Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖަމީލްގެ ތައުޒިޔާގެ ދަފްތަރު

ޢަބްދުﷲ ޖަމީލްގެ ތަޢުޒިޔާގެ ދަފްތަރު ހުޅުވާފައި ހުންނަ މުއްދަތު އިތުރުކޮށްފި

ދަފުތަރު ހުޅުވާފައި ހުންނާނީ މި ހިނގާ ޖޫން މަހުގެ 19 ވާ ހޯމަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 10:00 ން މެންދުރުފަހު 1:00 އަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 ޖޫން 2023 | ބުރާސްފަތި 08:58
އަބްދުﷲ ޖަމީލްގެ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޮއިކުރައްވަނީ

އަބްދުﷲ ޖަމީލްގެ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޮއިކުރައްވަނީ

ދިވެހި ދައުލަތަށް 54 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ މާފަންނު ދޫރެސް ޢަބްދުﷲ ޖަމީލް އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހުޅުވާފައިވާ ދަފްތަރު ހުޅުވާފައި އޮންނަ މުއްދަތު އިތުރުކޮށްފިއެވެ.

އެގޮތުން މިހާރު ތަޢުޒިޔާގެ ދަފުތަރު ހުޅުވާފައި ހުންނާނީ މި ހިނގާ ޖޫން މަހުގެ 19 ވާ ހޯމަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 10:00 ން މެންދުރުފަހު 1:00 އަށެވެ.

Advertisement - newsAdvertisement

ތަޢުޒިޔާގެ ދަފްތަރުގައި ސޮއިކުރަން ބޭނުންވާނަމަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ގޮސް، ދަފްތަރުގައި ސޮއިކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި ވަނީ ޢަބްދުﷲ ޖަމީލް (ނ.ޢ.ޢ.ވ)ގެ އަވަހާރަވުމަކީ މުޅި ޤައުމަށް ލިބުނު ހިތާމައެއް ކަމަށެވެ. އަދި މަރްޙޫމްގެ 54 އަހަރުގެ ޤައުމީ ޚިދުމަތުގައި ފާހަގަކުރެވިގެން ދަނީ ކޮންމެ ކަމެއްގައިވެސް ދިވެހި ދަޢުލަތާއި ރައްޔިތުންގެ މަސްލަޙަތަށް އިސްކަންދެއްވި ބޭފުޅެއްގެ ގޮތުގައިކަން ވެސް ރައީސް ލިޔުއްވި ބަޔާނުގައިވެއެވެ.

އަދި ދިވެހިރާއްޖޭގެ ޤައުމީ ހަޔާތުގަޔާއި ބަރުލަމާނީ ހަޔާތުގައި އަދާކުރައްވާފައިވާ ޚިދުމަތްތެރި ދައުރަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާން ނިންމަވާލައްވާފައި ވަނީ މަރްޙޫމް ޢަބްދުﷲ ޖަމީލް (ނ.ޢ.ޢ.ވ)ގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވައި ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރުކުރެއްވުމަށް ދުޢާ ދަންނަވަމުންނެވެ.

އަލްމަރްޙޫމް ޢަބްދުﷲ ޖަމީލް (ނ.ޢ.ޢ.ވ)ގެ ހަނދާނުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހުޅުވި ތަޢުޒިޔާގެ ދަފުތަރުގައި މަރްޙޫމްގެ ޚިދުމަތްތަކުގެ ހަނދާންތައް އައުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވެސް ވަނީ ބަޔާނެއް ލިޔުއްވާފައެވެ.

އިތުރަށް ކިޔާލަން

15 ޖުލައި 2017

މިއުޅެނީ ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ އަތްމައްޗަށް ގެނައުމަށް:އަހުމަދު ޢަބްދުﷲ

15 ޖުލައި 2017
މިއުޅެނީ ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ އަތްމައްޗަށް ގެނައުމަށް:އަހުމަދު ޢަބްދުﷲ
12 ޖުލައި 2017

މަޖިލީހުގެ މެޖޯރިޓީ ނެގުމަށްފަހު ރައީސް ޔާމީންގެ މައްސަލަތައް ތަހުގީގް ކުރާނަން: ޢަބްދުﷲ ރިޔާޒް

12 ޖުލައި 2017
މަޖިލީހުގެ މެޖޯރިޓީ ނެގުމަށްފަހު ރައީސް ޔާމީންގެ މައްސަލަތައް ތަހުގީގް ކުރާނަން: ޢަބްދުﷲ ރިޔާޒް
30 އެޕްރީލު 2017

ޙާޒިރުކުރީ ޖޭޕީއަށް މެންބަރުން ގެންނަ ގޮތާ ގުޅޭގޮތުން ސުވާލު ކުރުމަށް: ޢަބްދުﷲ ރިޔާޒް

30 އެޕްރީލު 2017
ޙާޒިރުކުރީ ޖޭޕީއަށް މެންބަރުން ގެންނަ ގޮތާ ގުޅޭގޮތުން ސުވާލު ކުރުމަށް: ޢަބްދުﷲ ރިޔާޒް
30 އެޕްރީލު 2017

ޢަބްދުﷲ ރިޔާޒް އަނެއްކާވެސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

30 އެޕްރީލު 2017
ޢަބްދުﷲ ރިޔާޒް އަނެއްކާވެސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި
11 އެޕްރީލު 2017

ޖުޑިޝަރީއިން ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުމުގެ ފުރުސަތު ހުޅުވާލައިފި

11 އެޕްރީލު 2017
ޖުޑިޝަރީއިން ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު