Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ހިލޭ ޓްރާންސްފާއެއްގައި ގުންޑޮގާން ބާސެލޯނާ އާ ގުޅެނީ

ގުންޑޮގާން ސޮއިކުރުމަށް ހަމަޖެހިފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 22 ޖޫން 2023 | ބުރާސްފަތި 19:40
ގުންޑޮގާން

ގުންޑޮގާން

ހިލޭ ޓްރާންސްފާއެއްގައި ގުންޑޮގާން ސޮއިކުރުމަށް ބާސެލޯނާއިން މެންޗެސްޓާ ސިޓީއާއެކު އެއްބަސްވުމަކަށް އަތުވެއްޖެކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ރިޕޯޓުތަކުން ބުނާގޮތުން އުމުރުން 32 އަހަރުގެ ގުންޑޮގާން ބާސާއާއެކު ސޮއިކުރުމަށް ހަމަޖެހިފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އަދި ތިން ވަނަ އަހަރަށް އިތުރުކުރުމުގެ އިހުތިޔާރާއެކުއެވެ. ސިޓީގައި ހޭދަކުރި ހަތް ސީޒަންގެ މުއްދަތު އިތުރުކުރަން ހުށަހެޅި ހުށަހެޅުމާއި ޕްރިމިއާ ލީގުގެ އާސެނަލް އާއި ސައުދީ އަރަބިއްޔާގެ ކްލަބްތަކުން ހުށަހެޅި ހުށަހެޅުންތައް އޭނާ ވަނީ ބަލައިނުގަނެފައެވެ.

ބާސެލޯނާއަށް މިހާރު ދިމާވެފައިވާ މާލީ މައްސަލަތަކުގެ ސަބަބުން މިއަހަރު އެއްބަސްވުމުގެ މުއްދަތު ހަމަވާ ކުޅުންތެރިންނަށް ބެލުމަށްފަހު، ގުންޑޮގާން ހޯދުމުގެ މަސައްކަތް ފެށީ މާޗް މަހު އެވެ.

ގުންޑޮގާން ގެނައުމަށް ބާސާއިން ނިންމީ މި ސީޒަނުގައި މެސީ ގެނައުމަށް ކުރި މަސައްކަތް ނާކަމިޔާބުވުމުންނެވެ. ޒަވީ ގަބޫލު ކުރާ ގޮތުގައި ޓީމުގެ މެދުތެރޭގެ އުފެއްދުންތެރިކަން އިތުރުކުރަން ޖެހެއެވެ. އަދި މިދިޔަ ސީޒަނުގައި ޕެޑްރީއަށް އަނިޔާވުމާ ގުޅިގެން ޓީމަށް އޭގެ އަސަރު ކުރިކަމަށް ޒަވީ ބުންޏެވެ.

ޖަރުމަނުގެ މިޑްފީލްޑަރު ވަނީ މި ސީޒަނުގައި ކުޅުނު 51 މެޗުގައި 11 ލަނޑު ކާމިޔާބުކޮށް، އެފްއޭ ކަޕްގެ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ދެ ގޯލާއެކު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ސިޓީ ދޫކޮށްލީ ޕްރިމިއާ ލީގުގެ ފަސް ތަށި އަދި ޖުމްލަ 14 ތަށި ހޯދުމަށް ފަހު އެވެ.

ގުންޑޮގަން މެންޗެސްޓާ ސިޓީ ދޫކޮށްލަނީ ސިޓީގެ ތާރީހީ ޓްރެބަލް ހޯދި ޓީމުގެ ކެޕްޓަންކަން ކުރުމަށްފަހުއެވެ.

ބާސެލޯނާގުންޑޮގަން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު