Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ރޭންކިން

ފީފާ ރޭންކިން: ރާއްޖެއަށް ތިން ދަރަޖައިގެ ކުރިއެރުމެއް، އިންޑިއާ 97 ވަނައަށް

12 އެޕްރީލު 2018 | ބުރާސްފަތި 11:35

ރާއްޖެއިން ވަނީ ތިން ދަރަޖައިގެ ކުރިއެރުމަކާއެކު ދުނިޔޭގެ 147 ވަނަ މަގާމަށް ޖެހިލާފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 12 އެޕްރީލު 2018 | ބުރާސްފަތި 11:35
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ބައެއް ކުޅުންތެރިން

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ބައެއް ކުޅުންތެރިން

ފީފާ ރޭންކިންގައި ރާއްޖެއިން ތިން ދަރަޖައިގެ ކުރިއެރުމެއް ހޯދިއިރު އަވަށްޓެރި އިންޑިއާ ދުނިޔޭގެ 97 ވަނަ މަގާމަށް ޖެހިލައިފިއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ކޮންމެ މަހަކު އެއްފަހަރު ނެރޭ ފީފާ ރޭންކިންގައި ރާއްޖެއިން ވަނީ ތިން ދަރަޖައިގެ ކުރިއެރުމަކާއެކު ދުނިޔޭގެ 147 ވަނަ މަގާމަށް ޖެހިލާފައެވެ. މިދިޔަ މަހު ދުނިޔޭގެ 99 ވަނަ މަގާމުގައި ރޭންކް ކުރެވުނު އިންޑިއާއިން ވަނީ ދެ ދަރަޖައިގެ ކުރިއެރުމަކާއެކު 97 ވަނައަށް ޖެހިލާފައެވެ. މި މަހުވެސް ސާފް ސަރަހައްދުގެ އެއްވަނަ މަގާމު ހޯދާފައިވަނީ އިންޑިއާއިންނެވެ. ސަރަހައްދުގެ ދެވަނަ 142 ވަނައިގައި ރޭންކް ކުރެވިފައިވާ އަފްޣާނިސްތާން ހޯދިއިރު ނޭޕާލް ރޭންކް ކުރެވިފައިވަނީ 162 ވަނައިގައެވެ. ބޫޓާނަށް 184 ވަނަ ލިބޭއިރު ބަންގްލަދޭޝް ރޭންކް ކުރެވިފައިވަނީ 197 ވަނައިގައެވެ. ސްރީ ލަންކާއަށް 200 ވަނަ ލިބޭއިރު މިފަހަރު ވެސް އެންމެ ދަށުން ރޭންކް ކުރެވިފައި ވަނީ ޕާކިސްތާނެވެ.

ރާއްޖެއަށް މި މަހުގެ ރޭންކިންގައި ކުރިއެރުން ލިބިފައިވަނީ ބައިނަލްއަގްވާމީ މެޗުތަކެއް ކުޅެފައިވުމާއެކުއެވެ. އެގޮތުން ސިންގަޕޫރާ ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗުން ރާއްޖެ 3-2 ގެ ނަތީޖާއަކުން ބަލިވިއިރު އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއިން ވަނީ 7-0 އިން ބޫޓާން ބަލިކޮށްފައެވެ. މި މެޗުތަކުގެ ސަބަބުން ރާއްޖެއަށް ވަނީ 22 ޕޮއިންޓްގެ ކުރިއެރުމެއް ލިބިފައެވެ.

ފީފާ ރޭންކިންގެ އެއްވަނަ 1533 ޕޮއިންޓާއެކު ޖަރުމަނުން ދިފާއުކުރިއިރު ދެވަނައިގައި އޮތީ ބްރެޒިލްއެވެ. ޕޯޗުގަލް އަށް ހަތަރުވަނަ މަގާމު ގެއްލިފައިވާއިރު އެ ޓީމު ފަހަތަށް ޖައްސާލުމަށްފަހު ބެލްޖިއަމްއިން ވަނީ ތިންވަނަ މަގާމަށް ޖެހިލާފައެވެ. އާޖެންޓީނާ ފަސްވަނައަށް ވެއްޓުނުއިރު ސްވިޓްޒަލޭންޑް ވަނީ ހަވަނައަށް ޖެހިލާފައެވެ. ދެ ދަރަޖައިގެ ކުރިއެރުމަކާއެކު ފްރާންސް ހަތްވަނައަށް ޖެހިލިއިރު ސްޕެއިން ވަނީ އަށްވަނައަށް ވެއްޓިފައެވެ. ޗިލީ ނުވަވަނައަށް ޖެހިލިއިރު ގަދަ 10 އެއްގައި ދެން ހިމެނެނީ ޕޮލެންޑްއެވެ.

އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކް ކުރެވިފައި ވަނީ 14 ވަނަ ލިބުނު ޓިއުނީޝިއާއެވެ. އުތުރު އެމެރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކުރެވިފައި ވަނީ 15 ވަނައިގައި އޮތް މެކްސިކޯއެވެ. ހަމައެހެންމެ ދެކުނު އެމެރިކާގެ އެންމެ މަތީ ރޭންކިން ދެވަނައިގައި އޮތް ބްރެޒިލްއަށް ލިބޭއިރު އޭޝިއާގެ އެންމެ މަތީގައި ރޭންކް ކުރެވިފައި ވަނީ 36 ވަނައިގައި ރޭންކް ކުރެވިފައިވާ އީރާނެވެ. އޯޝޭނިއާގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކް ކުރެވިފައި ވަނީ 133 ވަނައިގައި ރޭންކް ކުރެވިފައި އޮތް ނިއުޒިލޭންޑެވެ.

މިފަހަރުގެ ރޭންކިންގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދީ މެދުތެރޭ އޭޝިއާގެ ގައުމެއް ކަމަށްވާ ކިރްގިސްތާންއެވެ. އެ ޓީމުން ވަނީ 42 ދަރަޖައިގެ ކުރިއެރުމަކާއެކު ދުނިޔޭގެ 75 ވަނައަށް ޖެހިލާފައެވެ. މިއީ އެ ގައުމުގެ ތާރީހުގައި ވެސް އެންމެ މަތިން ރޭންކް ކުރެވުނު ފަހަރެވެ. މިފަހަރުގެ ރޭންކިންގައި 23 ދަރަޖައިގެ ވެއްޓުމަކާއެކު އެންމެ ބޮޑު ވެއްޓުމެއް ލިބުނީ ހައިޓީއަށެވެ. މިފަހަރުގެ ރޭންކިންގައި ހައިޓީއަށް ލިބިފައިވަނީ 108 ވަނައެވެ.

ފީފާއިން ހާމަކޮށްފައިވާ ގޮތުގައި އަންނަ މޭ މަހުގެ 17 ވަނަ ދުވަހު އާ ރޭންކިން ޝާއިއުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް