Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޢަބްދުﷲ ރިޔާޒް ޕޮލިހަށް

ޢަބްދުﷲ ރިޔާޒް މިރޭ ޕޮލިހަށް ހާޒިރުވަން އަންގައިފި

ސަރުކާރުގެ ބޭނުމަކީ ހަތަރު ލީޑަރުން ގުޅިގެން ފަށާފައިވާ އިސްލާހީ މަސައްކަތައް ވަގުތު ނުދިނުން. އެހެންނަމަވެސް އެކަން ކާމިޔާބު ނުކުރެވޭނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 2 އެޕްރީލު 2017 | އާދީއްތަ 18:21
ޢަބްދުﷲ ރިޔާޒް: މިދިޔަ މަހުގެ 28 ވަނަ ދުވަހު ވެސް ފުލުސް އޮފީހަށް ވަނީ ހާޒިރުކޮށްފައި

ޢަބްދުﷲ ރިޔާޒް: މިދިޔަ މަހުގެ 28 ވަނަ ދުވަހު ވެސް ފުލުސް އޮފީހަށް ވަނީ ހާޒިރުކޮށްފައި

ކުރީގެ ޕޮލިސް ކޮމިޝަނަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް އަނެއްކާ ވެސް އާދީއްތަ ދުވަހުގެ ރޭ (މިރޭ) ފުލުސް އޮފީހަށް ހާޒިރު ވުމަށް ޗިޓް ފޮނުވައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރކަންވެސް ކުރައްވާ ޢަބްދުﷲ ރިޔާޒް ވިދާޅުވީ އާދީއްތަ ދުވަހުގެރޭ (މިރޭ) 8:00 އަށް ފުލުސް އޮފީހަށް ހާޒިރު ވުމަށް އަންގާ ޗިޓް ހަވާލުކޮށްފައިވާ ކަމަށެވެ.

ރިޔާޒް ވިދާޅުވީ ޗިޓް ފޮނުވާފައި ވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށާއި ފުލުސް އޮފީހަށް ހާޒިރު ކުރަނީ ކުރިންވެސް ހާޒިރު ކޮށްފައިވާ މައްސަލައިގައި ކަމަށެވެ.

މާރޗް މަހުގެ 28 ގައި ޕޮލިހަށް ހާޒިރުކޮށް އޭނާގެ މައްޗަށް ދެ ތުހްމަތެއް ކޮށްފައިވެ އެވެ. ރިޔާޒް ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް ކޮށްފައިވާ ފުރަތަމަ ތުހުމަތަކީ، ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ސިޔާސީ ވާހަކައަކާ ގުޅިގެން ކަމަށެވެ. އެ ވާހަކައަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ޤައުމު މާފިއާ ގޭންގަކާއި ހަވާލުކުރަން ބޭނުން ނުވާކަމަށް ވިދާޅުވެފައިވާތީ އެކަމާ ގުޅޭ ގޮތުން ކަމަށް ރިޔާޒު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2017

ރައީސް މައުމޫނަށް ދެއްވާ ސެކިއުރިޓީ ހުއްޓައެއް ނުލެވޭނެ: އަބްދުﷲ ރިޔާޒް

09 މާރިޗު 2017
ރައީސް މައުމޫނަށް ދެއްވާ ސެކިއުރިޓީ ހުއްޓައެއް ނުލެވޭނެ: އަބްދުﷲ ރިޔާޒް
07 މާރިޗު 2017

ފުލުހުން ބަލާ މައްސަލައަކާ ގުޅިގެން ރާއްޖެޓީވީގެ އަޒްމޫނާއި ފައިރޫޒް ޕޮލިހަށް ހާޒިރުކޮށްފި

07 މާރިޗު 2017
ފުލުހުން ބަލާ މައްސަލައަކާ ގުޅިގެން ރާއްޖެޓީވީގެ އަޒްމޫނާއި ފައިރޫޒް ޕޮލިހަށް ހާޒިރުކޮށްފި
01 މާރިޗު 2017

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
19 ފެބުރުއަރީ 2017

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ
15 ފެބުރުއަރީ 2017

ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް

15 ފެބުރުއަރީ 2017
ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު