Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުޅިފައިވާ ސިޔާސީ ޕާޓީތައް

މިއުޅެނީ ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ އަތްމައްޗަށް ގެނައުމަށް:އަހުމަދު ޢަބްދުﷲ

މިރާއްޖޭގެ ރިޔާސަތުވެސް ބަދަލު ކުރާނަން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 15 ޖުލައި 2017 | ހޮނިހިރު 20:57
އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ޢަބްދުﷲ

އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ޢަބްދުﷲ

އިސްލާހަށް މަސައްކަތް ކުރާ ފަރާތްތަކުން ކުރަމުންދާ މަސައްކަތަކީ ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ އަތްމައްޗަށް ގެނައުން ކަމަށް ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރ އަހުމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އަހްމަދު ޢަބްދުﷲ މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ނ. މަނަދޫގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އަހުމަދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރަށްރަށަށް ދަތުރު ކުރާތީ ސަރުކާރުން ވަރަށް ބިރުގަންނަ ކަމަށާއި ތުރުތުރު އަޅާ ކަމަށެވެ.

މިދަތުރުތަކުގެ ބޭނުމަކީ އަހުމަދު ވިދާޅުވި ގޮތުގައި މިސަރުކާރު ނިމުމަކަށް ގެނައުން ކަމަށާއި މަސައްކަތް ކުރަނީ ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ އަތްމައްޗަށް ގެނައުމަށް ކަމަށެވެ.

" މިއުޅެނީ އެމަޖިލީހުގެ ރައީސް މަސީހުއާ ޒާތީ ވެގެންނެއް ނޫން. މިއުޅެނީ އިސްލާހަށް ކުރާ މަސައްކަތައް ހުރަސްއަޅާތީ އެ ރިޔާސަތު ބަދަލުކުރަން.މިޤައުމުގައި ހިނގާދިޔަ ރައްޔިތުންނާ ގުޅުން ހުރި ބޮޑެތި ކަންކަން އެމަޖިލީހަށް ވެއްދީމާ މަސީހު ހުރަސްއެޅީތީ އެކަން ކުރެވޭނެ ގޮތް ހަދަން މިއުޅެނީ. 45 އެއް ނޫން 60 އަށް އަރުވާ މިރާއްޖޭގެ ރިޔާސަތުވެސް ބަދަލު ކުރާނަން." އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

އަހުމަދު ޢަބްދުﷲ ވިދާޅުވީ ރައްޔިތުންގެ ޚަޒާނާއިން ވަގަށް ނެގި ފައިސާ އެކަން ކުރި އެންމެން ބަންދުކޮށްގެން ނަމަވެސް ގެނެސް ޚަޒާނާއަށް ލާނަން ކަމަށާއި ވައްކަން ކޮށްފައެއް ނުތިބެވޭނެ ކަމަށެވެ.

"ލާރި ނެގިކަން ނޭނގެންޏާ ގޭގައި އޮވޭ. ހޯދާފައި ދައްކާނަން. މިކަންކަން ބަލަން ފެށީމާ މަޖިލިސް ހިސޯރުކޮށްގެންގެން ތިއްބަކަ ނުދޭނަން. 24 ވަނަ ދުވަހު މިކްނ ކާމިޔާބު ކުރާނަން. ޤާނޫނީ އިމުގެ ތެރެއިން މަސައްކަތްކޮށް މިސަރުކާރު ބަދަލުކުރާނަން." އަހުމަދު ވިދާޅުވިއެވެ

މި ޖަލްސާގައި މާލޭ ސިޓީގެ މޭޔަރ ސިފާ މުހައްމަދު ވިދާޅުވީ ޤައުމު ހެޔޮ ފާލަށް އެޅުވުމަށް ނުކުންނަން ޖެހޭނީ ރައްޔިތުން ކަމަށާއި މީގެ ކުރިންވެސް ވަނީ އެގޮތައް ނުކުމެގެން ކާމިޔާބުތަކެއް ހޯދާފައި ކަމަށެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު