Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖޭއެސްސީ

ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމާއި ޕާޓީގެ އިންތިޚާބުތަކުގައި ވޯޓުލުމަކީ އެއްވެސް އިރެއްގައި މަނާކަމެއް ނޫން: ޑީޖޭއޭ

18 ޖޫން 2023 | އާދީއްތަ 08:44

ޕާޓީގެ އިންތިޚާބުތަކުގައި ވޯޓުލުމަކީ އެއްވެސް އިރެއްގައި ޝަރުއީ ދާއިރާގެ މެންބަރުންނަށް މަނާކަމެއް ނޫން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 18 ޖޫން 2023 | އާދީއްތަ 08:44
ޖޫޑީޝަލް އިޔަރ ފާހަގަކުުރުން

ޖޫޑީޝަލް އިޔަރ ފާހަގަކުުރުން

ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމާއި ޕާޓީގެ އިންތިޚާބުތަކުގައި ވޯޓުލުމަކީ އެއްވެސް އިރެއްގައި ޝަރުއީ ދާއިރާގެ މެންބަރުންނަށް މަނާކަމެއް ނޫން ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

އެ ޑިޕާޓްމަންޓުން މިގޮތަށް ބުނެފައިވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ހުއްދަވެއްޖެ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ޑީޖޭއޭ އިން ބުނީ ޝަރުއީ ދާއިރާގެ މުވައްޒަފުންނަކީ ސިޔާސީ ކަންކަމުން އެއްކިބާވެ ތިބެންޖެހޭ ބައެއް ކަމަށެވެ. އަދި އަލަށް އަމަލުކުރަން ފެށި ކޯޑް އޮފް ކޮންޑަކްޓުގެ ދަށުން މިކަން ބަދަލުވެފައިނުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އެ އިދާރާއިން ބުނީ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމާއި ޕާޓީގެ އިންތިޚާބުތަކުގައި ވޯޓުލުމާއި ތިމާގެ މީހަކު ވޯޓުލާ މަރުކަޒަށް ގެންދިއުމަކީ އެއްވެސް އިރެއްގައި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މައްޗަށް މަނާވެގެންދާ ކަމެއް ނޫންކަމަށެވެ. އަދި އުވާލެވުނު ބާބު ކަމަށްވާ "ޝައުރީ ދާއިރާގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގައި" ވެސް އޮތީ އެހެން ކަމަށާއި އަދި އެ ބާބުގައި ހިމެނޭ 243 ވަނަ މާއްދާގެ (ކ) ގައި ވޯޓުލާ މަރުކަޒަށް މީހުން ގެންދިއުން އެއީ މަނާކަމެއް ގޮތުގައި ބަޔާންކޮށްފައިވީ ނަމަވެސް ނަސަބުގެ ގޮތުންނާއި މުޞާހަރާގެ ގޮތުން ގާތްތިމާގެ މީހުން" ވޯޓުލާ މަރުކަޒުތަކަށް ގެންދިއުމަށް އިސްތިސްނާކޮށްފައިވާ ކަމަށާއި ކަމަށާއި އެއީ އަލަަށް ހުއްދަވީ ކަމެއް ނޫންކަމަށް ވަނީ ބުނެފައެވެ.

އަލަށް އާއްމު ކުރި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކޯޑްއޮފް ކޮންޑަކްޓަކީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކިބައިން އުއްމީދުކުރާ އަޚުލާގީ މިންގަނޑުތައް ރަނގަޅަށް ބަޔާންވެފައި އޮތުމަކީ ފަނޑިޔާރުގޭގެ މިނިވްނަކަމާއި ވިކިއަތަކަށް ނުޖެހުން ދެމެހެއްޓުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމަށް ގަބޫލުކުރެވޭތީ އާއި އެ ދާއިރާގެ މުވައްޒަފުންނަކީ ޕްރޮފެޝަނަލް ބަޔަކަށް ހެދުމަށް އެކުލަވައިލި ގަވާއިދެއް ކަމަށް ޑީޖޭއޭ އިން ބުންޏެވެ.

މި ކޯޑާއެކު ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގައި ބައިޔާންކޮށްފައިވާ ބައެއް ކަންކަމުގެ ސަބަބުން މިހާރު ދިމާވަމުންދާ އެތައް ކަމަކަށް ހައްލު ލިބި، އޮޅުންތައް ފިލައި މުވައްޒަފުންނަށް ކަންކަން ސާފުވާނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

މީގެ އިތުރުން ގަވާއިދުގެ 243 ވަނަ މާއްދާއާ ޚިލާފަށް ކޯޑް އޮފް ކޮންޑަކްޓުގައި ސިޔާސީ ގޮތުން މަނާ ކަންކަމުގެ ދިގުލިސްޓެއް ހިމެނުމުގެ ބަދަލުގައި ސިޔާސީ ހަރަކާތެއް ހިމެނޭގޮތަށް ސިޔާސީ ކަންކަން މަނާކުރެވިފައިވާ ކަމަށާއި ސިޔާސީ ހަރަކާތްތައް ހިންގުމުގެ ވައްޓަފާޅިއަށް އަންނަ އަވަސް ބަދަލުތަކަށް ރިއާޔަތްކޮށް އެކަންކަމަކީ މަނާވެގެންދާ ކަންކަމުގެ ތެރޭގައި ހިމެނޭކަން ކަށަވަރު ކުރުމަކީ ވެސް މި ކޯޑުގެ ބޭނުމެއް ކަަމަށް ޑީޖޭއޭއިން ބުންޏެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް