Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް ހުއްޓިފައި އޮތުން

މަޖިލީސް ހިސޯރުކޮށްގެން ބަޔަކު މީހުން އުޅެނީ މަޤާމު ގެއްލިދާނެތީ: ޖާބިރު

16 ޖޫން 2023 | ހުކުރު 04:44

ދެތިން މީހަކު ރުޅިއަޔަސް މަޖިލީސް އޮޕަރޭޓް ނުކުރެވި އޮވެގެން ނުވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 ޖޫން 2023 | ހުކުރު 04:44
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ފަށާއިރު ޕްރޮގްރާމުގައި

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ފަށާއިރު ޕްރޮގްރާމުގައި

ރައްޔިތުންގެ މަޖިލީސް ހިސޯރުކޮށްގެން ބަޔަކު މީހުން އުޅެނީ މަޤާމު ގެއްލިދާނެތީ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ ދެތިން މީހަކު ރުޅިއަޔަސް މަޖިލީސް އޮޕަރޭޓް ނުކުރެވި އޮވެގެން ނުވާނެ ކަމަށެވެ. މިހާރު ފެންނަ މަންޒަރަކީ މައިނޯރިޓީން މެޖޯރިޓީގެ މައްޗަށް ރޫލްކޮށްގެން އުޅޭތަން ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޖާބިރު ވިދާޅުވީ މައިނޯރިޓީން މެޖޯރިޓީގެ މައްޗަށް އަމުރު ހިންގައިގެން އުޅޭ ކަމަށާއި މެޖޯރިޓީ މީހުން އަތް އުރާލައިގެން އެކަން ޤަބޫލުކޮށްގެން ނުވާނެ ކަމަށެވެ. ޖާބިރު ވިދާޅުވީ މަޖިލިސް އެގޮތަށް ހުއްޓިފައި އޮވެގެން ނުވާނެ ކަމަށާއި މެޖޯރިޓީ މީހުން ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

ޖާބިރު ވިދާޅުވީ އެއީ އޮންނަ އުސޫލު ނޫން ކަމަށެވެ. އިންތިޚާބު ވެސް ކުރިއަށް އޮތުމާއެކު މަޖިލީހުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާން ޖެހޭކަމަށް ޤަބޫލުކުރައްވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު މިހެން ވިދާޅުވެފައިވާއިރު ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށް އައި ފޯނުކޯލަކާއެކު މަޖިލީހުގެ ޖަލްސާ ވަނީ ނިންމާލާފައެވެ. ބުދަ ދުވަހުގެ ޖަލްސާގައި ރިޔާސަތުގައި އަފީފް އިންނެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަތުމުންނެވެ.

މަޖިލީސް މެދުކަނޑާލީ އިދިކޮޅު ފަރާތްތަކުން އަޑުގަދަކޮށް މަޖިލީހުގެ ނިޒާމް ގެއްލުވާލުމުން މަޝްވަރާކުރުމަށް ކަމަށް ބުނެއެވެ. ނަމަވެސް ޖަލްސާގެ ދެވަނަ ދަންފަޅި ފެށުމުން ވެސް މެންބަރުން ވަނީ ތަޅުމުގައި އަޑުގަދަކޮށް ހަޅޭއްލަވާފައެވެ.

އެގޮތުން އެމްޑީޕީން ވަކިވެ މިހާރު އަމިއްލަ މެންބަރުންގެ ގޮތުގައި ތިއްބެވި 12 މެންބަރުންނާއި އެމްޑީޕީން ވަކިކޮށްފައިވާ މެންބަރަކު ވަނީ މަޖިލީހުގެ ރިޔާސަތުގެ ކައިރިއަށް ގޮސް އަޑުގަދަކުރައްވާފައެވެ.

މެންބަރުންގެ ހަޅޭކާއި ހުރެ މަޖިލީހުގެ އެޖެންޑާގައިވާ މަސައްކަތްތައް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އަދި މަޖިލިސް ކުރިއަށް ދަނިކޮށް އަފީފަށް ފޯނެއް އައުމުން "އާދެ، މި ނިންމާލަނީ" މިހެން ވިދާޅުވުމަށް ފަހު، ދެން އޭނާ ވަނީ މަޖިލީސް ނިންމަވާލައްވާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

22 މާރިޗު 2017

ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް

22 މާރިޗު 2017
ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް
09 މާރިޗު 2017

މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު

09 މާރިޗު 2017
މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު
03 މާރިޗު 2017

ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި

03 މާރިޗު 2017
ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި
02 މާރިޗު 2017

ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

02 މާރިޗު 2017
ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
28 ފެބުރުއަރީ 2017

އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި

28 ފެބުރުއަރީ 2017
އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި
17 ފެބުރުއަރީ 2017

ކޮންވެންޝަން ސެންޓަރު ހަލާކުކޮށްލަން އެއުޅެނީ، ހޮސްޕިޓަލެއް ވެސް ނާޅާނެ: ޔަސްރިފް

17 ފެބުރުއަރީ 2017
ކޮންވެންޝަން ސެންޓަރު ހަލާކުކޮށްލަން އެއުޅެނީ، ހޮސްޕިޓަލެއް ވެސް ނާޅާނެ: ޔަސްރިފް
09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް