Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވޭސްޓް ޓްރާންސްފަރ ސްޓޭޝަން

މާލެ އާއި ވިލިމާލޭގައި ޤާއިމްކުރަމުންދާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަށް ބޭނުންވާ އިކުއިޕްމަންޓް ގެނެސްފި

މި އިކުއިޕްމަންޓްތަކަކީ މާލޭ އަދި ވިލިމާލޭގައި ޤާއިމްކުރަމުންދާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ އޮޕަރޭޝަންގެ އެކި މަރުހަލާގައި ބޭނުންކުރުމަށް ރާއްޖެ ގެނެވިފައިވާ އިކުއިޕްމަންޓް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ޖޫން 2023 | ބުދަ 12:05
ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަށް ބޭނުންވާ ތަކެތި އަންލޯޑް ކުރަނީ

ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަށް ބޭނުންވާ ތަކެތި އަންލޯޑް ކުރަނީ

މާލޭ އަދި ވިލިމާލޭގައި ޤާއިމްކުރަމުންދާ ޒަމާނީ އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ އޮޕަރޭޝަންގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ އިކުއިޕްމަންޓް ރާއްޖެ ގެނެސްފިއެވެ.

މިއީ މިސްޓޭޝަން ތަކުގެ މަސައްކަތް 2023 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރުގެ ނިޔަލަށް ނިންމާ، ޙިދުމަތް ދިނުމަށް އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން ގެނެސްފައިވާ އިކުއިޕްމަންޓްތަކެކެވެ. އަދި މިތަކެތި ވަނީ 10 ޖޫން ގައި ތިލަފުއްޓަށް ގެންދެވިފައެވެ.

Advertisement - newsAdvertisement

މިއީ ޒަމާނުއްސުރެ މާލޭ އަދި ވިލިމާލޭގައި ކުނި މެނޭޖްކުރުމަށާއި، އެކުނި ތިލަފުއްޓަށް އުފުލުމަށް ހުރި ދަތިތައް ނައްތާލުމަށްޓަކައި ބޭރުގެ ފަންނީ މާހިރުންގެ ލަފާއާއި އެކު ތައްޔާރުކޮށްފައިވާ 'ގްރޭޓަރ މާލޭ ވެސްޓް ކަލެކްޝަން ސްޓްރެޓަޖީ' ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ކުނި މެނޭޖްކުރުމަށް ބޭނުންވާ، އެކަމަށް ހާއްސަ މެޝިނަރީ އަދި އިކުއިޕްމަންޓް ތަކެކެވެ.  

ކުރިޔާ ޚިލާފަށް، މި އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތައް ފަރުމާކުރެވިފައި ވަނީ ކޮމްޕެކްޓް ނުވަތަ ފިއްތާލެވިފައިވާ، ކުނި ތިލަފުއްޓަށް ކޮންޓޭނަރުގައި އުފުލާ ގޮތަށެވެ. މިގޮތުން މާލެ އަދި ވިލިމާލޭގައި ޤާއިމްކުރަމުންދާ ޓްރާންސްފަރ ސްޓޭޝަންގައި ބޭނުންކުރުމަށްޓަކައި މުޅިން އައު ކޮންޓޭނަރު ތަކާއި، އެކޮންޓޭނަރު އުފުލުމަށް ބޭނުންވާ 'އާރމް ރޯލް ޓްރަކް' ވެހިކަލްތަކާއި އާއި ކޮންޓޭނަރުގައި ހުންނަ ކުނީގެ ވޮލިއުމް ދަށްކުރުމަށް ޙާއްސަ 'ރޯލް ޕެކަރ' ތައް ވެސް ވަނީ އެތެރެކުރެވިފައެވެ.

މީގެ ސަބަބުން ބަރު އަދި ބޮޑެތި ކުނި (ސީއެންޑީ) ފިޔަވައި އެހެނިހެން ކުނި އުކާލުމަށް، ކުނި އުފުލާ ބާޖަށް ވެހިކަލް އެރުން ހުއްޓުމަކަށް ގެނެވޭނެއެވެ. މީގެ ބަދަލުގައި، ކުނި އުފުލާ ވެހިކަލްގައި ހުރި ކުނި ކިރުމަށް ހާއްސަ 'ވެއި ބްރިޖަކުން' ކިރާލުމަށްފަހު ފަހު، ޓްރާންސްފަރ ސްޓޭޝަންގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ވޭސްޓް ޓިޕިންގ ޕްލެޓްފޯމް މެދެވެރިކޮށް ތިރީގައި ހުންނަ ކޮންޓޭނަރަށް ކުނި އުކާލެވޭނެއެވެ. އަދި ހުރިހާ ވެހިކަލަކުން ވެސް ޓިޕިން ޕްލެޓްފޯމުން ކުނި އުކާލާނީ ސްޓޭންޑަޑް ކޮންޓެއިނަރުތަކަށެވެ. އަދި ވަކިކުރެވިފައިވާ (ސެގްރިގޭޓް) ކުނި އުކާލުމަށް ބޭނުންކުރާނެ މިގޮކޮންޓޭނަރުގެ ސްޓޮކްވެސް ވަނީ މިހާރު ހަމަކުރެވިފައެވެ.

ކުނި މެނޭޖްކުރުމުގެ އެކި މަސައްކަތަށް ޙާއްސަކޮށްގެން ރާއްޖެ އެތެރެކޮށްފައިވާ މި އިކުއިޕްމަންޓާއި ވެހިކަލް ތަކަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ޒޯން 3 ގެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން ހިންގަމުންދާ

ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން، ޖުމްލަ 47.8 މިލިއަން ރުފިޔާ (3.2 މިލިއަން އެމެރިކާ ޑޮލަރު) ހަރަދުކޮށްގެން ގެނެވިފައިވާ ތަކެއްޗެވެ. ޗައިނާ އާއި ޖަރުމަނުގެ ސަޕްލަޔަރުން މެދުވެރިކޮށް ހޯދައިފައިވާ މިތަކެތި އިންސްޓޯލް ކުރުމާއި، ކޮމިޝަން ކުރުމުގެ މަސައްކަތް ހަވާލުކުރެވިފައި ވަނީ މާލެ އަދި ވިލިމާލޭގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓް ކުރެވިފައިވާ ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އެންޑް އިނޖިނިއަރިން (ސީ.އެސް.ސީ.އީ.ސީ) އާއެވެ.

މާލޭ އަދި ވިލިމާލޭގެ އައު ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ހުންނާނީ ވެމްކޯގެ އޮޕަރޭޝަން މިވަގުތު ކުރިޔަށްދާ ސައިޓުތަކުގައެވެ. މި ޓްރާންސްފާރ ސްޓޭޝަންތަކަކީ ކުދި އަދި މެދު ސައިޒްގެ ޕިކަޕްގެ އިތުރުން، ޑަމްޕް ޓްރަކް އަދި ބޮޑެތި، ބަރު ކުނި އުފުލާ ޑަމްޕް ޓްރަކްތަކާއި އެކު، ތަފާތު އެކި ސައިޒުގެ ކުނި އުފުލާ ވެހިކަލް ތަކަށް ދަތިކަމެއް ނެތި ޚިދުމަތްދެވޭ ގޮތަށް ފަރުމާކުރެވިފައިވާ ޖާގަ ތަނަވަސް މަރުކަޒުތަކެކެވެ.

މީގެ އިތުރުން ވެމްކޯއިން ފުރަމާލެ ސަރަހައްދުގައި ފޯރުކޮށްދެމުންދާ ކުނި އުކާލުމާއި، ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށާއި، ކުނި މެނޭޖްކުރުމުގެ ޤަވާއިދަށް ގެނެވުނު 5 ވަނަ އިސްލާޙް އާއި އެއްގޮތަށް ކުނި ވަކިކޮށްގެން އުކާލުމަށް މި އިކުއިޕްމަންޓްތަކުގެ ޒަރިއްޔާއިން އެހީތެރިވެދޭނެއެވެ. މިގޮތުން ޖޫން 2023 އިން ފެށިގެން މިސަރަހައްދުގެ ހުރިހާ ގޭބިސީތަކުން ކުނި އުކާލުމަށް އެކުންފުނިން ފަށާފައި ވާތީ، އައު ވެހިކަލްއާއި މެޝިނަރީޒްގެ އެހީގައި ކުނި މެނޭޖްކުރުމަށް ހޭދަވާ ވަގުތު ބޮޑުތަނުން މަދުކުރެވޭނެ ކަމަށް މިމިނިސްޓްރީއިން ޤަބޫލްކުރަމެވެ.

މާލޭގެ އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަނާއި އެޑްމިން ބިލްޑިންގ އާއި، ވިލިމާލޭގައި ޤާއިމްކުރަމުންދާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަކީ އޭޑީބީގެ ސޭފްގާޑްސް މިންގަނޑުތަކަށް ފެތޭ ގޮތަށް، ކާރިސީ އަދި މޫސުމީ ހިރާސްތަކުން ރައްކާތެރިވާނޭހެން ފަރުމާކުރެވިފައިވާ އިމާރާތްތަކެކެވެ. މީގެ އިތުރުން މިސަރަހައްދުގައި އުފެދޭ ކުނި ރައްކާތެރިގޮތުގައި ތިލަފުއްޓަށް އުފުލުމަށް މިއައު ޓްރާންސްފަރ ސްޓޭޝަންތަކުގެ ދައުރު ވަރަށް ބޮޑެވެ. އަދި މިސަރަހައްދުގެ ކުނި އުކާލުމާއި އުފުލުމުގެ ހުރިހާ މަސައްކަތެއް މިސްޓޭޝަންތަކުގައި ކުރުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާއި ރައްޓެހި އަދި  ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތަށެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު