Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-އެމެރިކާ

ނިއުކްލިއަރ ހަތިޔާރު ބޭނުންކުރައްވާނެކަމަށް ޕުޓިން ދެއްވާ އިންޒާރަކީ "އަސްލު" އިންޒާރެއް: ބައިޑަން

20 ޖޫން 2023 | އަންގާރަ 18:06

ރަޝިއާގެ އަމަލުތަކަށް ފާޑުކިޔަމުން ދިޔަނަމަވެސް، އެގައުމުން ނިއުކްލިއަރ ހަތިޔާރާ ގުޅިގެން ގެންގުޅޭ ސިޔާސަތުތަކަށް ބަދަލު ނުގެންނާނެކަމަށް އެމެރިކާއިން ބުނޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 20 ޖޫން 2023 | އަންގާރަ 18:06
އެމެރިކާގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން

ނިއުކްލިއަރ ހަތިޔާރު ބޭނުންކުރައްވާނެކަމަށް ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން ދެއްވާ އިންޒާރަކީ "އަސްލު" އިންޒާރެއްކަމަށް, އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ބައިޑަން މިހެން ވިދާޅުވެފައި ވަނީ ހޯމަ ދުވަހުއެވެ.

މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު، ރަޝިއާއިން ބެލަރޫސްގައި އެގައުމުގެ ޓެކްޓިކަލް ނިއުކްލިއަރ ހަތިޔާރު ބަހައްޓަން ފެށުމާއެކު އެކަމަށްވެސް ބައިޑަން ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން އެއީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް ކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ.

ބެލަރޫސްއިން ރަޝިއާގެ ނިއުކްލިއަރ ހަތިޔާރުގެ ޑެލިވަރީ ނަގަންފަށައިފިކަން އެގައުމުގެ ރައީސް އެލެކްޒެންޑަރ ލުކަޝެންކޯ ވަނީ އިއުލާނުކުރައްވާފައެވެ. ލުކަޝެންކޯ ވަނީ އެގައުމުން ނަގަންފަށާފައިވާ ބައެއް ހަތިޔާރުތަކަކީ 1945 ވަނަ އަހަރު އެމެރިކާއިން ޖަޕާނުގެ ހިރޮޝިމާއަށާއި ނަގަސާކީއަށް ވައްޓާލި އެޓޮމިކް ބޮންތަކަށްވުރެ ވަރުގަދަ ހަތިޔާރުތަކެއްކަން ވެސް ފާހަގަކުރައްވާފައެވެ.

މިއީ ސޯވިއެޓް ޔޫނިއަން ރޫޅުނުފަހުން ރަޝިއާއިން ބޭރު ސަރަހައްދެއްގައި އެގައުމުގެ ނިއުކްލިއަރ ހަތިޔާރު ޑިޕްލޯއިކުރާ ފުރަތަމަ ފަހަރެވެ.

ލުކަޝެންކޯ ވަނީ އެގައުމަށް ރަޝިއާއިން މިސައިލާއި ބޮން ލިބިފައިވާކަމަށް ވިދާޅުވެފައެވެ.

މިދިޔަ ހުކުރު ދުވަހު ޕުޓިން ވަނީ، އެހަތިޔާރުތައް ބަދަލުކުރާނީ އެކަމަށް ޚާއްސަ ފެސިލިޓީތައް ގާއިމުކުރެވުމުން ކަމަށް ވިދާޅުވެފައެވެ.

ރަޝިއާގެ ނިއުކްލިއަރ ހަތިޔާރު ބެލަރޫސްގައި ބަހައްޓަން ނިންމައި އެކަން ޕުޓިން އިއުލާންކުރައްވާފައި ވަނީ މާޗު މަހުއެވެ. އަދި އެމެރިކާއަށް، އެގައުމުގެ ނިއުކްލިއަރ ހަތިޔާރު ޔޫރަޕްގެ ގައުމުތަކުގައި ބެހެއްޓޭނަމަ، ރަޝިއާއަށްވެސް އެގޮތަށް އަމަލުކުރެވޭނެ ކަމަށް ޕުޓިން ވަނީ ވިދާޅުވެފައެވެ.

އެމެރިކާއިން ރަޝިއާގެ އަމަލުތަކަށް ފާޑުކިޔަމުން ދިޔަނަމަވެސް، އެގައުމުން ނިއުކްލިއަރ ހަތިޔާރާ ގުޅިގެން ގެންގުޅޭ ސިޔާސަތުތަކަށް ބަދަލު ނުގެންނާނެ ކަމަށްވެސް އެމެރިކާއިން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

އެމެރިކާއިން ޓެރަރިސްޓުންނަށް ހަތިޔާރު ފޯރުކޮށްދޭ: އީރާން

22 އެޕްރީލު 2017
އެމެރިކާއިން ޓެރަރިސްޓުންނަށް ހަތިޔާރު ފޯރުކޮށްދޭ: އީރާން
11 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

11 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ
07 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

07 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު
28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
07 ޖެނުއަރީ 2017

އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް

07 ޖެނުއަރީ 2017
އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް