Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ޑެކްލަން ރައިސް ހޯދުމުގައި ބަޔާނަށް ކުރިއެރުމެއް ނުލިބުނު

ސަބަބަކީ ރައިސް ބޭނުންވަނީ ޕްރިމިއާ ލީގުގެ ކުލަބަކަށް ކުޅެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖޫން 2023 | ބުދަ 02:20
ވެސްޓް ހޭމަށް ކުޅެމުން އަންނަ ޑެކްލަން ރައިސް

ވެސްޓް ހޭމަށް ކުޅެމުން އަންނަ ޑެކްލަން ރައިސް

ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޑިފެންސިވް މިޑްފީލްޑަރު ޑެކްލަން ރައިސް ހޯދުމަށް ބަޔާން މިއުނިކުން ބޭނުންވި ނަމަވެސް، އެ ކުލަބަށް ކުރިއެރުންތަކެއް ހޯދިފައި ނުވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

މި ސީޒަނަށް ފަހު ރައިސް އެ ކުލަބު ދޫކޮށްލާނެ ކަމަށް ވަނީ ވަރަށް ބޮޑަށް ބެލެވިފަ އެވެ، އެކަމާ ގުޅޭ ވާހަކަ ވެސްޓް ހޭމްގެ ރައީސް ވެސް ވަނީ ދައްކަވައިފަ އެވެ. މި ސީޒަނުގައި ވެސްޓް ހޭމްގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ރައިސް ހޯދުމަށް ޔޫރަޕުގެ ގިނަ ކުލަބުތަކުން ޝައުޤުވެރިވާއިރު، ބަޔާންގެ އިތުރުން އެ ލިސްޓުގައި އާސެނަލް ވެސް ހިމެނެ އެވެ. ރައިސް އަކީ ބަޔާންގެ އައު ކޯޗު ތޯމަސް ޓުޗެލް ވަރަށް ގަޔާވާ ކުޅުންތެރިޔެކެވެ. އެހެންކަމުން އޭނާ ހޯދުމުގެ މަސައްކަތް ބަޔާނުން ކުރި ނަމަވެސް، އެކަމުގައި އެ ކުލަބަށް އެއްވެސް ކުރިއެރުންތަކެއް ލިބިފައި ނުވާ ކަމަށް ވެސް މީޑިއާ ތަކުން ބުނެ އެވެ. ސަބަބަކީ ރައިސް ބޭނުންވަނީ ޕްރިމިއާ ލީގުގެ ކުލަބަކަށް ކުޅެން ކަމަށްވުމުންނެވެ.

އިނގިރޭސި މީޑިއާތަކުގައި ބުނެފައިވާ ގޮތުން ރައިސް ހޯދުމުގެ ރޭހުގައި މިވަގުތު ކުރި ހޯދަނީ އާސެނަލް އެވެ. މިހާރު އެ ކުލަބުން ތައްޔާރުވަމުން އަންނަނީ ރައިސް އަށް ރަސްމީކޮށް ބިޑު ހުށަހަޅަން ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އެކަން ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. ރައިސް ހޯދުމަށް ކުރަމުން އަންނަ މަޝްވަރާތަކުގައި އާސެނަލަށް އަލި މަގެއް ފެނިފައިވާ ކަމަށާއި، ނަމަވެސް ހުރިހާ ކަމަކަށް މުޅިން އެއްބަސްވެވިފައި ނެތް ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.

ވެސްޓް ހޭމް އިން ސީނިއާ ކެރިއަރު ފެށި އުމުރުން 24 އަހަރުގެ ރައިސް ވަނީ އެކުލަބަށް ކުޅެދިން 245 މެޗުގައި 15 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން މި ސީޒަނުގައި އޭނާ ވަނީ އެ ޓީމަށް 50 މެޗު ކުޅެދީ، ފަސް ލަނޑު ޖަހައިފަ އެވެ. މި ސީޒަނުގައި ވެސްޓް ހޭމް އިން ޔުއެފާ ޔޫރޮޕާ ކޮންފަރެންސް ލީގު ކާމިޔާބު ކުރުމުގައި ވެސް ރައިސް ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2018

ފީފާ ރޭންކިން: ރާއްޖެއަށް ތިން ދަރަޖައިގެ ކުރިއެރުމެއް، އިންޑިއާ 97 ވަނައަށް

12 އެޕްރީލު 2018
ފީފާ ރޭންކިން: ރާއްޖެއަށް ތިން ދަރަޖައިގެ ކުރިއެރުމެއް، އިންޑިއާ 97 ވަނައަށް
15 މާރިޗު 2018

ފީފާ ރޭންކިން: އިންޑިއާ ގަދަ 100 އަށް، ރާއްޖެއަށް ކުރިއެރުމެއް ނުލިބޭ

15 މާރިޗު 2018
ފީފާ ރޭންކިން: އިންޑިއާ ގަދަ 100 އަށް، ރާއްޖެއަށް ކުރިއެރުމެއް ނުލިބޭ
19 ޖެނުއަރީ 2018

ފީފާ ރޭންކިން: ފަސް ދަރަޖައިގެ ކުރިއެރުމެއް ރާއްޖެއިން ހޯދިއިރު ޖަރުމަނުން އެއްވަނަ ދިފާއުކޮށްފި

19 ޖެނުއަރީ 2018
ފީފާ ރޭންކިން: ފަސް ދަރަޖައިގެ ކުރިއެރުމެއް ރާއްޖެއިން ހޯދިއިރު ޖަރުމަނުން އެއްވަނަ ދިފާއުކޮށްފި
21 ޑިސެމްބަރު 2017

ފީފާ ރޭންކިން: ރާއްޖެއަށް ދެ ދަރަޖައިގެ ކުރިއެރުމެއް، ޖަރުމަނުން އަހަރު ނިންމާލީ އެއްވަނައިގައި އޮވެގެން

21 ޑިސެމްބަރު 2017
ފީފާ ރޭންކިން: ރާއްޖެއަށް ދެ ދަރަޖައިގެ ކުރިއެރުމެއް، ޖަރުމަނުން އަހަރު ނިންމާލީ އެއްވަނައިގައި އޮވެގެން
18 ޖޫން 2017

ބްރޯންޒް މެޑަލާއި އެކު ރާއްޖެއަށް އިތުރު ކުރިއެރުމެއް

18 ޖޫން 2017
ބްރޯންޒް މެޑަލާއި އެކު ރާއްޖެއަށް އިތުރު ކުރިއެރުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު