Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ބޮޑީބޯޑިން ލީގު

ބުރުނު ޝިކާރު: ފޯރިގަދަ ހީޓުތަކަކަށްފަހު މެންސް އޯޕަން ސެމީގެ ޖާގަތައް ކަށަވަރުވެއްޖެ

ސެމީ ފައިނަލް ހީޓުތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހު

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 19 ޖޫން 2023 | ހޯމަ 11:57
ބުރުނު ޝިކާރު މުބާރާތުގެ ތެރެއިން

ބުރުނު ޝިކާރު މުބާރާތުގެ ތެރެއިން

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ޤައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ ބުރުނު ޝިކާރުގެ މެންސް އޯޕަން ސެމީގެ ޖާގަތައް ކަށަވަރުވެއްޖެއެވެ.

މެންސް އޯޕަން ކުއާޓާ ފައިނަލްގެ ހީޓުތައް ކުރިޔަށްދިޔައީ ހޯމަ ދުވަހުއެވެ. މުބާރާތް ރޭވިފައިވާގޮތުން، ކުއާޓާ ފައިނަލުގެ ކޮންމެ ހީޓެއްގެ އެއްވަނަ އަދި ދެވަނަ އެތުލީޓަށް ސެމީ ފައިނަލުން ޖާގަ ލިބޭނެއެވެ. 12 އެތުލީޓުންނާއެކު ކުއާޓާ ފައިނަލުގައި ކުރިޔަށް ދިޔައީ ހަތަރު ހީޓެވެ.

ސެމީގެ ޖާގަ ފުރަތަމަ ކަށަވަރު ކުރީ ރާއްޖޭގެ ޗެމްޕިއަން އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އަދި ޒުވާން ޗެމްޕިއަން އާމިން އުމަރު މޫސާއެވެ. ފުރަތަމަ ހީޓުން ކުޑަ އައްޔަށް އެއްވަނަ ލިބުނު އިރު އާމިން އަށް ލިބުނީ ދެވަނަ އެވެ. ދެވަނަ ހީޓު އަޝްރަފް ހަސަން ކާމިޔާބު ކޮށްފައިވާއިރު ދެވަނަ ލިބުނީ އަލީ ޖާވިދު (ޖާއްޓެ) އަށެވެ.

ކުއާޓާގެ ތިން ވަނަ ހީޓުގައިި އަލީ ޝާމް ރާފިއު އަދި އަހުމަދު ނަޒްމީން ވަނީ އެއްވަރުވެފައެވެ. ނަމަވެސް ޓައި ބްރޭކް އަށް ބެލުމަށްފަހު އެއްވަނަ ލިބުނީ ޝާމް އަށެވެ. ކުއާޓާގެ ފަހު ހީޓު ބޮޑު ތަފާތަކުން ކާމިޔާބުކުރީ އަސްވާން މުހައްމަދު (ދޫނި) އެވެ. ސެމީގެ ފަހު ޖާގަ ލިބުނީ މުހައްމަދު ޖަރީޝް ޖިހާދަށެވެ.

އަންގާރަ ދުވަހު ކުރިޔަށްދާ ސެމީ ފައިނަލްގެ ފުރަތަމަ ހީޓުގައި ވާދަކުރާނީ ކުޑަ އައްޔަ، ޝާމް، ޖާއްޓެ އަދި ޖަރީޝްއެވެ. ދެވަނަ ހީޓުގައި ވާދަކުރާނީ އަޝްރަފް، އަސްވާން، އާމިން އަދި ނަޒްމީންއެވެ.

ކުއާޓާ ފައިނަލްގެ ހީޓުތަކުގެ އިތުރުން ޑްރޮޕް ނީގެ ފުރަތަމަ ރައުންޑުގެ ހީޓެއްވެސް ހޯމަ ދުވަހު ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެ ހީޓުން ކުޑަ އައްޔަ އެއްވަނަ ހޯދާފައިވާއިރު ދެވަނަ ލިބުނީ އިޖާޒް އަށެވެ. ދެ ބައިވެރިންވެސް ވަނީ ކުއާޓާއަށް ދަތުރުކޮށްފައެވެ. ތިންވަނަ ލިބުނު އަޒާން އާއި ހަތަރު ވަނަ ލިބުނު ޖާއްޓެ ދާނީ ދެވަނަ ބުރަށެވެ.

ރާއްޖޭގެ ސާފަރު އަދި މޫދު ކުޅިވަރަށް އެތަކެއް ހިދުމަތެއް ކޮށްދެއްވާފައިވާ އިބްރާހިމް އަހުމަދު ޝަކޫރު (އުބުރޭ) ނިޔާވުމާ ގުޅިގެން ހޯމަ ދުވަހު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައެއް ހީޓުތައް ވަނީ އަންގާރަ ދުވަހަށް ބަދަލުކޮށްފައެވެ. އިބުރޭގެ ހަނދާނުގައި ޚާއްސަ ހަރަކާތެއް އަންގާރަ ދުވަހުގެ ހީޓުތަކަށްފަހު ކުރިޔަށް ގެންދިޔުމަށް އެމްބީބީއޭ އިން ވަނީ ނިންމާފައެވެ.

ބުރުނު ޝިކާރުގެ ސެމީ ފައިނަލް ހީޓުތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުއެވެ. މި މުބާރާތް ކުރިޔަށްދަނީ މާލޭ ސިޓީ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައެވެ.

އިތުރަށް ކިޔާލަން

12 ޖުލައި 2017

ވިމެންސް ފުޓްސަލް ޗެލެންޖް: އަވަ އެފްޓީ އާއި ޓީރެކްސް އަށް މޮޅެއް

12 ޖުލައި 2017
ވިމެންސް ފުޓްސަލް ޗެލެންޖް: އަވަ އެފްޓީ އާއި ޓީރެކްސް އަށް މޮޅެއް
12 ޖުލައި 2017

ވިމެންސް ފުޓްސަލް ޗެލެންޖް: ސިފައިން އަދި ސްޓެލްކޯއަށް މޮޅެއް

12 ޖުލައި 2017
ވިމެންސް ފުޓްސަލް ޗެލެންޖް: ސިފައިން އަދި ސްޓެލްކޯއަށް މޮޅެއް
11 ޖުލައި 2017

ވިމެންސް ފުޓްސަލް ޗެލެންޖް: އަވަ އެފްޓީ އާއި ޓީރެކްސް އަށް ބޮޑު މޮޅެއް

11 ޖުލައި 2017
ވިމެންސް ފުޓްސަލް ޗެލެންޖް: އަވަ އެފްޓީ އާއި ޓީރެކްސް އަށް ބޮޑު މޮޅެއް
10 ޖުލައި 2017

މައިލޯ ވިމެންސް ފުޓްސަލް ޗެލެންޖް ފަށައިފި

10 ޖުލައި 2017
މައިލޯ ވިމެންސް ފުޓްސަލް ޗެލެންޖް ފަށައިފި
24 ޖޫން 2017

ޕާފޯމެންސް މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ނިއުގެ ކޯޗު މަގާމުން ވަކިކޮށްފި

24 ޖޫން 2017
ޕާފޯމެންސް މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ނިއުގެ ކޯޗު މަގާމުން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު