Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޯޓުތަކަށް ތަރުޖަމާނުން ހޯދުން

ޖުޑިޝަރީއިން ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުމުގެ ފުރުސަތު ހުޅުވާލައިފި

ޝަރީއަތް ކުރެވޭ ބަސް ނޭނގޭ ނުވަތަ ވާހަކަ ދެއްކުމާއި، އަޑު އިވުމުން މަހްރޫމްވެފައިވާ ޚަޞްމުންނާއި، ހެކިންނާއި، ޚަބީރުންނަށް ތަރުޖަމާނުންގެ އެހީތެރިކަން ލިބިގެންދާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 11 އެޕްރީލު 2017 | އަންގާރަ 16:41
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ޝަރީއަތްތަކަށް ބޭނުންވާ ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަންގާރަ ދުވަހު ޑީޖޭއޭއިން ކޮށްފައިވާ އިއުލާނެއްގައި ވަނީ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތަރުޖަމާނުން ހަމަޖައްސަންޖެހޭ ހާލަތްތަކުގައި، ފަސޭހަކަމާއެކު އެކަން ހަމަޖެއްސުމުގެ މަގު ޝަރުއީ ކޯޓުތަކަށް ފަހިކޮށްދިނުމުގެ ގޮތުން، ތަރުޖަމާނުންގެ ދަފްތަރެއް ޑީޖޭއޭގައި ގާއިމުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެ ޖަދުވަލެއްގެ މައްޗަށް އެކުލަވާލެވިފައިވާ މި ދަފްތަރުގެ ޖަދުވަލު 1 ގައި ހިމެނެނީ، ބަސް ތަރުޖަމާކޮށްދޭ މީހުންގެ ލިސްޓެވެ. އަދި ޖަދުވަލް 2 ގައި ހިމެނެނީ ވާހަކަ ދެއްކުމާއި، އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންގެ ތަރުޖަމާނުންގެ ލިސްޓެއް ކަމަށް ޑީޖޭއިން ބުނެއެވެ.

ޑީޖޭއޭއިން ބުނީ އެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ބޭނުންވާ ފަރާތްތަކުން، އެކަމަށްއެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާއި، އެޕްލިކޭޝަން ފޯމްގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ހުށަހެޅުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

ޑީޖޭއޭއިން ބުނީ ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއްގެ އެހީތެރިކަން ޝަރުއީ ކޯޓަކުން ހޯދައިފިނަމަ، ކަނޑައެޅިފައިވާ އުސޫލުން އުޖޫރަ ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2017

އޭސީސީއަށް މިއަހަރުގެ 3 ވަނަ ކުއާރޓާގައި 167 މައްސަލަ ރަޖިސްޓްރީކޮށްފި

15 އޮކްޓޯބަރު 2017
އޭސީސީއަށް މިއަހަރުގެ 3 ވަނަ ކުއާރޓާގައި 167 މައްސަލަ ރަޖިސްޓްރީކޮށްފި
10 އޮކްޓޯބަރު 2017

ޕާޓީގެ ރަޖިސްޓްރީގައިވާ އެއްވެސް ގޮތްޕެއް ނުއުވޭނެ: އެމްޑީޕީގެ ޗެއަރޕަރސަން

10 އޮކްޓޯބަރު 2017
ޕާޓީގެ ރަޖިސްޓްރީގައިވާ އެއްވެސް ގޮތްޕެއް ނުއުވޭނެ: އެމްޑީޕީގެ ޗެއަރޕަރސަން
31 ޖުލައި 2017

މިއަހަރުގެ ފުރަތަމަ ހަމަހުގެ ތެރޭގައި 426 މައްސަލަ އޭސީސީގައި ރަޖިސްޓްރީ ކޮށްފި

31 ޖުލައި 2017
މިއަހަރުގެ ފުރަތަމަ ހަމަހުގެ ތެރޭގައި 426 މައްސަލަ އޭސީސީގައި ރަޖިސްޓްރީ ކޮށްފި
30 މެއި 2017

ބްރޮޑްކާސްޓިން ކޮމިޝަނުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި އެއް ލައްކަ ރުފިޔާ ފަރަގު އެބަހުރި: އޮޑިޓް ރިޕޯޓް

30 މެއި 2017
ބްރޮޑްކާސްޓިން ކޮމިޝަނުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި އެއް ލައްކަ ރުފިޔާ ފަރަގު އެބަހުރި: އޮޑިޓް ރިޕޯޓް
22 މެއި 2017

އޭސީސީގައި ރަޖިސްޓްރީ ކުރި މައްސަލަތަކުގެ ޢަދަދު އިތުރުވެއްޖެ

22 މެއި 2017
އޭސީސީގައި ރަޖިސްޓްރީ ކުރި މައްސަލަތަކުގެ ޢަދަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު