Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަޙުމަދު ފާރިސް މައުމޫން

ޕީޕީއެމް އުފައްދާފައިވަނީ ގަދަކަމުން މެމްބަރުން ހިފަހައްޓާކަށް ނޫން: ފާރިސް

ޕީޕީއެމުން ދަނީ ވަކިވާން އެދުނު މެންބަރުން ވަކި ނުކުރުމަށް ބަހަނާ ދައްކަމުން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 12 ޖުލައި 2017 | ބުދަ 12:13
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން

ޕީޕީއެމް އުފައްދާފައިވަނީ ގަދަކަމުން މެމްބަރުން ހިފަހައްޓަން ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަޙުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ބުދަދުވަހު ފާރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމް އުފައްދާފައިވަނީ ނުރުހުމުގައި ޕާޓީއަށް މީހުން ވައްދައި، ގަދަކަމުން ޕާޓީގައި ހިފަހައްޓައި، މެންބަރުން ލައްވައި މަޖުބޫރުން ވަކި ގޮތަކަށްއަމަލު ކުރުވުމަށް ނޫން ކަމަށެވެ.

Advertisement - newsAdvertisement

ފާރިސް މިގޮތަށް ޓްވީޓް ކުރައްވާފައިވާއިރު، އިސްލާހީ ފިޔަވަޅު އަޅައި ޕީޕީއެމުން ވަކިކޮށްފައިވާ ބައެއް މަޖިލިސް މެންބަރުންގެ މައްސަލަތައް އަލުން ބަލަން ނިންމައި، އެ ފަރާތްތައް އަދި ޕާޓީން ވަކި ނުވާކަމަށް އެފަރާތްތަކަށް ވަނީ އަންގާފައެވެ.

އެގޮތުން ޕީޕީއެމުން ސުލޫކީ ފިޔަވަޅު އަޅައި، ޕާޓީން ވަކިކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް މުޙައްމަދު ވަޙީދު އިބްރާހިމާއި، ގއ. ވިލިނގިލީ ދާއިރާގެ މެންބަރު، ސައުދު ޙުސައިން އާއި ދެކޮޅަށް ސުލޫކީ ކޮމިޓީން ނިންމި މައްސަލައިގައި އިންސާފު ކަށަވަރުކޮށްދިނުމަށް، ޕާޓީގެ ފަރާތުން އެ މައްސަލަ ޕާޓީގެ އިސްތިއުނާފު ކޮމިޓީއަށް ހުށަހަޅާފައިވާކަން އެ މެންބަރުންނަށް ވަނީ އަންގާފައެވެ.

އަދި މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު، މުޙައްމަދު މުސްޠަފާ ޕީޕީއެމްއިން ވަކިވުމަށް އެދިވަޑައިގެން ޕާޓީއަށް ސިޓީ ފޮނުއްވުމުން، މުސްޠަފާ އާއި ގުޅޭ ސުލޫކީ މައްސަލައެއް ބަލަމުންދާތީ ޕީޕީއެމުން ވަކިވުމަށް މުސްތަފާ ފޮނުއްވާފައިވާ ސިޓީއަށް މައްސަލަ ބަލައި ނިމުމުން ޖަވާބެއް ދޭނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.

އެނގިފައިވާ ގޮތުގައި ޕީޕީއެމް މަސައްކަތް ކުރަމުންދަނީ ދާދިފަހުން ޕީޕީއެމްއިން ވަކިވުމަށް އެދިފައިވާ މެމްބަރުން ވަކިކުރުމުގެ ބަދަލުގައި އެމެމްބަރުންގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދާ ކަމަށްބުނެ، ޕާޓީން ވަކިކުރުމަށް ދެކޮޅު ހަދަމުންނެވެ. އަދި ޕާޓީން ވަކިވުން ނުވަތަ ޕާޓީން ވަކިކުރާ މެމްބަރުން މަޖިލިސް ތަފްސީލުކުރާ ގޮނޑި ގެއްލޭގޮތަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަށް ވަކި ގޮތެއް ކަނޑައަޅަން ދެން އެމެމްބަރުން ޕާޓީގެ މެމްބަރުންގެ ގޮތުގައި ބޭތިއްބުމަށްފަހު، ފަހުގެ ތާރީހެއްގައި ޕާޓީން އެމެމްބަރުން ވަކިކުރުމަށެވެ. އޭރުން އެމެމްބަރުން ތަމްސީލު ކުރައްވާ މަޖިލިސް ގޮނޑި ގެއްލޭގޮތަށް ކަންކަން ކުރުމަށް ޕީޕީއެމް މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތަކެއް ދަނީ ފެތުރެމުންނެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު