Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޯލިޝަން ޕާޓްނަރުންނާ ރައީސް ބައްދަލުކުރެއްވުން

ކޯލިޝަން ޕާޓްނަރުންނާ ރައީސް ސާލިހު ބައްދަލުކުރައްވައިފި، މަޝްވަރާކުރެއްވީ ކެމްޕެއިނާ ގުޅޭގޮތުން

ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއަރޕަރސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ބައިވެރިވެވަޑައިގެންނެވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 15 ޖޫން 2023 | ބުރާސްފަތި 12:59
ރައީސް ސާލިހު، ކޯލިޝަން ޕާޓްނަރުންނާ ބައްދަލުކުރެއްވުން

ރައީސް ސާލިހު، ކޯލިޝަން ޕާޓްނަރުންނާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ތާއީދުކުރައްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އާ އެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ގުޅާލުމުން ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު ވިދާޅުވީ އެމަނިކުފާނު ކޯލިޝަން ޕާޓްނަރުންނާ ބައްދަލުކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ހައިސިއްޔަތުން ނޫންކަމަށެވެ. އެމަނިކުފާނު ކޯލިޝަނާ ބައްދަލުކުރައްވާފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ ހައިސިއްޔަތުން ކަމަށް ވުމާއެކު، އެ ބައްދަލުވުމުގެ އިތުރު މައުލޫމާތު ހިއްސާކުރެވޭނީ އެމްޑީޕީއަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ތަރުޖަމާނު، އަނަސް އަބްދުއްސަތާރު ވަނީ އެފަދަ ބައްދަލުވުމެއް ބާއްވާފައިވާކަން ރާއްޖެ އެމްވީއަށް ކަށަވަރުކޮށްދެއްވާފައެވެ. އެހެންނަމަވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވާ ކަންކަމަކީ ކޮބައިކަން ހާމަކުރައްވާފައެއް ނުވެއެވެ.

އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ ދެ ޕާޓިއަކީ އަދާލަތު ޕާޓީއާއި އެމްޑީއޭއެވެ. ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއަރޕަރސަން އަދި އިކޮނޮމިކް މިނިސްޓަރު، ފައްޔާޒް އިސްމާއީލް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ އާއި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެމްޑީޕީއާއި އަދާލާތު ޕާޓީގެ އިސް ބޭފުޅުންނާއި އެމްޑީއޭގެ ކައުންސިލް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ރާއްޖެ އެމްވީއަށް އިތުބާރުހުރި ފަރާތަކުން މައުލޫމާތު ދެއްވާފައިވާގޮތުގައި، މި ބައްދަލުވުމުގައި ރަސްމީކޮށް ރައީސް ސާލިހުގެ ކެމްޕެއިން ފެށުމާމެދު މަޝްވަރާކުރައްވާފައިވެއެވެ. އަދި ކެމްޕެއިން ސްޓެރެޓެޖީއަކާމެދު މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައި ވާކަމަށް އޭނާ ވިދާޅުވިއެވެ. މި ބައްދަލުވުމުގެ ތަފްސީލްތައް ހިއްސާކުރާނީ ފަހުގެ ތާރީޚެއްގައި، ތިން ޕާޓީން އެކުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ރައީސް ވަނީ މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި ތިއްބެވި އެމްއާރްއެމްއާއި ޖުމްހޫރީ ޕާޓީއަށްވެސް ދައުވަތު ދެއްވާފައެވެ. ރައީސްގެ ދައުވަތަށް އެމްއާރްއެމްއިން އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އަދި ޖޭޕީން ވަނީ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވަކިވަކިން ވާދަކުރަން ނިންމައި އެކަން އިއުލާންކޮށްފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު