Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތަށް 13 އަހަރުފަހުން ބޮޑު ބަދަލެއް!

އިތުރު ތިން އިނާޔަތެއް ވަނީ ތައާރަފު ކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 15 ޖޫން 2023 | ބުރާސްފަތި 09:47
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތަށް ބޮޑު ބަދަލުތަކެއް ވަނީ ގެނެސްފައި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތަށް ބޮޑު ބަދަލުތަކެއް ވަނީ ގެނެސްފައި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތައް ރައްކާތެރިކުރުމާއި މާލި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނެއް ވުޖޫދުވެގެން އައީ 8 ޖުލައި 2010 ވަނަ ދުވަހުއެވެ. އޭގެ ފަސް މަސް ދުވަސް ފަހުން 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކަށް މާލީ އެހީގެ ގޮތުގައި 2000 ރުފިޔާ ދޭން ފެށިއެވެ. ނަމަވެސް ދިރިއުޅުމުގެ ޚަރަދުތަކާއި ތަކެތީގެ އަގުތަކުގެ އަގުތަކަށް މި ފާއިތުވި 13 އަހަރު ދުވަހުގެ ތެރޭގައި މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެހެންކަމުން މި 2000 ރުފިޔާ އަށް އިތުރު ބަދަލެއް ގެނެސްދިނުމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކުން އައީ އެދެމުންނެވެ.

މި ބަދަލު ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ އެކި ފަހަރުމަތިން ވިދާޅުވެފައެވެ. އެމަނިކުފާނުގެ މި ވައުދުފުޅާ އެއްގޮތަށް މިއަދު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތަށް މިވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. އެގޮތުން, ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ 11,371 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު އެ ފަރާތްތަކުގެ އިނާޔަތް 50 އިންސައްތަ ބޮޑުކޮށް މިހާރު މިވަނީ އައު އެލަވެންސްތަކެއް ވެސް ތައާރަފު ކޮށްފައެވެ. އެހެންކަމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ ޕްރޮގްރާމުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ މީހަކަށް މަދުވެގެން މިހާރު 3000 ރުފިޔާ މަހަކު ލިބިގެންދާނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އަސާސީ އިނާޔަތުގެ އިތުރުން ތިން އިނާޔަތެއް މިހާރު ވަނީ ތައާރަފު ކޮށްފައެވެ. އެއީ ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން އަމިއްލައަށް ނޫޅެވޭ ނުވަތަ އެހެން ފަރާތަކުން ބަލަހައްޓަން ޖެހޭ ފަރާތްތަކަށް ދޭ ކެއަރަރ އެލަވެންސާއި ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން އަސާސީ ބޭނުންތަކަށް އާއްމުކޮށް ބޭނުން ކުރަން ޖެހޭ އިތުރު ތަކެތި ހޯދުމުގެ އެހީއެއްގެ ގޮތުގައި ދޭ ސެލްފް ކެއަރ އެލަންވެންސާއި އާއިލާގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަދަދު އިތުރުނަމަ ދޭ އެލަވެންސެވެ. ހާލަތަށް ރިއާޔަތްކޮށް ދޭ މި އެލަވެންސްތަކާއެކު 6000 ރުފިޔާއަށް އިނާޔަތް ބޮޑުވެގެން އެބަދެއެވެ. އެއީ މިހާރު ލިބޭ އަދަދާ އަޅާ ބަލާއިރު 200 އިންސައްތައިގެ އިތުރުވުމެކެވެ.

ސަރުކާރުން މިހާރު ގެނައި ބަދަލާއެކު ރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ އާބާދީގެ 42 އިންސައްތަ މީހުންނަށް މަހަކު އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ލިބިގެންދާނެއެވެ. އަދި ސެލްފް ކެއަރ އެލަވެންސާއެކު މި އާބާދީގެ 15 އިންސައްތަ މީހުންނަށް މަހަކު 4000 ރުފިޔާ ލިބިގެންދާއިރު ކެއަރަރ އެލަވެންސާއެކު 25 އިންސައްތަ މީހުންނަށް 5000 ރުފިޔާ އަދި 15 އިންސައްތަ މީހުންނަށް ކެއަރަރ އެލަންވެސާއި ސެލްފް ކެއަރ އެލަވެންސާއެކު 6000 ރުފިޔާ ލިބިގެންދާއެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ އާބާދީގެ 3 އިންސައްތަ މީހުންނަށް އާއިލާގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަދަދު އިތުރުނަމަ ދޭ އެލަވެންސާއެކު އިތުރު 1000 ރުފިޔާ ކޮންމެ މަހަކު ލިބިގެންދާނެއެވެ. މި އެލަވެންސް ލިބޭނީ އެއް ގޭބިސީއެއްގައި ނުކުޅެދުންތެރިކަން ހުންނަ ތިނެއް ނުވަތަ އެއަށްވުރެ ގިނަ މީހުން ހިމެނޭ ފަރާތްތަކަށެވެ.

އަލަށް ތިން އެލަވެންސެއް ސަރުކާރުން ތައާރަފު ކޮށްފައިވާއިރު މި ތިން އެލަވެންސް ވެސް ލިބޭނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން 65 އަހަރުން ދަށުގެ މީހުންނަށެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި އަށް ގިންތިއެއްގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އެބަތިއްބެވެ. އެއީ ޖިސްމާނީ ނުކުޅެދުންތެރިކަމާއި ވިސްނުމުގެ ނުކުޅެދުންތެރިކަމާއި އަޑު އެހުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަމާއި ފެނުމުގެ ނުކުޅެދުންތެރިކަމާއި އޯޓިޒަމާއި ނަފްސާނީ ނުކުޅެދުންތެރިކަމާއި އުނގެނުމުގެ ނުކުޅެދުންތެރިކަމާއި އެއް ނުކުޅެދުންތަކަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފުލުހުންނަށް އަހަރަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެނީ ހަމައެކަނި ރައީސް ޔާމީން ޙިމާޔަތްކުރާކަށް ނޫން!

ފުލުހުންނަށް އަހަރަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެނީ ހަމައެކަނި ރައީސް ޔާމީން ޙިމާޔަތްކުރާކަށް ނޫން!

28 ޑިސެމްބަރު 2017
ފުލުހުންނަށް އޮޅިގެން ކުރެވޭ ކަންތަކުން ދައުލަތުގައި "މޮޔަ" ސިފަ ޖެހިފައި؟

ފުލުހުންނަށް އޮޅިގެން ކުރެވޭ ކަންތަކުން ދައުލަތުގައި "މޮޔަ" ސިފަ ޖެހިފައި؟

21 ޑިސެމްބަރު 2017
އެއީ ކޮން މިލިއަން ޑޮލަރެއްތޯ؟ ހަނު ހުންނަވައިގެން ފަރުޖެއްސޭކަށް ނެތް!

އެއީ ކޮން މިލިއަން ޑޮލަރެއްތޯ؟ ހަނު ހުންނަވައިގެން ފަރުޖެއްސޭކަށް ނެތް!

03 ނޮވެމްބަރު 2017
ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017
ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!

ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!

29 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު