Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

ބާސެލޯނާ އިން ކިމިކްގެ ވާހަކަ ދައްކާތީ ބަޔާންގެ ރައީސް ރަތަށް!

އޭނާ ވިދާޅުވި ގޮތުގައި ބާސެލޯނާ އިން އަންނަނީ ވަރަށް ބޮޑަށް ހުޅުވާލެވިގެން ބަޔާންގެ ކުޅުންތެރިންގެ ވާހަކަ އެކި ގޮތްގޮތަށް ދައްކަމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 ޖޫން 2023 | އާދީއްތަ 02:56
ބަޔާނަށް ކުޅެމުން އަންނަ ޖަރުމަނުގެ ޑިފެންޑަރު ކިމިކް

ބަޔާނަށް ކުޅެމުން އަންނަ ޖަރުމަނުގެ ޑިފެންޑަރު ކިމިކް

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ ޑިފެންޑަރުޔޯސުއާ ކިމިކްގެ ވާހަކަ ސްޕެއިންގެ ބާސެލޯނާ އިން ދައްކާތީ އެކުލަބުގެ ރައީސް ހާބާޓް ހައިނާ ރުޅިގަދަވެއްޖެ އެވެ.

އައު ސީޒަނަށް ބާސެލޯނާ އިން ސްކޮޑު ވަރުގަދަ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގަައި އެންމެ އިސްކަމެއް ދެނީ ޑިފެންސް ވަރުގަދަ ކުރުމަށެވެ. އެހެންކަމުން ކިމިކް އަކީ ބާސެލޯނާ އިން އެ މަގާމަށް ކުޅުމަށް ގެންނަން ބޭނުންވާ ކުޅުންތެރިޔެކެވެ. އެކަމާ ގުޅިގެން ކުރެވޭ ސުވާލުތަކަށް އެކި އެކި ޕްރެސް ކޮންފަރެންސް ތަކުގައި ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް އަންނަނީ ޖަވާބު ދެމުންނެވެ.

އެކަމާ ގުޅިގެން ހާބާޓް ވިދާޅުވީ، ބާސެލޯނާ އިން ކިމިކްގެ ވާހަކަ އެހާ ގިނައިން ދައްކަނީ ކީއްވެ ކަމެއް އެއްވެސް ގޮތަކަށް ނޭންގޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބާސެލޯނާ އިން އަންނަނީ ވަރަށް ބޮޑަށް ހުޅުވާލެވިގެން ބަޔާންގެ ކުޅުންތެރިންގެ ވާހަކަ އެކި ގޮތްގޮތަށް ދައްކަމުންނެވެ. ނަމަވެސް ކިމިކް އަކީ ބަޔާނަށް މުހިންމު ކުޅުންތެރިޔެއް ކަމަށާއި، އޭނާ ހުރީ ބަޔާންގެ އެއްބަސްވުމެއްގައި ކަމަށް ވެސް ހާބާޓް ވަނީ ވިދާޅުވެފަ އެވެ. މުސްތަޤުބަލަށް ވެސް ބަޔާނުން ކުރަމުން އަންނަ މަސައްކަތުގައި، އަދި ބަޔާންގެ ޕްލޭންގައި ވެސް އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބަޔާނުން ވެސް އެހެން ކުލަބުތަކުގެ އެއްބަސްވުމުގައި ތިބޭ ކުޅުންތެރިންގެ ވާހަކަ، ހުޅުވާލެވިގެން ނުދައްކާ ކަމަށާއި، އެއީ ރީތި ވެސް ގޮތެއް ނޫން ކަމަށެވެ.

ކިމިކް އެންމެ ފުރަތަމަ 2015 ވަނަ އަހަރު ބަޔާނާ ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ވަނީ އެ އެއްބަސްވުން ތިން އަހަރަށް އިތުރު ކޮށްފަ އެވެ. 2021 ވަނަ އަހަރު އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮއްވާ، ބަޔާނުން ވަނީ އިތުރު ހަތަރު އަހަރުގެ އެއްބަަސްވުމެއް އޭނާ އަށް ހުށަހަޅައިފަ އެވެ. އެހެންކަމުން މިހާރު ކިމިކް ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ބަޔާންގައި މިހާތަނަށް ހޭދަކުރި އަށް ސީޒަނުގައި އޭނާ ވަނީ އެކުލަބަށް 347 މެޗު ކުޅެދީ، 40 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން އެކުލަބާއެކު އޭނާ ވަނީ 19 ތައްޓެއް ވެސް ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

30 މެއި 2017
މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ

މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ

11 މެއި 2017
ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

13 އެޕްރީލު 2017
ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި

ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި

26 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު