Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުގްރީން ފަންޑް

މެއި ނިމުނުއިރު ގްރީން ފަންޑުގައި ބާކީ 988 މިލިއަން ރުފިޔާ!

މެއި މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނީ 83 މިލިއަން ރުފިޔާ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 23 ޖޫން 2023 | ހުކުރު 07:45
ތިން އަހަރަށްފަހު ޗައިނާއިން ރާއްޖެއަށް ޑައިރެކްޓު ފްލައިޓްތައް ފަށައިފި

ތިން އަހަރަށްފަހު ޗައިނާއިން ރާއްޖެއަށް ޑައިރެކްޓު ފްލައިޓްތައް ފަށައިފި

މިއަހަރުގެ މެއި މަސް ނިމުނުއިރު ގްރީން ފަންޑުގައި ބާކީ ހުރީ 988 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މެއި މަހުގެ ގްރީން ފަންޑު ރިޕޯޓު އާންމުކޮށްފައެވެ. މި ރިޕޯޓުގައިވާގޮތުން މެއި މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނީ 83،095،791 (އަށްޑިހަ ތިން މިލިއަން ނުވަދިހަ ފަސްހާސް ހަތްސަތޭކަ ނުވަދިހަ އެކެއް) ރުފިޔާއެވެ.

މެއި މަހު ރިސޯޓުތަކުން ގްރީން ޓެކްސްގެ ގޮތުގައި 74،660،465 (ހަތްދިހަ ހަތަރު މިލިއަން ހަލައްކަ ފަސްދޮޅަސްހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ ލިބިފައިވެއެވެ. ހޮޓާތަކުން ލިބުނީ 1،188،641 (އެއްމިލިއަން އެއްލައްކަ އަށްޑިހަ އަށްމިލިއަން ހަސަތޭކަ ސާޅީސް އެކެއް) ރުފިޔާއެވެ. މީގެ އިތުރުން ގެސްޓްހައުސްތަކުން 4،745،114 (ހަތަރު މިލިއަން ހަތްލައްކަ ސާޅީސް ފަސްހާސް ސަތޭކަ ސާދަ) ރުފިޔާ ލިބިފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މެއި މަހު ގްރީން ފަންޑުން 7 މިލިއަން ރުފިޔާ އެކި މަޝްރޫއުތަކަށް ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. މިގޮތުން ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ތިމާވެށީގެ އެކި ޕްރޮޖެކްޓުތަކަށް ޖުމްލަ 7،484،010.3 (ހަތްމިލިއަން ހަތަރު ލައްކަ އަށްޑިހަ ހަތަރުހާސް ދިހަ ރުފިޔާ ތިން ލާރި) ޚަރަދުކޮށްފައިވެއެވެ.

މެއި މަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއިން 7 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގާފައިވާއިރު މެއި މަހު ގްރީން ފަންޑަށް ފޮނުވާފައިވަނީ 75،611،780.3 (ހަތްދިހަ ފަސްމިލިއަން ހަލައްކަ އެގާރަހާސް ހަތްސަތޭކަ އަށްޑިހަ ރުފިޔާ ތިން ލާރި) އެވެ.

މިއާއެކު މެއި މަސް ނިމުނުއިރު ގްރީން ފަންޑުގައި ބާކީ ހުރީ 988،820،365 (ނުވަސަތޭކަ އަށްޑިހަ އަށްމިލިއަން އަށްލައްކަ ވިހިހާސް ތިންސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާއެވެ.

ގްރީން ޓެކުހަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓެކުހެކެވެ. ފަތުރުވެރިން އައުން އިތުރުވާނަމަ ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އަދަދު އިތުރުވާނެއެވެ.

ގްރީން ފަންޑްގްރީން ޓެކްސްފިނޭންސް މިނިސްޓްރީ

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި
06 ނޮވެމްބަރު 2025

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު
06 ނޮވެމްބަރު 2025

ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

06 ނޮވެމްބަރު 2025
ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު
31 އޮކްޓޯބަރު 2025

ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

31 އޮކްޓޯބަރު 2025
ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް
30 އޮކްޓޯބަރު 2025

ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ

30 އޮކްޓޯބަރު 2025
ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު