސަރަހައްދުގައި ފުޓުބޯޅަ ކުރިއަރަމުން އަންނަ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ. ކުލަބު ވޯލްޑް ކަޕަށްފަހު ދެން އޮންނަ ފީފާ ވޯލްޑް ކަޕާ ހަމައަށް އަންނައިރު، ފުޓުބޯޅައަކީ އެމެރިކާގައި ކުރިއަރާފައިވާ ކުޅިވަރަކަށް ވާނެކަމަށް އިންފަންޓީނޯ ގަބޫލުކުރައްވައެވެ. އޭނާ ވަނީ ފުޓުބޯޅާ ކުރިއެރުވުމާއި، ފުޓުބޯޅައިގެ ފޯރިއަށް އެމެރިކާއިން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ކުލަބު ވޯލްޑް ކަޕް އެމެރިކާގައި ބާއްވަން ނިންމުމާއެކު، ޖެހިގެން އަންނަ ތިން އަހަރުގެ ތެރޭގައި އެ ގައުމުގައި ބޮޑު ތިން މުބާރާތް ކުރިއަށްދާނެއެވެ. އެންމެ ފުރަތަމަ 2024 ވަނަ އަހަރު އެމެރިކާގައި ކުރިއަށް ދާނީ ކޮޕަރ އެމެރިކާ ފުޓުބޯޅަ މުބާރާތެވެ. އެއަށްފަހު 2025 ވަނަ އަހަރު ކުލަބު ވޯލްޑް ކަޕް ބޭއްވުމަށްފަހު، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްވެސް އެމެރިކާގައި ކުރިއަށްދާނެއެވެ. އެ އަހަރުގެ ވޯލްޑް ކަޕް ބާއްވަނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެންނެވެ. އެ މުބާރާތަކީވެސް މިހާރު ކުޅެމުން އަންނަ ފޯމެޓު ބަދަލުކޮށް، އައު ފޯމެޓަށް ބާއްވާނެ ފުރަތަމަ މުބާރާތެވެ. އެ މުބާރާތުގައި 48 ގައުމެއް ވާދަކުރާނެއެވެ.

މިހާރު ކުޅެމުން އަންނަ ފޯމެޓުގައި ބާއްވާ އެންމެ ފަހު ކުލަބު ވޯލްޑް ކަޕް އޮންނާނީ މިއަހަރުގެ ޑިސެމްބަރު މަހު ސައޫދީ އަރަބިއްޔާގައެވެ. 2025 ވަނަ އަހަރުގެ މުބާރާތް އޮންނާނެ ސީދާ ތާރީޚެއް މިހާާތަނަށް ފީފާއިން އިއުލާންކޮށްފައެއްނުވެއެވެ.

ފީފާފީފާ ކްލަބް ވޯލްޑް ކަޕް 2025

ކޮމެންޓް

އިތުރަށް ކިޔާލަން

ބެލެންޑިއޯ އަށް ފަހު، ފީފާ އެވޯޑު ވެސް ޑެމްބެލޭ ހޯދައިފި

ބެލެންޑިއޯ އަށް ފަހު، ފީފާ އެވޯޑު ވެސް ޑެމްބެލޭ ހޯދައިފި

17 ޑިސެމްބަރު 2025
2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

13 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު