Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

މައިލޯ ވިމެންސް ފުޓްސަލް ޗެލެންޖް ފަށައިފި

މިއީ އަންހެން ބޭކަނބަލުންނަށް އަމާޒުކޮށްގެން އެފްއޭއެމުން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 10 ޖުލައި 2017 | ހޯމަ 04:39
ވިމެންސް ފުޓްސަލް ޗެލެންޗް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ވިމެންސް ފުޓްސަލް ޗެލެންޗް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ފުރަތަމަ ވިމެންސް ފުޓްސަލް މުބާރާތް ފަށައިފިއެވެ.

މި މަހުގެ ނުވަ އިން 20 އަށް، ޖުމްލަ ނުވަ ޓީމާ އެކު ފަށާފައިވާ މި މުބާރާތަކީ، އަންހެން ބޭކަނބަލުންނަށް އަމާޒުކޮށްގެން އެފްއޭއެމްއިން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ. އާދީއްތަ ދުވަހުގެ ރޭ އެފްއޭއެމްގެ 1 ނަމްބަރު ޓާފް ދަނޑުގައި ފެށި މި މުބާރާތުގައި މިހާތަނަށް ދެ މެޗު ކުޅެފައި ވާއިރު، ފުރަތަމަ މެޗުގައި އެމްއެންޔޫގެ މައްޗަށް ދިވެހި ސިފައިންގެ ކްލަބުން ވަނީ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދާފައެވެ.

ސިފައިންގެ ކްލަބުން އެމްއެންޔޫގެ މައްޗަށް ކުރިހޯދީ 25-0 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ކުލަބުގެ ޖާސީ ނަމްބަރު 8 މަރިޔަމް ރިފާއެވެ.

ދެވަނަ މެޗުގައި އެމްޕީއެލްއިން ޕޮލިސް ކުލަބުގެ މައްޗަށް ކުރިހޯދީ 7-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޕީއެލްގެ ޖާސީ ނަމްބަރު 10 އައިމިނަތު ޝާމިލާ އެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގުރޫޕު 1 ގައި ފަސް ޓީމު ވާދަކުރާއިރު ގުރޫޕް 2 ގައި ހަތަރު ޓީމު ވާދަކުރެއެވެ. ގުރޫޕް 1 ގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބާއި، އެމްޕީއެލް އާއި، ޕޮލިސް ކްލަބުގެ އިތުރުން، ސްޓެލްކޯ ރެކްރިއޭޝަން ކްލަބް އަދި އެމްއެންޔޫ އެސްސީ އެވެ. ގުރޫޕް 2 ގައި ހިމެނެނީ ޒެނިތު ސްޕޯޓްސް ކުލަބާއި، އިކުއަޓޯރިއަލް އާއި، ޓީރެކްސް ސްޕޯޓްސް އެކަޑަމީ އަދި އަވާ އެފްޓީއެވެ.

ވިމެންސް ފުޓްސަލް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީގެން އެފްއޭއެމުން ކުރިއަށްގެންދާ މި މުބާރާތުގައި، ގައުމީ އަންހެން ފުޓުބޯޅަ ޓީމަށް ނިސްބަތްވާ އެއްވެސް ކުޅުންތެރިއަކަށް ނުކުޅެވޭނެއެވެ. މީގެ އިތުރުން ބިދޭސީ އެއްވެސް ކުޅުންތެރިއަކަށްވެސް މި މުބާރާތުގައި ނުކުޅެވޭނެއެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

އިސްކޯ ހޯދުމަށް ބާސާ އިން މަސައްކަތް ފަށައިފި

01 މާރިޗު 2017
އިސްކޯ ހޯދުމަށް ބާސާ އިން މަސައްކަތް ފަށައިފި
20 ފެބުރުއަރީ 2017

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

20 ފެބުރުއަރީ 2017
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި
18 ފެބުރުއަރީ 2017

އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި

18 ފެބުރުއަރީ 2017
އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި
18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު