Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޑިޓަރ ޖެނެރަލްގެ އޮފީސް

މާލެ އަތޮޅު, އަތޮޅު ކައުންސިލުގެ ހިސާބުތައް މާލީ ބަޔާނުގައި ހިމަނާފައި ނުވާކަން ހާމަވެއްޖެ

11 ޖުލައި 2025 | ހުކުރު 17:43

މާލެ އަތޮޅު އަތޮޅު ކައުންސިލުން އެއިދާރާގެ ހިސާބުތައް މާލީ ބަޔާނުގައި ހިމަނާފައިނުވާކަން އޮޑިޓާޖެނެރަލްގެ ރިޕޯޓުން ފާހަގަކުރެވުނު

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 11 ޖުލައި 2025 | ހުކުރު 17:43
މާލެ އަތޮޅު، އަތޮޅު ކައުންސިލުގެ ހިސާބުތައް މާލީ ބަޔާނުގައި ހިމަނާފައި ނުވާކަން އޮޑިޓާޖެނެރަލްގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ

މާލެ އަތޮޅު، އަތޮޅު ކައުންސިލުގެ ހިސާބުތައް މާލީ ބަޔާނުގައި ހިމަނާފައި ނުވާކަން އޮޑިޓާޖެނެރަލްގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ

މާލެ އަތޮޅު, އަތޮޅު ކައުންސިލުގެ ހިސާބުތައް މާލީ ބަޔާނުގައި ހިމަނާފައި ނުވާކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު މާލެ އަތޮޅު، އަތޮޅު ކަައުންސިލްގެ އިދާރާގެ 2022 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް އަދި 2020 އަދި 2021 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި މާލެ އަތޮޅު، އަތޮޅު ކައުންސިލުން 2021 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ ސައްހަކަމާ މެދު އޮޑިޓާ ޖެނެރަލް ދެކެވަޑައިގަންނަވާ ގޮތާއި 2020 ވަނަ އަހަރުގެ ބަޖެޓުން މާލެ އަތޮޅު ކައުންސިލުން މާލިއްޔަތު ގަވާއިދާ ހިލާފަށް ހަރަދުކޮށްފައިވާ ކަންތައްތަކުގެ ތަފްސީލް ހިމަނާފައިވެއެވެ.

Advertisement - newsAdvertisement

މި ގޮތުން މާލެ އަތޮޅު. އަތޮޅު ކައުންސިލުން އެކައުންސިލުގެ ހިސާބުތައް، މާލީ ބަޔާނުގައި ހިމަނާފައި ނުވާކަން މި ރިޕޯޓުގައި ފާހަގަކޮށް ބުނެފައި ވަނީ ފިނޭންސް މިނިސްޓްރީން 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 29 ގައި ނެރެފައިވާ ސާކިއުލަރ، އެނެކްސް1 ގައި ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި އަދި ސިޓީ ކައުންސިލްތަކުގެ މާލީ ހިސާބުތައް ތައްޔާރުކުރަންވީ ގޮތުގެ ނަމޫނާ ބަޔާންކޮށްދީފައި ވާނެ ކަމަށެވެ.

އަދި މި ނަމޫނާގައި ދެންނެވުނު ކައުންސިލް ތަކުގެ މާލީ ހިސާބުތައް "އިންޓަރނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަރޑް (އިޕްސަސް)، ފައިނޭންސަލް ރިޕޯޓިންގ އަންޑަރ ދަ ކޭޝް ބޭސިކް އޮފް އެކައުންޓިންގ" އާއި އެއްގޮތަށް ތައްޔާރުކުރުމަށް ބަޔާންކޮށްފައި ވާނޭ ކަމަށެވެ. އަދި މި ސްޓެންޑަރޑް ގައި އެ އަހަރއްގެ މާލީ ބަޔާންތަކާއި އެކު ކުރީ އަހަރުގެ މާލީ މައުލޫމާތު ހުށަހަޅަން ވާނޭ ކަމަށް ވެސް ބަޔާން ކޮށްފައިވާނޭ ކަމުގައި ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެހެން ނަމަވެސް މާލެ އަތޮޅު، އަތޮޅު ކައުންސިލްގެ އިދާރާގެ 2022 ވަނަ އަހަރުގެ މާލީ ބަޔާނުގައި 2021 ވަނަ އަހަރުގެ މާލީ މައުލޫމާތުތައް ހިމަނާފައި ނުވާކަން އޮޑިޓާޖެނެރަލްގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މާލެ އަތޮޅު އަތޮޅު ކައުންސިލުގެ ހިސާބުތައް މާލީ ބަޔާނުގައި ހިމަނާފައި ނުވާކަން ރިޕޯޓުގައި ފާގަކޮށްފައިވާއިރު، އެ ރިޕޯޓުގައި ވާ ގޮތުން މިދިއަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ގައި ނެރުނު ފިނޭންސް މިނިސްޓްރީގެ ސާކިއުލާއަކުން ކައުންސިލްތަކުގެ އަހަރީ މާލީ ބަޔާން ތައްޔާރުކުރުމާއި ގުޅޭ އެނެކްސްގައި ހިމަނާފައިވާ ނަމޫނާގައި ބަޔާންކޮށްފައިވާ ގޮތަށް 2021 އަހަރުގެ މާލީ މައުލޫމާތު ހިމަނައިގެން މާލީ ބަޔާން ތައްޔާރުކުރުމަށް ދަންނާވައިވާނޭ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މާލެ އަތޮޅު، އަތޮޅު ކައުންސިލުގެ އިދާރާއިން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ 3 އެކައުންޓްގެ، އެކައުންޓްގެ ބާކީ 2020 އިން 2021 ވަނަ އަހަރާއި ދެމެދު ބަލަހައްޓާ ރިކޮންސައިލް ކޮށްފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.
އޮޑިޓާޖެނެރަލް ރިޕޯޓް

މީގެ އިތުރުން މި ރިޕޯޓުގައި ފާހަކޮށްފައި ވާ އެހެން ކަންކަމަށް ބަލާއިރުގައި ކައުންސިލް އިދާރާއަށް ލިބެން ޖެހޭ ފައިސާގެ ތެރޭގައި ހިމެނޭ ބިމުކުލީގެ ގޮތުގައި ލިބެން ޖެހޭ ޖޫރިމަނާ ފައިސާއާއި ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާ އިން އަނބުރާ ކައުންސިލްގެ އިދާރާއަށް ލިބެންޖެހޭ ފައިސާގެ ހިސާބުތައް އެކަށީގެންވާ ގޮތުގައި ބަލަހައްޓާފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކައުންސިލްގެ އިދާރާއިން އެކިއެކި ސްކީމްތަކުގެ ދަށުން ދޫކޮށްފައިވާ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނުތަކަށް އަނބުރާ ދައްކާފައިވާ ފައިސާއާއި، 2022 ވަނަ އަހަރުގެ ނިޔަލަށް ލިބެން ޖެހޭ ފައިސާގެ ހިސާބުތައް ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

އަދި މީގެ އިތުރުން 2020 އިން ފެށިގެން 2022 ވަނަ އަހަރާއި ދެމެދު ލިބުނު އާމްދަނީގެ ތެރެއިން އެއްވެސް އަދަދެއް ރިޒާވްގެ ގޮތުގައި ކައުންސިލް އިދާރާގައި ރައްކާކޮސްފައި ނުވާކަން ވެސް އޮޑިޓަރ ޖެނެރަލް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

މާލެ އަތޮޅު އަތޮޅު ކައުންސިލްއޮޑިޓަރ ޖެނެރަލްމާލީ ބަޔާންފިނޭންސް މިނިސްޓްރީ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
21 ނޮވެމްބަރު 2025

2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް

21 ނޮވެމްބަރު 2025
2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް
19 ނޮވެމްބަރު 2025

ސަރުކާރުގެ ކުންފުނިތައް ހިންގުން ނާގާބިލުކަމުން ރައްޔިތުންގެ ދިރިއުޅުމުގެ އަގު ދަށްކުރަން ދޭ ސަބްސިޑީ ކުންފުނި ހިންގަން ބޭނުން ކުރޭ: އޮޑިޓަރ ޖެނެރަލް

19 ނޮވެމްބަރު 2025
ސަރުކާރުގެ ކުންފުނިތައް ހިންގުން ނާގާބިލުކަމުން ރައްޔިތުންގެ ދިރިއުޅުމުގެ އަގު ދަށްކުރަން ދޭ ސަބްސިޑީ ކުންފުނި ހިންގަން ބޭނުން ކުރޭ: އޮޑިޓަރ ޖެނެރަލް
19 ނޮވެމްބަރު 2025

އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ގެ އަދަދު ބޮޑު ތަނުން ފުނި ޖެހުނީ 2024 ވަނަ އަހަރުކަން އޮޑިޓަރ ޖެނެރަލް ގެ ރިޕޯޓުން ހާމަ ވެއްޖެ

19 ނޮވެމްބަރު 2025
އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ގެ އަދަދު ބޮޑު ތަނުން ފުނި ޖެހުނީ 2024 ވަނަ އަހަރުކަން އޮޑިޓަރ ޖެނެރަލް ގެ ރިޕޯޓުން ހާމަ ވެއްޖެ
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
15 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ނުދައްކާ ހުރި ބިލުތަކަށް އަރާ ކަމަށް މި ސަރުކާރުން ބުނާ އަދަދަކީ ދޮގެއްކަން ފަޅާ އަރައިފި!

15 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ނުދައްކާ ހުރި ބިލުތަކަށް އަރާ ކަމަށް މި ސަރުކާރުން ބުނާ އަދަދަކީ ދޮގެއްކަން ފަޅާ އަރައިފި!
09 ނޮވެމްބަރު 2025

ޚަރަދު ކުޑަކުރުން ލަސްވާތީ އޮޑިޓަރޖެނެރަލްގެ ކެތްތެރިކަން ކޮޅުންލައިފި: "މިހާރު މިއީ އިބިލީހުގެ ކައިވެންޏަށް ވެއްޖެ"

09 ނޮވެމްބަރު 2025
ޚަރަދު ކުޑަކުރުން ލަސްވާތީ އޮޑިޓަރޖެނެރަލްގެ ކެތްތެރިކަން ކޮޅުންލައިފި: "މިހާރު މިއީ އިބިލީހުގެ ކައިވެންޏަށް ވެއްޖެ"
06 ނޮވެމްބަރު 2025

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު
06 ނޮވެމްބަރު 2025

ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

06 ނޮވެމްބަރު 2025
ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް