Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޢަބްދުﷲ ރިޔާޒް

ޙާޒިރުކުރީ ޖޭޕީއަށް މެންބަރުން ގެންނަ ގޮތާ ގުޅޭގޮތުން ސުވާލު ކުރުމަށް: ޢަބްދުﷲ ރިޔާޒް

މިހާރު ޤާސިމް އާމެދު ކުރެވޭ ތުހުމަތު ރަނގަޅު ނޫންކަމަށް ޤަބޫލުކުރެވޭނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 30 އެޕްރީލު 2017 | އާދީއްތަ 23:22
ރިޔާޒް ރާއްޖެ ޓީވީއަށް މައުލޫމާތު ދެއްވަނީ

ރިޔާޒް ރާއްޖެ ޓީވީއަށް މައުލޫމާތު ދެއްވަނީ

ކުއްލިގޮތަކަށް އާދީއްތަ ދުވަހުގެރޭ (މިރޭ) ފުލުސް އޮފީހަށް ހާޒިރުކުރީ މިވަގުތު ޖަލުގައި ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ މައްސަލައިގައި ބަޔާނެއް ނެގުމަށް ކަމަށާއި މައިގަނޑު ގޮތެއްގައި ޖުމްހޫރީ ޕާޓީއަށް މެންބަރުން ހޯދާގޮތާގުޅޭގޮތުން ސުވާލު ކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ފުލުސް އޮފީހަށް ހާޒިރުވެވޑައިގެން 2 ގަޑިރަށްވުރެ ގިނައިރު ފުލުސް އޮފީހުގައި ހޭދަކުރެއްވުމަށްފަހު ނިކުމެވަޑައިގެން ރިޔާޒް ވިދާޅުވީ ހާޒިރު ކުރެވުނީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް އާ މެދު ކުރެވޭ ތަހުގީގަށް ބަޔާނެއް ނެގެވުމަށް ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ކުރެވުނު ސުވާލުތަކުގެ ގޮތުގައި ރިޔާޒް ވިދާޅުވީ ޖުމްހޫރީ ޕާޓީ ހިންގާ ގޮތާއި އެޕާޓީއަށް މެންބަރުން ހޯދާގޮތާއި ކެންޑިޑޭޓުންނަށް ޓިކެޓް ދޭ ގޮތާ ބެހޭ ގޮތުން ސުވާލު ކުރެވުނު ކަމަށެވެ.

ރިޔާޒް ވިދާޅުވީ މައިގަނޑު ގޮތެއްގައި ޕާޓީ ހިންގާ ގޮތާ ގުޅޭގޮތުން ސުވާލު ކުރެވުނު އެސުވާލުތަކަށް ވަރަށް ރަނގަޅަށް ޖަވާބު ދެއްވާފައިވާނޭ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ އެޕާޓީ ހިންގާގޮތާ ގުޅޭގޮތުން ފަހަރުގައި މިރެއާ ހަމަައަށް ފުލުހުންނަށް ނޭނގޭ ބައެއް ކަންކަން ހުރިނަމަވެސް މިހާރު އެކަންކަން ސާފުވާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ އެޕާޓީގެ ޕީޖީ ގުރޫޕްގައިވެސް ވަރަށް ބޮޑަށް ކަންކަމުގައި މަޝަވްރާ ކުރެވިގެން ހިންގާ ޕާޓީއެއް ކަމަށާއި އެކަމުގެ ހެކި ޔައުމިއްޔާތަކުން ފެންނަން ހުންނާނެ ކަމަށެވެ.

ރިޔާޒް ވިދާޅުވީ ރިޔާޒްގެ ބަޔާނާ ގުޅިގެން ޤާސިމްއަށް ކުރާ ތުހުމަތަކީ ރަނގަޅު ތުހުމަތެއް ނޫންކަން އެނގިގެން ދާނެކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އަދި ޤާސިމާމެދު ލުއިގޮތެއް ފެނިގެން ހިނގައިދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރިޔާޒް ވިދާޅުވީ އެޕާޓީގެ އިތުރު މެންބަރުން ސުވާލު ކުރެއްވުމަށް ފުލުސް އޮފީހަށް ހާޒިރު ކުރާނެކަމަށް ބެލެވޭ ކަމަށެވެ.

ރިޔާޒް ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް މެންބަރުން ގެންނަ ގޮތާ ގުޅޭގޮތުން ސުވާލު ކުރައްވާއިރު ޖޭޕީގެ ޓިކެޓްގައި ހޮވިވަޑައިގެން ޕީޕީއެމަށް 9 މެންބަރަކު ބަދަލުވެފައި ކަމަށާއި ނަމަވެސް އެއިން އެއްވެސް މެންބަރަކު ޖޭޕީއަށް ބަދަލުވެފައި ނުވާކަމަށެވެ. އެހެންކަމުން ޖޭޕީން ޕީޕީއެމަށް ބަދަލުވި ގޮތާއި ބަދަލުވި ސަބަބު ހޯދުން މާރަނގަޅުވާނެކަމަށް ފުލުހުންގާތު ދެންނެވިކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒްގެ ފުލުސް އޮފީހަށް ވަޑައިގެންނެވީ ޤާނޫނީ ވަކީލުން ކަމުގައިވާ މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރ މާރިޔާ އަހުމަދު ދީދީއާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރުއާ އެކުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

12 ފެބުރުއަރީ 2017
މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

12 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު