Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ ސިޔާސީ ޕާޓީތައް

މަޖިލީހުގެ މެޖޯރިޓީ ނެގުމަށްފަހު ރައީސް ޔާމީންގެ މައްސަލަތައް ތަހުގީގް ކުރާނަން: ޢަބްދުﷲ ރިޔާޒް

12 ޖުލައި 2017 | ބުދަ 12:16

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މަޖިލީހުން ޖަވާބުދާރީ ކުރުވިޔަ ނުދޭން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 12 ޖުލައި 2017 | ބުދަ 12:16
ކިނބިދޫ ދާއިރާގެ މެންބަރ ޢަބްދުﷲ ރިޔާޒް: ރައީސް ޔާމީން ޖަވާބުދާރީ ކުރުވާނަން

ކިނބިދޫ ދާއިރާގެ މެންބަރ ޢަބްދުﷲ ރިޔާޒް: ރައީސް ޔާމީން ޖަވާބުދާރީ ކުރުވާނަން

މަޖިލީހުގެ މެޖޯރިޓީ ނެގުމަށްފަހު ރައީސް އަބްދުﷲ ޔާމީންގެ މައްސަލަތައް ތަހުގީގް ކުރައްވާނެ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރ ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެވެ.

ރިޔާޒް މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

Advertisement - newsAdvertisement

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒްގައި ބޭއްވި މި ޕްރެސް ކޮންފަރެންސްގައި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުކަންވެސް ކުރައްވާ ޢަބްދުﷲ ރިޔާޒް ވިދާޅުވީ ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެމަނިކުފާނު ޒިންމާދާރު ކުރުވިޔަ ނުދިނުމަށް ކަމަށެވެ.

އިސްލާހީ މަސައްކަތުގައި އުޅުއްވަން ފެއްޓެވުމާއެކު ގިނަގިނައިން ފުލުސް އޮފީހަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ރިޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތައް ކަނޑައެޅުމަށް ދައުލަތުގެ ބަންޑާރަ ނައިބު މެދުވެރިކޮށް ސުޕްރީމް ކޯޓަށްވެސް މައްސަލައެއް ހުށަހަޅުއްވައިގެން އުޅުއްވަނީ އެހެންވެގެން ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހުގެރޭ ރައީސް ޔާމީން ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ދައުލަތުގެ ފައިސާއާ ބެހޭގޮތުން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވާ ރިޔާޒް ވިދާޅުވީ އެވާހަކަތަކަށް އެކަނި ބަލާލިކަމުގައިވިއަސް މަޖިލީހުން ވަރަށް ބޮޑެތި ތަހުގީގް ތަކެއް ހިންގަން ޖެހޭ ކަމަށެވެ.

"ސުޕްރީމް ކޯޓަށްވެސް ވައްދައިގެން މިއުޅޭ މައްސަލައަކީ ހަޤީގަތުގައި މަޖިލިސް ތެރެއިން ސަރުކާރު ޒިންމާދާރު ކުރުވިޔަ ނުދިނުން. އެމަނިކުފާނު ރޭގަ (އަންގާރަ ދުވަހު) ދެއްކެވި ވާހަކަތަކަށް އެކަނި ބައްލަވާލެއްވިއަސް މަޖިލީހުގެ ތެރެއިން ވަރަށް ބޮޑެތި ތަހުގީގް ތަކެއް ހިންގަން ޖެހޭ ވާހަކަތަކެއް ވިދާޅުވެއްޖެ. ރައްޔިތުންގެ ވަރަށް ބޮޑު އަދަދެއްގެ ފައިސާތަކަށް ވީގޮތެއް ނޭނގިގެން މިއުޅެނީ.އެއީ ދައުލަތުގެ ފައިސާ. ރައްޔިތުންގެ ފައިސާ. މީހަކަށް އެ އެއްޗިއްސެއް ނަގައިގެން ނުގެންދެވޭނެ. ފައިސާއެއް ނޫން ބުނަން ޖެހޭނީ ފައިސާގެ މުއާމަލާތް ހިންގި މީހުން ބުނަން ޖެހޭނީ. އެކަން އަޅުގަނޑުމެން މަޖިލީހުގެ މަސައްކަތް ފެށިގެން ދިޔައީމަ ސުވާލުތައް ކުރެވޭނެ. ޖަވާބުދާރީ ކުރުވާނަން. އެމަސައްކަތް އަޅުގަނޑުމެން މިކުރަނީ"ރިޔާޒް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވިސްނުންފުޅު ހުންނަނީ މީހުންނަށް ބިރު ދައްކައިގެން ވެރިކަން ކުރުމަށް ކަމަށާއި މިހާތަނަށް އެމަނިކުފާނުގެ އެޖެންޑާ ކުރިއަށް ގެންދެވި ހުރިހާ ބޭފުޅުންނަށް ވަނީ އަނިޔާވެރިވެފައި ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް