Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ ކޮލިފައިން

ރެކޯޑު މެޗުގައި ޕޯޗުގަލް މޮޅުކޮށްދިނީ ވެސް ރޮނާލްޑޯ

21 ޖޫން 2023 | ބުދަ 02:50

ރޮނާލްޑޯ ލަނޑު ޖެހީ މެޗުގެ 89 ވަނަ މިނެޓުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖޫން 2023 | ބުދަ 02:50
މެޗުގައި ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ

ޤައުމީ ޓީމަށް 200 މެޗު ހަމަކޮށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ރެކޯޑު ހެދި މެޗުގައި ލަނޑު ޖަހައި ޓީމަށް މުހިންމު މޮޅެއް ހޯދައިދީފި އެވެ.

ގްރޫޕް ޖޭ ގައި ޕޯޗުގަލް އިން އައިސްލެންޑާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށްފައި ވަނީ 1-0 އިންނެވެ. މެޗުގައި ރަނގަޅަށް ކުޅުނީ ވެސް ޕޯޗުގަލް އިންނެވެ. އެ ޓީމުން އައިސްލެންޑުގެ ގޯލަށް އަމާޒުކޮށް ތިން ހަމަލާއެއް ފޮނުވާލިއިރު، އައިސްލެންޑަށް ފޮނުވާލެވުނީ އެންމެ ހަމަލާ އެކެވެ. ނަމަވެސް މެޗުގެ ފަހު ވަގުތު ރޮނާލްޑޯ ވަނީ ލަނޑެއް ޖަހައި ޕޯޗުގަލް އަށް މުހިންމު ތިން ޕޮއިންޓު ހޯދައިދީފަ އެވެ. އެއީ 89 ވަނަ މިނެޓުގައި ގޮންޒާލޯ އިނާސިއޯ ބޮލުން ޖައްސާލި ބޯޅައެއް ގޯލަށް ވައްދާލައިގެން ރޮނާލްޑޯ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ ރޮނާލްޑޯ ޤައުމީ ޓީމަށް ޖަހައިދިން 123 ވަނަ ލަނޑެކެވެ. ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ވެސް އޮންނަނީ އެނާ އަތުގަ އެވެ.

އައިސްލެންޑު މެޗުގެ ކުރިން ރޮނާލްޑޯ އަށް ވަނީ ޖީނިއަސް ވޯލްޑް ރެކޯޑުން ޚާއްސަ ޝީލްޑެއް ހަވާލުކޮށްފަ އެވެ. މީގެ ކުރިން ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުންް ވެސް ރޮނާލްޑޯ އަށް ވަނީ ރެކޯޑު ޝީލްޑު ހަވާލުކޮށްފަ އެވެ. އައިސްލެންޑު އަތުން ހޯދި މޮޅާއެކު ޕޯޗުގަލް އޮތީ ވެސް ގްރޫޕްގެ އެއް ވަނައިގަ އެވެ. އެއީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް ސްލޮވާކިއާ އަށް ލިބެނީ 10 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

ސެންޓްރަލް ޒޯނުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ކިރިގިސްތާން

14 މާރިޗު 2017
ސެންޓްރަލް ޒޯނުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ކިރިގިސްތާން
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
07 މާރިޗު 2017

ރެކޯޑު އަދަދަކަށް ޓީމުތައް ހިމަނައިގެން އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަށަނީ

07 މާރިޗު 2017
ރެކޯޑު އަދަދަކަށް ޓީމުތައް ހިމަނައިގެން އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަށަނީ
14 ފެބުރުއަރީ 2017

ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ

14 ފެބުރުއަރީ 2017
ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ
09 ފެބުރުއަރީ 2017

ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

09 ފެބުރުއަރީ 2017
ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް