Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިދިކޮޅު އިއްތިޙާދު

ރައީސް ޔާމީންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖެހުނަސް ނަގާނަން: ޢަބްދުﷲ ރިޔާޒް

ބަންޑާރަ ނައިބާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ލާނެކަން ހާމަކުރި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 30 މާރިޗު 2017 | ބުރާސްފަތި 17:47
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް

ޤައުމު އިސްލާހު ކުރުމަށްޓަކާ ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށާއި އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންޖެހިއްޖެ ނަމަ، ފަސްޖެހުމެއް ނެތި އެކަންވެސް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަޤާމުވެސް ފުރުއްވާ ރިޔާޒް ވިދާޅުވީ، ޤައުމު ހަމަ މަގަށް އެޅުވުމަށް، ވަކި މީހަކަށް ބެލުމެއް ނެތް ކަމަށާ، ރައީސުލް ޖުމްހުރިއްޔާ މަޤާމުން ދުރުކުރަން ޖެހުނަސް، އެކަމާވެސް އެއްވެސް ޖެހިލުމެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement
"ޤައުމު ހަމަމަގަށް އެޅެން އަންނަނީ އެކިއެކި ކޮމިޝަން ތަކުގައި ތިބި ބޭފުޅުން ބަދަލުކޮށްގެން ކަމުގައި ވާނަމަ، އެކަންކަން ކުރަން އަޅުގަނޑު ހަމަ ގައިމުވެސް މިހިރީ ތައްޔާރަށް، އެކަމަށް ވަކާލާތު ވެސް ކުރާނަން. ވަކި މީހަކަށް ބެލުމެއް ނެތް. އެއީ އަދި ރައީސުލްޖުމްހުރިއްޔާގެ އިމްޕީޗްމަންޓަކާ ހަމައަށް ދާންޖެހުނަސް، އަޅުގަނޑުގެ ނެތް ހަމަ އެއްވެސް ޖެހިލުމެއް. ހަމަ އެއަށް ބަހުސް ކުރަންވީ، ބަހުސް ކޮށްގެން، ރައީސުލް ޖުމްހޫރިއްޔާވެސް މަޤާމުން ދުރުކުރަން ޖެހޭ ކަމުގަ ވަންޏާ އެކަން ކުރަންވީ. ނުކުރަންވީ ސަބަބެއް ނެތް،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައީސްކަމުގެ މަގާމަކީ ރައްޔިތުން ހަވާލުކުރާ މަސްއޫލިއްޔަތެއް ކަމަށާއި، އެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ނަމަ، ރައްޔިތުން އެކަން ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ޤަބޫލުކުރަންވީ ރައީސުލްޖުމްޙޫރިއްޔާއަކީ ރަސްކަލެއް ނޫނޭ އެނގޭތޯ. އެއީ ވަޒީފާއެކޭ ހަވާލުކޮށްފަ އޮތް. އެއީ ވަޒީފާއެއް. ރައްޔިތުން ހަވާލުކޮށްފަ އޮތް މަސްއޫލިއްޔަތެއް އެމަނިކުފާނު އެ އަދާ ކުރައްވަނީ. އެ މަސްއޫލިއްޔަތާ ޚިލާފަށް ކަން ކުރައްވަ ކަމަށްވާންޏާ، އެވާހަކަ ދައްކާނެ.

އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުﷲ މަސީޙު މުޙައްމަދާއި، އެ މަޖިލީހުގެ ނައިބު ރައީސް، މުސާ މަނިކުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރަން މަސައްކަތް ކުރަމުން ދާއިރު، އެ މަސައްކަތް ކާމިޔާބު ވެއްޖެ ނަމަ، ބައެއް ވަޒީރުންނާއި، މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އިތުބާރުގެ މައްސަލަތައްވެސް މަޖިލީހަށް ހުށަހަޅާނެ ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ. އެގޮތުން، ބަންޑާރަ ނައިބާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ލާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނި ބުރާސްފަތި ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު