Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވ. އާރަށު ޚިޔާނާތް

ޖަލު ހުކުމުން މިންޖުވެވަޑައިގަތުމަށްޓަކައި، ޔާމީނުގެ ފަރާތްޕުޅުން ހައިކޯޓަށް 14 އިސްތިއުނާފީ ނުކުތާއެއް

ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމުގެ މުއްދަތު ގުނީ ގޯސްކޮށްކަމަށް ބުނެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 21 ޖޫން 2023 | ބުދަ 11:08
ޔާމީނާއި ޔޫސުފް ނައީމަށް ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުން

ޔާމީނާއި ޔޫސުފް ނައީމަށް ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުން

ވ. އާރަށު ޚިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނާއި ޔޫސުފް ނައީމްގެ ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ހައިކޯޓުގައި ބުދަ ދުވަހު އޮތް އަޑުއެހުމަކީ މި މައްސަލާގައި ޔާމީނުގެ ފަރާތްޕުޅުން އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމަށް ބޭއްވި އަޑުއެހުމެކެވެ.

Advertisement - newsAdvertisement

ޔާމީނުގެ ފަރާތުން 14 އިސްތިއުނާފީ ނުކުތާއެއް ހައިކޯޓަށް ހުށަހަޅާފައިވެއެވެ.

ފުރަތަމަ ނުކުތާއަކީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމުގެ މުއްދަތު ކްރިމިނަލް ކޯޓުން ގުނާފައިވާ ގޮތާ ގުޅޭގޮތުން ހުށަހެޅި ނުކުތާއެކެވެ.

ދެން ހިމެނެނީ އެކަށީގެންވާ ޝައްކެއް ނެތި ކުށުގެ ރުކުންތައް ދައުލަތުން ސާބިތުކޮށްދީފައި ނުވާއިރުވެސް، ކުށް ސާބިތުކޮށްދީފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެކެވެ.

އޭގެ އިތުރުން، ގާނޫނުލްއުގޫބާތުގެ ކުށުގެ އުންސުރުތައް ނުބައިކޮށް މާނަކޮށް، ނުބައިކޮށް ތަތުބީގުކޮށް ކުށް ސާބިތުކޮށްފައިވާކަމަށް ބުނެ ހުށައެޅި ނުކުތާއެއްގެ އިތުރުން، ސުޕްރީމް ކޯޓުގެ ބައެއް ގަޒިއްޔާތަކާއި ހައިކޯޓުގެ ގަޒިއްޔާތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި، ކުށުގެ ބައިވެރިންނާއި އަދާވާތްތެރިންގެ ހެކިބަސް ބަލައިގަތުމާ ގުޅޭ ބައިނަލްއަގުވާމީ އުސޫލުތަކާ ޚިލާފަށް، އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ އިތުރުން އަހުމަދު ނާޒިމްގެ ހެކިބަސް ބަލައިގަނެ ކުށް ސާބިތުކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެއްވެސް ހިމެނެއެވެ.

ފަސްވަނަ ނުކުތާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފަށް ދައުލަތުން ހާމަކުރި ހެކިތަކެއް ބަލައިގަނެ، ކުށް ސާބިތުކުރުމުގައި އެ ހެކިތައް ބަލައިގެންފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެކެވެ.

ހަވަނަ ނުކުތާއަކީ ދިފާއުން ހުށަހެޅި ހެކިތައް ބަލައިނުގަތުމަށް އެދި ދައުލަތުން ހުށަހެޅުމެއް ހުށަހެޅުމަކާ ނުލައި، އެ ހެކިންގެ ހެކިބަސްވެސް ނެގި ފަހުން، އައު ހެކި ހުށަހެޅުމަށް ދައުލަތަށް ފުރުސަތުދީ، ދިފާއުގެ ހެކިންނާ ގުޅޭގޮތުން ސުވާލު އުފެއްދުމަށް ފުރުސަތު ދީފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެކެވެ.

ހަތްވަނަ ނުކުތާއަކީ ގާނޫނީ އަސާސެއް ބަޔާން ކުރުމަކާއި ނުލައި، ދިފާއީ ބައެއް ހެކިންގެ ހެކިބަހަށް ބުރަދަނެއް ނުދީ، އަދި ބައެއް ހެކިން ދީފައިވަނީ ދޮގު ހެކިކަމަށް ކަނޑައަޅައި، ދިފާއުން ހެކި އުފައްދާފައިވާކަމަށް ބުނެ ނިންމާފައިވާ ނިންމުމާއި ގުޅިގެން ހައިކޯޓަށް ހުށަހެޅި ނުކުތާއެކެވެ.

އަށްވަނަ ނުކުތާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 47 ވަނަ މާއްދާގެ (ބ) ނުބައިކޮށް މާނަކޮށް ތަތުބީގުކޮށްފައިވާކަމަށާއި، ހަނު ހުރުމުގެ ހައްގަށް އުނިކަން އަންނަ ގޮތަށް މާނަކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެކެވެ. ނުވަވަނަ އިސްތިއުނާފީ ނުކުތާއަކީ އެއްކުށެއްގެ އަމަލުން ފުރިހަމަވެގެންވާ އެހެން ކުށެއްގެ ދައުވާ ސާބިތުކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެކެވެ.

ދިހަވަނަ ނުކުތާއަކީ މާއްދީ ހެކި އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގައި ބަލަންޖެހޭ ޗެއިން އޮފް ކަސްޓަޑީ ބެލެހެއްޓިފައި ނެތް، އަދި ހެކިތަކުގެ ސައްހަކަން ކަށަވަރުނުވާ ހެކިތަކެއް ބަލައިގެންފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެކެވެ.

އެގާރަވަނަ ނުކުތާއަކީ ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލު ކުރުމަށް ޔާމީނު ނިންމަވާފައި ނުވަނީސް، ހެތްކާބެހޭ ގާނޫނާ ޚިލާފަށް އެ ހަގީގަތް ސާބިތުވާކަމަށް ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެކެވެ.

ބާރަވަނަ ނުކުތާއަކީ ސުޕްރީމް ކޯޓުން ޔާމީނުގެ މައްސަލާގައި ކުރިން ނިންމާފައިވާ ގަޒިއްޔާއެއްގައި ކަނޑައަޅާފައިވާ އުސޫލުތައް ނުބައިކޮށް މާނަކޮށް ތަތުބީގުކޮށްފައި ވާކަމަށް ބުނެ ހުށަހެޅި ނުކުތާއެކެވެ.

ތޭރަވަނަ ނުކުތާއަކީ ބައެއް ގާނޫނުތައް ނުބައިކޮށް މާނަކޮށް، އެކަމުގެ މަތީގައި ބައެއް ހެކިތައް ވަޒަންކޮށް، އެ ހެކިތަކަށް ބުރަދަން ދީގެން ކުށް ސާބިތުކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެކެވެ.

ފަހު ނުކުތާއެއްގެ ގޮތުން ހުށައަޅާފައިވަނީ ލިޔުމުން އޮތް ހުކުމާ އިއްވި ހުކުމް ތަފާތުކަމަށް ބުނެ ހުށަހެޅި ނުކުތާއެކެވެ.

ޔާމީނުގެ ފަރާތްޕުޅުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ބާތިލު ހުކުމެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

މިހާރު ކުރިއަށްދަނީ މި ނުކުތާތައް ތަފްސީލުކޮށްދިނުމެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޒު ހަސަން ޝަފީއު, ފަނޑިޔާރު އަލްއުސްތާޒާ ޚުޒައިފާ މުހައްމަދު އަދި އަލްއުސްތާޒު މުހައްމަދު ސަލީމެވެ.

ކްރިމިނަލް ކޯޓްއެމްއެމްޕީއާރްސީ ޚިޔާނާތްކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

ކޮމެންޓް

އިތުރަށް ކިޔާލަން

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު