Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ

މީރާއިން ޖޫން މަހު 2.63 ބިލިއަން ރުފިޔާ ބަލައިގަނެފި

ޖޫން 2025 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %36.5 ނުވަތަ 960.9 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެއީ %24.1 ނުވަތަ 634.0 މިލިއަން ރުފިޔާއެވެ.

ޖޫން 2025 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 116.7 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 13 ޖުލައި 2025 | އާދީއްތަ 05:17
މީރާ

މީރާ

ޖޫން 2025 އަށް 2.63 ބިލިއަން ރުފިޔާގެ އާމްދަނީއެއް ބަލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %27.0 އިތުރު އަދަދެކެވެ. އަދި، ޖޫން 2025 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %10.4 އިތުރު އަދަދެކެވެ.

ޖޫން 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، ޖޫން 2025 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީ.އެސްޓީ އާއި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއިއެކު ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ އިތުރުވުމާއި ގުޅިގެންނެވެ. މިއީ، ޖޫން 2024 އާ އަޅައިބަލާއިރު ޖޫން 2025 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ %13.1 އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ ކުރިއެރުމެކެވެ. މީގެ އިތުރުން، 1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި އަދި ޑިސެންބަރު 2024 އިން ފެށިގެން އެއަރޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމަކީވެސް ޖޫން 2025 ގެ އާމްދަނީ އިތުރުވެފައިވާ ސަބަބެއް ކަމަށް މީރާއިން ބުންޏެއެވެ.

ޖޫން 2025 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %36.5 ނުވަތަ 960.9 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެއީ %24.1 ނުވަތަ 634.0 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ރިޒޯޓުތަކުގެ ކުލީގެ ޓެކުހުގެ ގޮތުގައި 403.1 މިލިއަން ރުފިޔާ (%15.3)، ގްރީން ޓެކުހުގެ ގޮތުގައި 163.3 މިލިއަން ރުފިޔާ (6.2%)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 133.2 މިލިއަން ރުފިޔާ (5.1%) އަދި ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 133.1 މިލިއަން ރުފިޔާ (%5.1) ބަލައިގަނެފައިވެއެވެ.

ޖޫން 2025 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 116.7 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީޖީ.އެސް.ޓީޓޫރިޒަމް ސެކްޓަރގްރީން ޓެކްސްއާމްދަނީ ޓެކުސްރިޒޯޓު ކުލީގެ ޓެކުސްއެއަރޕޯޓް ޑިވެލޮޕްމަންޓް ފީޑިޕާޗާރ ޓެކްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ މަސައްކަތްތެރިންނަށް މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމެއް ނެތް: މެންބަރު މައުރޫފް

ރާއްޖޭގެ މަސައްކަތްތެރިންނަށް މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމެއް ނެތް: މެންބަރު މައުރޫފް

02 މެއި 2025
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

28 ފެބުރުއަރީ 2025
ޖަނަވަރީން ފެށިގެން ގްރީން ޓެކްސް ދެގުނަ ވާނެ

ޖަނަވަރީން ފެށިގެން ގްރީން ޓެކްސް ދެގުނަ ވާނެ

16 ޑިސެމްބަރު 2024
ޓީޖީއެސްޓީ 17 އިންސަތައަށް ބޮޑުކުރަން ފާސްކޮށްފި

ޓީޖީއެސްޓީ 17 އިންސަތައަށް ބޮޑުކުރަން ފާސްކޮށްފި

31 އޮކްޓޯބަރު 2024
އޮގަސްޓު މަހު އާމްދަނީގެ ގޮތުގައި މީރާއަށް 1.6 ބިލިއަން ރުފިޔާ

އޮގަސްޓު މަހު އާމްދަނީގެ ގޮތުގައި މީރާއަށް 1.6 ބިލިއަން ރުފިޔާ

13 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު